ވައިގޮޅި ތެރޭގައި މިއަދު ނިޔާވެފައި އޮއްވާ ފެނުނީ ކާކުކަން ދެނެގަނެވިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ވައިގޮޅީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތުން މިހާރު އޭނާ ދެނެގަނެވިފައިވާ ކަމަށާއި، އޭނާގެ އާއިލާއަށް ގުޅައިގެން ކުރިޔަށް ގެންދަންޖެހޭ ކަންކަން ކުރިޔަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިއަދު ވައިގޮޅީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ނ. މިލަދޫ ދިލްޝާދު ވިލާ އަބްދުލް ސައްތާރު އަޒްމީލްއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ތަހުގީގުކޮށް އަދިވެސް ގެންދަނީ ޓެސްޓުތައް ހަދަމުން ކަމަށެވެ.

އެހެންނަމަވެސް ފުލުހުން ވިދާޅުވީ އޭނާގެ މަރަކީ ގުދުރަތީ މަރެއްތޯ، ނުވަތަ ބަޔަކު އޭނާ މަރާލީތޯ ބުނަން އަދި ދަތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައިމީ

    ނިޔާވެފައި އޮއްވާ ފެނުނީ ނ.މިލަދޫ އަޒުމީލް ކިޔާކުއްޖެއް

    17
    3
  2. ޔަޒްދާދް

    ނ. މިލަދޫ ތޯ؟ ނޫނީ މ. މިލަދޫ ތޯ؟

    3
    12
    • ޕިސްޕިސް

      މ. މިލަދޫ އޮވޭތަ؟ ގެޓް އަ ލައިފް

      12
      1
  3. ޖަޒީރާ

    ކޮމިޝަންތައްމަދުކަމުން ކޮއްމެއަވަޝެއްގަހަދަންވީ ކޮމިޝަނެއް

    11
    2
  4. ނަގޫރޯޅި

    ގޮތްނޭގޭ މަރު މި ވީ އަހަރެއްގެތެރޭގަ ގިނަ ވެއްޖެ. ކުއްލިޔަކައް މިކަންގިނަ ވީ ބިރުގަންނަ ދަރަޖައައް. މި ވާއެއްޗެއް ބަލަން އެބަޖެހެ. މިސަރުކާރެއް އައިފަހުން އެއް ހާދިސާއެއް ނުނިމެ އަނެއް ކާރިސާއެއް. ކިތަންމެ ރުޅިއަޔަސް މީފެންނަންއޮތް ހަގީގަތް. 67 އެއްފަހަރާ ދުއްމާރި ފުމެންމެށިއަސް މިކަން ދޮގުނުކުރެ ވޭނެ. މިސަރުކާރުގެ ސުންޕާކަން ވަރައް ބޮޑު.

    22
    5
  5. Anonymous

    ކޮޔާ އެއީ ސަރުކާރު ގެ ސުންޕާ ކަމެއް ނޫނޭ.ދުނިޔެ ގިޔާމާތް ވާން ކައިރި ވާ ކަމުގެ އަލާމާތެއް