ވައިގޮޅީގެ ތެރޭގައި ނިޔާފައި އޮއްވާ މިއަދު ފެނުނު މީހާގެ ކަށުނާމާދު، މިރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކަޝުނަމާދު ފޭސްބުކު ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ ވައިގޮޅީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާގެ ކަށުނަަމާދު، މިރޭ 2:00 ގައި މަސްޖިދުލް ތަޢާވުން (އާސަހަރާ މިސްކިތުގައި) ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު މި ކަށުނަމާދުގައި ބައިވެރިވުމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ވައިގޮޅީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ނ. މިލަދޫ ދިލްޝާދު ވިލާ އަބްދުލް ސައްތާރު އަޒްމީލްއެވެ.

އަޒްލީމް ނިޔާވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު 10:00 ހާއިރު، ހެންވޭރު ގެއެއްގެ ވައިގޮޅި ތެރެއިންނެވެ. އޭނާގެ ހަށިގަނޑު ފެނުނީ، އިމާރާތުގައި އުޅޭ ބަޔަކަށް ކުނިވަސް ދުވައިގެން ބެލުމުންނެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނި ވެފައެވެ. އަދި މަންޒަރުދުށް ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާގެ ފެނުނުއިރު އޮތީ ބޯ ފަޅައިގެން ގޮސްފައި ކަމަށެވެ.

ފުލުހުން ވިދާޅުވީ އޭނާގެ މަރަކީ ގުދުރަތީ މަރެއްތޯ، ނުވަތަ ބަޔަކު އޭނާ މަރާލީތޯ ބުނަން އަދި ދަތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚ

    މަރުތައް ބަލާ ކޮމިޝަނުން ތޯ ދެން އެ މަރުވެސް ތަޙްޤީޤު ކުރާނީ.