މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ހުސްނުއް ސުއޫދު ރަށުގައި ވަޑައިގެން ނެތީސް، ޑރ.އަފްރާޝީމް އަލީގެ ރިޕޯޓު އާންމު ކުރާތީ ހިތާމަ ކުަރައްވާ ކަމަށް އޭނާ ވިދާޅުވެއްޖެެވެ.

ސުައޫދު މިހެން ވިދާޅުވީ އަފްރާޝީމްގެ މަރާއި ގުޅިގެން ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގެ ހުލާސާއެއް މިއަދު އޮންނަ މަޖިލިސް ޖަލްސާގައި އާއްމު ކުރާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ވިދާޅުވުމުންނެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ރާއްޖޭގައި ނެތީސް އަފްރާޝީމްގެ ރިޕޯޓް ސަރުކާރުން އާއްމު ކުރަތީ ހިތާމަ ކުރާ ކަމަށެވެ. ރާއްޖެ އާދެވުމުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ކޮމިޝަންގެ ހޯދުންތައް އާއްމުންނާއި ހިއްސާ ކުރައްވާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ. "އޭރުން ކޮމިޝަނުން ކުރެވުނު ކަންތައްތަކާއި މެދު ރައްޔިތުން ގޮތެއް ނިންމާނެ." ސުއޫދު ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ވިދާޅުވީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެކުލަވާލެއްވި ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ޚުލާޞާއެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިއަދު އޮންނަ 66ވަނަ ޖަލްސާގައި އިއްވަވާނެ ކަމަށެވެ.

އަފްރާޝީމްގެ މަރުގެ ރިޕޯޓް ސަރުކާރުން ރަސްމީ ބައެއް އިދާރާތަކަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރިޕޯޓް އަދި ސިއްރެއްގެ ގޮތުގައި އޮތް ނަމަވެސް ރިޕޯޓްގެ ބައެއް ބައިތައް ދަނީ މީސް މީޑިއާގައި މިހާރުވެސް ދައުރުވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޕޯޓްގައި ނިންމާފައި ވަނީ އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙަސަނާ

    އެރައީސް ބޭނުންފުޅުވަނީ ދީނީމޭހިންބޮލުގަ މިކަން އަޅުވާ މީހުންގެ ހިތްތަކުގަ އިސްލާމްދީނާ މެދު ނަފުރަތެއްއުފެއްދުން ތިޔަ ކޮމިސަނައްވެސް އޮތީ ހުރިހާމަރެއްގެ ފަހަތުގަ ދީނީ ހަރުކަށި މިހެން ލިޔަން އެކަނި ކަންނޭގެ ބުނެފަވެސް. މިހާރުވެސް ކިތައް އަންހެނުންތޯ ބުރުގާނަގާހުރާލަމުން އެދަނީ ..އަޅެ ކީއްވެތޯ އެރައީސް މޑނ ގެރިޕޯޓުވެސް މަޖުލިސްގަ އެރައީސްގެ ދޫފުޅުން އިއްވާލަނުދިނީ...

    19
  2. ރާޅު ބޯއީ

    މާމޮޅު ރިޕޯޓެއް ނެރެވިގެން މީނާ މިހުރީއްތޯ ބަލަ ހުރިހާ ތަނެއް ބޮއްސުންލާފަ އޮތް މޮޔަ ސަރުކާރެއްގައި އުޅޭނީ ހުސް ދެބަން ދިހާރަވެފަ ތިބޭ މޮޔައިން. މަޖިލިސް ތަހުތުގައި އޭނީ ބޮޑު މޮޔަ. އެހެންވީމާ ތިބާވަތުގެ ކަމެއް ހިނގާފާނެ.

    23
  3. ސލ

    ރިޕޯޓް ގަބޫލެއްނުކުރަމެވެ ރިޕޯޓާގުލޭ ކަންކަން އަވަސް އަރުވާލައިގެން އުޅެނީ ހަގީގަތް އޮޅުވާލުމަށެވެ 2023 ގައި
    އަންނަ ސަރުކާރުން ތިޔަ ތަހްގީގު ކުރިއަށް ގެންދާނެއެވެ
    އަދި ސުޢޫދުގެ މައްސަލަ ތަހްގީގު ކުރެވޭނެއެވެ.

