އަފްރާޝީމް އަވަހާރަކޮށްލުމާއި ގުޅިގެން، މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ޑރ އިޔާޒް ރުޅިގަދަވެއްޖެއެވެ.

ޑރ އިޔާޒް މިރޭ ކޮށްފައިވާ ޓްވީޓެއްގައިވަނީ "ބަޔަކު ރުއްސުމަށް" ފާޑެއްގެ ރިޕޯޓެއް ނެރުނީމާ ޤިޔާމަތްދުވަހު މާތްﷲ ގެ ހަޟްރަތުގައި ދެެއްވާނެ ޖަވާބަކީ ކޮބައިކަމާމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތޯ ސުވާލު އުފައްދާފައެވެ. އަދި ދައުލަތުގެ ބައިތުލުމާލުން ބޮޑު މުސާރަދީފައި ބޮޑު މަސައްކަތެއް ހަވާލުކުރުމުން ވަކި ބަޔަކު ރުއްސުމަށް މަސައްކަތްކުރާ ކަމަށްބުނެ، ރިޔާސީ ކޮމިޝަނުގެ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާފައެވެ.

މީގެ އިތުރުން ޑރ އިޔާޒު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ބުނެފައިވަނީ މިއަދުގެ ހާލަތަކީ ވެރިން ނުބައިކަންތައް ކުރީމާ އެކަމުގެ ޒިންމާ ކަމާނުގުޅޭ ބައެއްގެ ބޮލުގައި އަޅުވާފައި ވެރިން އެކަމުން ރެކިގެން ތިބުން ކަމަށެވެ.

އިޔާޒް އިތުރަށް ވިދާޅުވީ، އެ ވެރިންނަށްވެސް އަބަދު އެގޮތަށް ނޫޅެވޭނެ ކަމަށާއި، އެފަދަ ވެރިން އެކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ.

މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ކުރި ތަހުގީގަށްފަހު، އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވަނީ އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ބޭނުމެއްގައި ކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ނެތްކަމަށެވެ. އަދި އަފްރާޝިމް އަވަހާރަކޮށްލީ ދީނީގޮތުން ޚިޔާލު ތަފާތު ބައެއް ކަމަށްވެސް ވަނީ އެ ރިޕޯޓުގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަހުމަދު ބާރަށް

    ތިރިޕޯރޓުަގައި އެއްމެ ނަމެއް ހިމަނާލިނަމަ އިޔާޒުވެސް ދެންތިބި ރިދޫ ވަގުންތައްވެސް ހިތްހަމަޖެހުނީސް އެއީ ރައީސް ޔާމީންގެ ނަން އެކަމަކު ވާންނެތްކަމެއް ނުކުރެވޭނެ ބޭނުން ވިއަސް.

    82
    3
    • ނަރެލް

      ބަޔަކު ނުބޭނިއްޔާ އަމިއްލައަށްވެސް ބޭނިގަންނާތި ހީވަނީ ރައީސް ޔާމީންގެ ނަން ނެތިގެން ދެރަވެގެން އުޅޭހެން

      4
      10
  2. އަފޫ

    އިޔާޒު ރުޅި އައީ ކީއްވެ؟

    44
    1
  3. އަބޯ

    މަރަން ރޭވީ ކާކު ؟ 10ޖޫން 2012 ހަވީރު ނޫސްގަ އެއޮތީ ރޭވި މީހާ ގެ ވާހަކަ އެއީ ހަގީގަތް

    34
    2
    • ސަމާ

      10ޖޫން 2012ހަ ވީރު ނޫސްގަ އޮތް އެއްޗެއް ޖަހާލި ނަމަ މިހާރު ހިޔެއްނު ވޭ ހަ ވީރުނޫހަށް ވަ ދެ ވޭހެނެއް

      21
      1
    • އަބޫ

      11 ޖޫން 2012 ގައި ހަވީރު ނޫހުގަ ލިޔެފަ އޮތީ ބޮޑަށް އަބޯގެ ވާހަކަ

  4. ކިނބީ

    ތިޔަ އިޔާޒަށް އެނގެނީ އިންޒާރުދޭން އެކަނިދޯ އިޔާޒުވެސް އިޔާޒުކޮށްފަ ހުރި ހުރިހާ ކަމަކާ ކަށްވަޅުގައި ބައްދަލުކުރަންޖެހޭނެ

    48
    4
  5. ނާސުދު

    އަފުރާޝީމް އަވަހާރަކޮއްލީ ނިއުކުލިޔާ ހަތިޔާރާއި ގުޅޭ މައްސލައެއްގެ ސަބަބުން.. އަފުރާޝީމް އަވަހާރަކޮއްލީ ދުނިޔޭގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގު ދަށައްގޮސްގެން... އަފުރާޝީމް އަވަހާރަކޮއްލީ އިބުނި ބަތޫތާއާއި އުސާމާބިން ލާދިންނާއި ހިޓްލަރުގެ ރޭވުމެއްގެ ދަށުން ކަންމަތީ ފިހާރާގަ ހުންނަ ސޫމަން މިޔާ ކިޔާ ގޭންގު ހިންގާ މާރާމާރީ ހިންގާ ބަނގުލާދޭޝް މީހެއް.. އަފުރާޝީމް މަރާލީ ކިއްލި އޯރު ކަރާޓޭގެ ބޮލީވުޑު ފިލްމެއް ފުލޮޕުވެގެން އެކަމާއި ހިޒްބުއްލޯ އާއި ގައްޒާފީ ރުޅިއައިސްގެން.. އެނގިޖޭ..

    37
    3
  6. އަން

    ހަސަދަވެރިކަން އެއީ ހާދަހާ ސުންޕާއެއްޗެކެވެ.

