ޑރ.އަފްރާޝީމް އަލީ އަވަހާރަ ކޮށްލަން ރޭވި "ޖިހާދީ ޖަމާޢަތް" ހިންގުމުގައި އިސްކޮށް ތިބި މީހުންގެ މައުލޫމާތު ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ހާމަކޮށްފިއެވެ.

ރިޕޯޓްގެ ހުލާސާ އެއް މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ. ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްވި ހުލާސާގައި ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލަން ރޭވި ޖިހާދީ ޖަމާޢަތް ހިންގުމުގައި އިސްކޮށް ތިބީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ.އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށެވެ.

މަޒީދު އާއި ސާމިތަކީ ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތުކުރެވޭ ޖަމާއަތުގެ މީހުންނެވެ. މަޒީދަކީ ސަލްޓަންޕާކު ބޮމުގެ ހަމަލާ އަށް ފަހު ޕާކިސްތާނަށް ގޮސް އެތަނުގައި އުޅުނު އަލްގާއިދާގެ އިސް މީހަކާ ބައްދަލުކޮށް، އެ ޖަމާއަތުގެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނަ މީހެއް ކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވެއެވެ.

ސާމިތު ވަނީ ރިލްވާން ވަގަށް ނަގައި މަރާލުމާ ބެހޭ ގޮތުން މީހުންނާ ވާހަކަ ދައްކާފައި ކަމަށް، ކޮމިޝަނުން ރިލްވާނާ ގުޅޭ ގޮތުން ނެރުނު ރިޕޯޓްގައި ވެސް ވިދާޅުވެފައި ވެއެވެ.

ރިޕޯޓްގައި ވިދާޅުވެފައި ވަނީ މި އަޒްލީފާއި ހުމާމް އަދި ޝާންއާއި ކުޑަކުއްޖާގެ އިތުރުން އިތުރު ބަޔަކު މިމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވުނު ނަމަވެސް އެމީހުން އަފްރާޝީމްގެ މަރަށް ފަހު ރާއްޖެ އިން ބޭރަށް ހަނގުރާމައަށް ގޮސްފައި ވާތީ މައްސަލަ ތަޙްޤީޤު ކުރުމަށް ދަތިތަކެއް ހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޙސހސހ

  މިހާރު މި މަސައަކަތް ކުރަނީ ދީނީ މީހުން ގެ ބޮލުގައި މިކަންކަން އަޅުވާން. ހަޤީގަތަކީ އެޔެއްނޫން. މިކަން ކުރީ ސިޔާސީ ބަޔެއްކަން އެކަން ހިނގިއިރު ދުނިޔޭގަ ބުއްދި ސަލާމަތުން ތިބި ބަޔަކަށް ވިއްޔާ އެނގޭވަރަށް ކަންކަން ލޯމަތީ ހިނގި. މަރާލުމުގެ ކުރިން އަންހެން މަންޖެޔެއް ފޮނުވައިގެން ބްލެކް މެއިލް ކުރާނެ ކަމެއް ކްރިއޭޓް ކުރަން އުޅުނީ ކޮންބަޔެއްބާ. މިގޮތަށް ކިތަންމެ ވާހަކަޔެއްވެސް ދެއްކިދާނެ. އަހަރުމެން ތުހުމަތު ކުރަނީ ދީނީ މީހުނަކަށް ނޫން. ދީންވެރިޔަކު މީހަކު ނުމަރާނެ. އިސްލާމް ދީން ފުނޑާލަން ތިކުރާ މަސައްކަތް ހުއްޓާލާ. މާތްﷲ ކަލޭމެނަށް މުސީބާތެއް ނުޖައްސަވަނީސް ތަޢުބާ ވާން އުޅޭ. މާތްﷲ ކަލޭމެންނަށް ލިބިފައިވާ ވެރިކަމުގެ ބާރާ މަޖްލީހުން 65 ގޮނޑީގެ ބާރު ނެންގެވުމަކީ މާދުރުގައި އޮތް ކަމެއްނޫ . ކަލޭމެންނަށް މިއަދު ތިޔަ ބާރުވެރިކަން ދެއްވާފަ ތިތިބީ ކަލޭމެން އިމްތިޙާން ކުރުމަކަން ދަންނާތީ.