    20
  4. ޖަޒީރާ

    ތިކޮމިޝަން ބޭނުންކުރަނީ ސިޔާސީ ބޭނުންތަކައް މިހާރު ތިގޭމްގަ ވާގޮތުން ތިނެރުނީމަ ހިއްހަމަނުޖެހިގެން އިސްތިއުފާދޭނީ ދިނީމަ ލިބޭނެ ރަސްމީ މަގާމު

    19
  5. ހަސަންޑި

    ސުޢޫދު ހިތާމަކުރަނީ ބަޔަކު ރުއްސަން ކުރި މަސައްކަތަކަށް ވެފައި، އެކަމުގެ ފޮނި މީރުކަން ރާއްޖޭގައި ނުހުރެވޭތީ ނުލިބިދާނެތީ، ބައި އަޅާއިރު ބަޔަކަށް ލިބުން ވަރުވެސް ނޭގޭނެތީތޯ؟ ﷲގެ ކުޅަދުންވަންތަކަން. ތިނެރޭ ރިޕޯޓުތަކުން މަހުޝަރު ދުވަހުވެސް ދެރަގޮތެއް ވުން ގާތް. ވިސްނާ އަދި ވަގުތު އެބައޮތް. ތިއީ ގާބިލް މީހެއް. ތެދުވެރިކަން ހުރިނަމަ އަލްހަމްދުﷲ

    17
  6. ޙަރީބު

    ސުޢޫދު އަވަހަށް އާދޭ. ބަހާ ނިމިދާނެ. ޑޮލަރު

    26
  7. ދދދދދދ

    ކަލޭ ރަށުގަ ނެތީ މީހަކު ބުނެގެންތަ؟ ފިލީނޫންތަ ތި؟ އުފާ ފާޅުކުރަން ޗަކިންދާކައިރިއަށްތަ ދިޔައީކީ ނޫންތަ؟

    30
  8. މުދިންބެ

    ނަށިދު ވިދާޅުވިއެއް އަފުރާސީމްގެ މަރާލުމުގައި ހިމެނޭމީހުން އެގިލައްވާކަމަށް. އެމީހުންތޯ މިރިޕޯޓްގައި ހިމެނިފައިވަނީ؟؟

    8
    1
  9. Anonymous

    ސަރުކާރާއި ލާދީނީ އެމްޑީޕީ އާއި ލާދީނީ އެމްޑީއެންގެ ހިތްރުއްސުމަށް ސުޢޫދު ކަލޭ އަމިއްލައަށް ހިޔާލީ ފޮލާކައްކައި ބަޔަކު މީހުންގެ ބޮލުގައި ދޮގުއިލްޒާމްތަކެއް އަޅުވައި އެމްޑީއެން އާއި ދެކޮޅަށް ވާހަކަ ދައްކާ ސިޔާސީ ބޮޑެތި އިލްމުވެރިންގެ ބޮލުގައި މަރުގެ އިލްޒާމު އަޅުވައި ރިޕޯރޓެއް ނެރެފައި ރިޕޯރޓް އިއްވާއިރު ކަލޭ ރާއްގައި ހުންނަން ބޭނުންވަނީ ލާދީނީ ބައިގަނޑު ކަލޭގެ ކަރުގައި މާފަތި އަޅުވާނެތީދޯ.
    އެ އުފާ ނުލިބޭތީ ދެއްތޮ ހިތާމަ ކުރަނީ. އެހެނަސް ބުނަން ރިޕޯރޓް އާންމުކުރާނެ ވަގުތާއި އަދި ކަލޭ ރާއްޖޭގައި ހުންނައިރު އެކަން ކުރެވުމުގެ ބާރު ކަލެއަށް އޮވެ ބިރުން ޤަޞްދުގައި ރާއްޖެއިން ބޭރުގައި ފިލައި ތިޔަހުރީ.

  10. ބަރުގޮނު

    ހަމަ މިކަމިޝަނުން ބެލި މަސްއަލައެއްގެ ރިޕޯޓް ރައީސުލް ޖުމްހޫރިއްޔާ ބައިޕާސްކޮށް މަޖްލިސް ރައީސަށް ދިނީ ހަމަ ތިޔަ ސުޢޫދެއްނު. އެއީ މިނިވަން ނޫހުގެ ރިޕޯޓަރ ރިޟުވާނުގެ މަސްއަލަ. މިފަހަރު ރިޕޯޓް މިދިޔައީ ދާންވީ މަގުން.

  11. ސސސ

    ރަށުގަ ހުރުމާ ނެތުމުން ތަފާތަކީ ކޮބާ. ކަލޭ ހާވާފަ ހުރިހަޑި ކޮންމެ ގޮތެއްވިޔަސް ފެންނާނެ. އަދި ގާނޫނުގެ ދިގު އަތް ފޯރާނެވެސްމެ

  12. ކަމާލް

    ހުުސް ނޫނު | ސުއް.އޫދު