އެމްޑީޕީގެ ލީޑާޝިޕަށް ގެންގެންޖެހެނީ ސިޔާސީ ގޮތުން ފެންހެޔޮ އޮއްޓަރު ހުރި ބޭފުޅަކު ކަމަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު ވިދާޅުވީ އަސްލަމްއަކީ އެކަމަށް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ. ޝިފާއު މިހެން ވިދާޅުވީ އެމްޑީޕީގެ ލީޑަރޝީޕް އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމްްއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޅ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

ޝިފާއު ވިދާޅުވީ އަސްލަމަކީ ދެ ރައީސުންގެވެސް ތާއީދު އޮތް ބޭފުޅެއް ކަމަށެވެ. އަދި އެމްޑީޕީގެ ތާރީހަށް ބަލާލިޔަސް އަސްލަމް އަބަދުވެސް ދެ ރައީސުންގެ އެންމެ އަރިހުން ފެންނާނެ ކަމަށެވެ.

މީގެ އިތުރުން ޝިފައު ވިދާޅުވީ ރައީސް ނަޝީދު ކޮންމެ ފަހަރަކުވެސް އެމަނިކުފާނުގެ ކޮންމެ ކަމެއްގައިވެސް އިޙްތިޔާރު ކުރެއްވީ މުހައްމަދު އަސްލަމް ކަމަށެވެ.

އެމްޑީޕީގެ ލީޑަރޝީޕް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މި އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބަކަށް ވާއިރު، އެޕާޓީގެ ހުރިހާ މެމްބަރުންވެސް ވޯޓް ލެއްވުމަށް ޝިފާއު ވަނީ އިލްތިމާސް ކުރައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާާާޢަލީ

    ކަލޯ ކަލޭމެން ދޯ ތިޔަބުނާ އަންނިއަކަށް ...އާހާރެމެނެއް ތިމީހާޔަކަށް ހަމައެއް ވެސް ގަދަރެއް ކީއްކުރަން ބަލާވެސް ނުލާނަން އިންޝާﷲ.. އެވަރެއްނެތިގެންދޯ ތިޔާ ޕާޓީއަށް ވަނީވެސް ސޮރާ..

    23
  2. އަންނި އަދި ކިނބޫ

    އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެއީ ކަނޑު ކޮހެކޭ ނުބުނަން މަމެން ނެތިން.

  3. އަޙްމަދު

    އެމްޑީޕީއަށް ސިޔާސީ ގޮތުން ފެންހެޔޮ އޮއްޓަރު ހުރި ބޭފުޅަކު ލީޑަރޝިޕަށް ގެންނަންޖެހޭ. އެންމެ ފުރަތަމަވެސް ލާދީނީ މީހުން އެއްކާރިކޮށް އެހެންބަޔަކު ހޯދަން ފެނޭ. އަސްލަމަކީ ރަނގަޅުމީހެއް ނޫން!!!

  4. އަޙްމަދު

    ލަޑަޔާ ވާނީ ލަޑަޔާ

  5. އިސްމާޢީލް

    ތި އެމްޑީޕީ މީހުންނަށް ކަމެއްވާނީ ކެނެރީގޭ މޮޔަގަނޑު ގާތުން ސަލާމަތްވެގެންނެވެ. އެމްޑީޕީގައިވެސް ނުލާހިކު ވިސްނުންރަގަޅު ޢިލްމީ މިދައްބިރުން ތިއްބައިމެ މިއޮތްފަދަ ޒަމާނުގައި ދެއުޅިއެއްނުވާ މިޔަކު ކަންކަމަށް އިސްކުރާތީ އަހަރެން ހަމަ ޙައިރާން ވަމަމެވެ. މިއުޅެނީ 100% މުސްލިމު ޤައުމެއްގެ ކަންކަން ގޯސްވަމުންދާތީ ރަނގަޅު ކުރެވޭތޯއެވެ. މިކަން ކުރެވޭނީ ކުފޫ ހަމަވާ ބޭފުޅުން ޕާޓީތަކާައި ސަރުކާރުގެ މަޤާމުތަކަށް ލައިގެންނެވެ. ކެނެރީގޭ ނަޝީދަކީ ތަނެއްގެ ކާތިބަކަށްވެސް ކަމުދާ މީހެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ.

  6. ހުސޭނުބޭ

    ތިއީ ކަލޭމެންނަށް ނުވާނެކަމެއް! ކެނެރީގޭ ބުއްޅަބޭ ވަރު ނޫން މީހަކު ނެތްކަމަށް ހެދެގެން އުޅޭ މީހުންނަށް ތިމާމެން މުރުތައްދުވިޔަސް ނޭގޭނެ! ސިޔާސީ ލީޑަރުކަން ތިއީ އަދި މާ ފަހުގެ ކަމެއް!