  189
  14
 2. ޢަފްރާޝިހާމް

  މުޅި ރިޕޯރޓް ގައި ދޮގޮމައުލޫމާތު. ޢެމްޑީއެން ގެ ރިޕޯރޓަކީ ރަގަޅު ރިޕޯރޓެއް ކަމުގައި ދެއްކުމައް ކިރާ މަސައްކަތް. ނަޝީދު އާއި ސުވާލު ނޮކޮއް ނަޝިދު ދެއްކި އެއްވެސް ވާހަކަ އެް ބެލުމެއްނެތި ދީނީ ބައެއްގެ ބޮލައް ކަނޑާލީ ނަޝީދު އާއި އިންޑިއާ ރޯގެ އެޖެންޓް މިކަމުގައި ބައިވެރިވި. މިހެން ބުނާ ސަބަބަކީ ނަޝީދު ބުނެފައިވަނީ " އެމީހާ އަފްރާޝީމް މަރާލި ރޭ ރާއްޖެން ފުރައިގެން ގޮސްފައިވާ ކަމާ އެކަންކުރީ ރާއްޖޭން ބޭރުމީހެއް" އެހެން ކަމުން ނަޝީދު އަމިއްލަ އިއިތިރާފެއް މިއީ

  114
  12
 3. ޓިނު

  މިމީހުނަކަށް ނޯވޭ ރަގަޅުއެއްގޮތެއްވެސް ؟

  23
  10
 4. ހިލާ

  އެމަރުހޫމުގެ ނިމިދިޔުން ބޭނުންކޮށްގެން، އެކި މީހުން އެކި ވާހަކަ ދައްކައިގެން މިދުނިޔެމަތީގައި އަމިއްލަ ފައިދާއަށް މަސައްކަތްނުކުރޭ. އިޚުލާސްތެރިވޭ. އެމަރުޙޫމުގެ ޢާއިލާއަށްވެސް ލިބޭނީ ހިތްދަތިކަން. ޔާﷲ މިކަމުގައި ޙައްޤު އަދަބު ލިބެންވާފަރާތްތަކަށް ޙައްޤު ޢުޤޫބާތް ދެއްވާންދޭވެ. އަދި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަމާއި ޙައްޤު މިންވަރުކޮށްދެއްވާންދޭވެ. ﷲއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހު..

  103
  1
 5. ކިޔުންތެރިން

  އަފްރާސީމް މަރާލި ޖަމާޢަތަށް ކިޔަނީ އެމް. ޑީ ޕީ ޖަމާއަތް ހިންގަނީ އަންނި. މީ ވަރަށް ސާފުކޮށް އެނގެންއޮތްކަމެއް. ރިޕޯޓުންވެސް. ފަސްއަޅަން ކޮންމެހެން މޮޅުވާހަކަ ދައްކާނެކަމެއްނެތް

  89
  237
 6. މަރުތަޅު

  ކުރީގެ ފޮރިން މިނިސްޓާ ޑރ އަހުމަދު ޝަހީދުގެ އިތުބާރު ނެއްކަމުގެ ވޯޓް ނަގަން މަޖިލިހަށް އޭރުގެ މެމްބަރު ޑރ އަފުރާޝީމް ހުށަހެޅުމާއި ގުޅިގެން ޑރ ޝަހީދު އިސްތިއުފާ ދީފައިވަނިކޮށް ބަޔަކު މީހުން ޑރ އަފުރާޝީމާއި މެދުގައި ރުޅިވެރިކަން އިސްކުރީ ކީއްވެތޯ؟

  30
  2
 7. އެންދެރި

  ބޭން އެމްޑީއެން ...

  40
  2
 8. ޢިބޫސޯލިހު

  ޟމަށަށްވެސް ވަރައް ހީވޭ ތީގަ އަންނީގެ އަތެއް ވާހެން އެހެންވެދޯ މިޔޮއްހުރިހާދުވަހު ނޭންގޭ ހަގީގަތް ކީއްވެބާ މިހާރު މިކަލޭގެޔަށް މިއިނގެނީ.?

  36
  109
 9. ނަސްރާނީ

  މި ކޮމިޝަން ހަދާ ރިޕޯޓް ނެރުމުގެ އެންމެ އިސް ބޭނުމަކީ މޑޕ މީހުން އޭ ކިޔައިގެން އަފްރާޝީމްގެ މަރުގަ، ދައްކަމުންދާ ވާހަކަ ހުއްޓުވުން. ނުހުއްޓޭނެ. ހަޤީޤަތް އަދި އިގޭނެ.