    44
  7. ގެރި

    އިޔަޒު ބަަަދުމާޝް

    25
    2
  8. ބސޔ

    އިޔާޒު ރުޅިއައި ޤާތިލަކީ ރ.ޔާމިން ކަން އެ ރިޕޯޓު ގަ ނެތީމަ..

    50
    3
  9. ޒާ

    އިޔާޒު މިއަދު ރެކިގެން ހުރެވިދާނެ. އެކަމަކު ކޮށްފައިވާ ކުށަށް ﷲގެ ހަޟުރަތުގައި ޖަވާބު ދޭންޖެހޭ ދުވަސް އެބައޮތް. އެތައް ބަޔަކުގެ ފުރާނަ ގެއްލުމުގައި ދީނީ ގޮތުން މީހުންގެ ބޯ ކެއުން ހިމެނޭ.

    4
    1
  10. ހަސަންބެ

    އިޔާޒޫ. ހާދަ ދަށުދަރަޖައަކަށް ތިޔަ ވެއްޓެނީ. މިހާރު ތިބާގެ އަގެއް މުޖްތަމަޢަކު ނެތް. މިއީ ސަމާސާ ވާހަކައެއް ނޫން.

  11. ކަނބާ

    ޑރ އިޔާޒް މިރޭ ކޮށްފައިވާ ޓްވީޓެއްގައިވަނީ "ބަޔަކު ރުއްސުމަށް" ފާޑެއްގެ ރިޕޯޓެއް ނެރުނީމާ ޤިޔާމަތްދުވަހު މާތްﷲ ގެ ހަޟްރަތުގައި ދެެއްވާނެ ޖަވާބަކީ ކޮބައިކަމާމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތޯ ސުވާލު އުފައްދާފައެވެ. އަދި ދައުލަތުގެ ބައިތުލުމާލުން ބޮޑު މުސާރަދީފައި ބޮޑު މަސައްކަތެއް ހަވާލުކުރުމުން ވަކި ބަޔަކު ރުއްސުމަށް މަސައްކަތްކުރާ ކަމަށްބުނެ، ރިޔާސީ ކޮމިޝަނުގެ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާފައެވެ.
    މަސައްކަތް ކޮށްފައި އެވަނީ އިޔާޒުމެން މަރުކަށިކަނޑާފާ ކުރި މަސައްކަތުން ގެނައި ސަރުކާރުގެ ބޮޑުން ރުއްސުމަށެވެ. ހީކޮށްގެން ތިބީ ރިޕޯޓް ނިމިޮގެންދާނީ ޔާމީންގެ އެންގެވުމަށް ކުރި ކަމެއްކަމަށް ހިމަނައިގެން ކަމަށެވެ. އެހެންނަމަވެސް ޔާމީންގެ ބޮލުގައި އެކަން އެޅުވޭނެ އެއްވެސް ގޮތެއް ނުފެނުނެވެ. ކަންކުރުވި މީހުންގެ ވާހަމަ ބުނެވޭކަށް ނެތެވެ. އެހެންވީމާ ކޮންމެވެސް ބައެއްގެ ބޮލުގައި އެކަން އަޅުވާން ޖެހޭނެތީ އެކަން އެއޮތީ ކޮށްފައެވެ.

  12. މާމީ

    ބުނެބަލަ އަދި ކަމަކުނުދެޔޭ ޔާމީނުގެ ނަން 100 ފަހަރަށް ހިމަނާފަ އާއްމު ކޮއްލާށޭ އެއިރުން ކަލޭ ހިންހަމަޖެހޭނެ...

  13. ޒާ

    އިޔާޒަކީވެސް އޭރު އަފްރާޝީމާމެދު މީހުން ރުޅިއެރުވުމަށް ހާދަ ވާހަަކައެއް ދެއްކި އެކަކެވެ. މީ ހަގީގަތެވެ. އެކަން މިއަދު ފޮރުވާނީ ކޮން ގޮތަކުންތޯއެވެ؟ ސިއްރުތައް ފަޅާއަރާނެ ދުވަސް އަދިވެސް ކުރިއަށް އޮތީއެވެ.

  14. ރަތްގަލަން

    އިޔާޒަށް ގާތިލުގެ މައުލޫމާތު ތިހާރަނގަޅަށް އެނގެންޏާ އެމީހެއްގެ ނަން ކޮމިޝަނަށް އެމައުލޫމާތު ހާމަކޮށްނުދީ ތިޔަ ހުނނެވީ ކީއްވެތޯ؟

  15. ޓިނު

    ބަލަގަ އެއީ އެކަން ހިގިގޮތް ކަމަށްވާނަމަ އިޔާޒް ތިބުނާ ދުވަހުން ޖަވާބު ދާރީވާންޖެހިދާނެ ނޫންބާ؟

  16. މުހައްމަދު

    މިވެސް ޖަލުގާ އޮންނަޖެޔޭ ގޮލްޔެއް.

    7
    2
  17. ހަތްޕުޑު

    ބަލަ ދޮންމަނިކު ނޫންތަ "ބަޔަކު ރުއްސުމަށް" އެމިހުންނަށް ވޯޓު ދޭށޭ ގޮވީ... މިކަމުގެ ޒިންމާ ހުދު ކިލޭވެސް ނަގަންޖެހޭނެ..

  18. ސާމް

    އަފްރާޝީމް ރާއްޖެ އަށް އައި ދުވަހުން ފެށިގެންވެސް އެމަނިކްފާނާ ދީނީ ޢިލްމުވެރީްނާ ޚިޔާލް ތަފާތު.މިސްކިތެއްގެ ތެރޭގައިވެސް ބަޔަކުމީހުން އެމަނިކްފާނަށް ޙަމާލާދޭންއުޅުނު.