  30
  120
 10. އަބޯ

  ސަލްޓަންޕާކް ގެ ބޮމުގެ މައްސަލާގް ހައްޔަރު ކޮށް އަދަބު ލިބުނު އެކަކުރަ ނަސީދަ ކީ ؟

  16
  4
 11. ނުހުރެވޭނެ ދެން

  ވަރަށް ސާފުކޮށް މި ބުނަނީ ތިޔަ ހުރިހާ ކަމެއްގެ އެންމެ އަޑީގަ ހުރީ ވަގު ޔާމީނު. ޢޮޅުވާލަން ނޫލެބަލަ. ތިޔަ ޔާމީނުގެ ނުލަފާކަން މުޅި ދުނިޔެ ދަންނާނެ. ކަމުން ރެކެން ނޫޅެބަލަ. ރައްޔިތުންގެ ލާރިން ޚަރަދުކޮށްގެން ދިވެހި ދަރިޔެއްގެ ފުރާނަ ދުއްވާލީ.

  9
  33
 12. މުހައްމާ

  އަންނި ބުނިދޯ އަފްރާޝީމް ޝަހީދުން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަމަށް މީނާ އަށް ހުރިހާ ކަމެއްވެސް އެގޭނެ!!!!!

  29
  3
 13. ޖޭމްސް

  ތިޔަ މަރުގެ މޭސްތިމޭސްތިރި އޭނީ މަޖިލިސްގެ ރައީސް ގެ ގޮނޑިއަށް އަރާ

  25
  4
 14. ޚަރުން

  ޢިންޑިއާ ގެ ހާމުދުރުންނާ ގުޅިގެން ކެނެރީގެ ނުކިޔަވާ ނުލަފާ ސޮރު ހިންގި ޖަރީމާއެއް...ރައްޔިތުން މަޑަކުން ނުތިބޭނެ.މަޖިލިސް ވެސް އުވާލެވޭނެ.އިބޫ އިސްތިއުފާ ވެސް ދޭނެ.ިހިސްޓްރީ އިސް އެބައުޓް ޓު ރިޕީޓް ...🕺

  13
  4
 15. ޖަހާންގިރި

  ހަގީގަތުގަ އަންނި އެހެން ބުނިި އެހެންވީމާާ މިކަން ތަހުގީގު ކުރެވެން ޖެހޭނެ މިކަމަކީ ވަރަށްސީރިއަސް ކަމެއް.

 16. ބޯގޯސް

  މިއީހަމަ ވަރަށް ބޮޑަށް އޮޅުވާލާފައިވާ ރޭވުމެއް .މިރިޕޯޓް ގެ މައްޗަށް ތަހުގީގު ހިންގާ ނަސީދުގެ އިއުތިރާފް ހޯދޭނޭ ޒަމާނެއް އައުމަށް ދުއާކުރަން މާތްﷲ މިކަމަށް މަގުފަހި ކުރައްވަވާށި އާމީން.

 17. އަބޯ

  އެމްޑީޕީން އުސްފަސްގަނޑު ހިސާރު ކޮށްގެން އުޅުނު އިރު މަރަލާންޖެހޭ މީހުންގެ ލިސްޓް އުސްފަސްގަނޑުގަ ހުރި ވާހަކަ އޭރު ކިޔާ އުޅުނު އަދި ކިޔާ މަރާލަން ޖެހޭ ކޮންމެ މީހެއްގެ ބޯކޮޅުބަލަން އަންހެނަކާ ހަވާލުކޮށްގެން އުޅުނުވާހަކަ ވީއިރު ސަލަފާ މިކަމާ އޮތީ ކޮންގުޅުމެއް ؟

 18. އަބޯ

  މިމީހުންނާ ގުޅުން އޮތީވެސް ނަސީދު އާ ނޫންތަ ؟އެއީ މިމީހުނާއެކު ހެންވޭރު ދޯނި އެހިލާތަނުގާ ގޮއްވި ބޮމުގެ މައްސަލާގަ ނަސީދު ހައްޔަރު ނުކުރޭތަ ؟

 19. ިނިމުނީ

  މަރްހޫމްވަނީ ޝަހީދުވެފަ. އިތުރުން ފިތުނަހެދުމަށްވުރެ އުމުރަށް ތިޔަބާބު ލައްޕަވާބާއްވާ. ތިޔަ ވާހަކަ ހަދަހަދައިގެން ދެއްކިޔަސް އެއްވެސްބަޔަކަށް އަދަބެއްކީއްކުރަން ރައްދެއްވެސް ދެވޭނީކިނޫން. މަރާލުމުގަ ބައިވެރިވިމީހުނާ ފައިސާދިން މީހުން އޮތީއިނގެން. ދެންއެކިދުހު އެކި މީހުންނޭކިޔާނެކަމެއްނެތް. ޥަހީދަށް ނުވި ޔާމީނަށްނުވި ސޯލިހަށްނުވި. ނިމުނީ