ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ރިޕޯޓް ނެރުނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލަ އޮއްބާލަން ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ތުހުމަތު ކުރައްވައިފިއެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤުރުއާނާއި މާތް ނަބިއްޔާއަށް ފުރައްސާރަކުރި ބައެއްގެ ދިފާޢުގައި ވަކާލަތި ކުރި މައްސަލަ އޮއްބާލަން ކިތައްމެ ރިޕޯޓެއް ނެރުނަސް ރައްޔިތުނެއް އޮޅުވައި ނުލެވޭނެ ކަމަށެވެ.

"އިންޝާﷲ ދޮގު ތުހުމަތުކޮށް ހަޤީޤަތް އޮޅޭ ގޮތައް ރިޕޯޓް ތައްޔާރުކުރާއިރު މިނޫން ދުވަހެއް ވާކަން ހަނދާން ނުވަނީތޯ؟ ﷲ އަށް ބިރުވެތިވޭ." އިލްޔާސްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އަފްރާޝީމްގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ވަނީ އަފްރާޝީމާއި މެދު ނަފްރަތު އުފައްދަން ބައެއް އިލްމުވެރިން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވި ރިޕޯޓްގެ ހުލާސާގައި އިލްޔާސްގެ ނަން ފާހަގަކޮށްފައި ނުވިނަމަވެސް އިލްޔާސް އަކީ ވެސް އަފްރާޝީމާއި ދެކޮޅަށް ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައިވާ ބޭފުޅެކެވެ. އަފްރާޝީމަކީ "މރ.އިނބިލީސް" ކަމަށް އިލްޔާސް ދަރުހެއްގައި ވެސް ވިދާޅުވިއެވެ.

އަފްރާޝީމްގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ރާއްޖޭގައި ހަރަކާތްތެރިވާ "ޖިހާދީ ޖަމާޢާތުން" ކަމަށެވެ.

ޖިހާދީ ފިކުރުގެ ޖަމާޢަތް ހިންގަމުން ގެންދަނީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ.އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު

އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ އަޒްލީފް ރައޫފް ކަމަށާއި އެކަމުގެ އަމަލީ ގޮތުން ބައިވެރިވީ ހުސެއިން ހުމާމްއާއި އަލީ ޝާން (ސަޓޯ) ގެ އިތުރުން ކުޑަކުއްޖެއް ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. ހުމާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމާ އޭނާ މަރަން ވަނީ ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަބުޅޮ

    ބަލަ އެ ރިޕޯޓަކީ ތިބޭފުޅާޔަށް މަގާމު ދީފަވާ ދުވާލައިދެއްވާފަވާފަދަ ބޭފުޅެއް ކަމަށް ތިބޭފުޅާ ވިދާޅުވެފަވާ އަދި ތިބޭފުޅާ ތާއިދުކުރާ ''ސޯލިހު'' ރައީސްގެ ކޮމިޝަނުންް ނެރުނު ރިޕޯޓު. އޭގަވަނީ ގަބޫލުކުރެވޭ ވާހަކަތަކެއް. އަފްރާޝީމް، ރިލްވާން، އަދި ޔާމީން މަރާލާފަވަނީ ދީނީ ހައްދުފަހަނަ އެޅި މީހުން. ތި ބޭފުޅާ ތީ ހައްދުފަހަނަ އެޅި ބޭފުޅެއްނޫން ކަމަށްވަންޔާ ހާސްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ރިޕޯޓްގަ ހުރި ޕޮއިންޓުތަކަށް ނުވަތަ ހެއްކަކަށް އަލިނާޅުވާ އެމްޑީއެނޭ ކިޔާ ރައްދު ދިނުމުގެ ބޭނުމަކީ ކޮބާ؟ އަނެއްކަ ތިބޭފުޅާގެ ބައިވެރިވުމެއް މިކަމުގައި ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން އޮތީތޯ؟

    31
    93
    • ޅޮސް

      ދީނީގޮތުންނޭ ކިޔާއިރު ކޮން ދީނެއް ގަބޫލުކޮށްގެންތަ ގާތިލުން އެއުޅެނީ؟؟ "....މަރާލާފަވަނީ ދީނީ ހައްދުފަހަނަ އެޅި މީހުން" މިހެން ކިޔާއިރު ގްރުއާނުގައިވެސް ރަސޫލާ (صلى الله عليه وسلم)ގެ ހަދީޘުންވެސް ނުފެންނާނެ މީހުން ޝަރިއްޔަތަކާ ނުލާ މެރުމަށް. މީހުން ޝަރީއަތަކާ ނުލާ މެރުން ހުއްދަނަމަ ކީއްކުރަން ހުރި ކޯޓުތަކެއްތޯ؟ މިގޮތަށް ދީނުގައި އަންގަވައިފައިވާ ކަންތައްތަކަށް ދެކޮޅުހަދާ މީހުންނާއި ދީނުން ބޭރުވާ މީހުންނާއި ވަކި ތަފާތެއްނެތް. އޮޓަމެޓިކުން އެހުރީ ދީނުން ބޭރުވެފައި. އިބޫގެ ކައްޒާބު ކޮމިޝަނުން ނެރުނު ރިޕޯޓަކީ ހަމަބުއްދިހުރި ރައްޔިތުންނަށް ގަބޫލުކުރަން ދަތި، އެތަކެއް ބާތަކެއް، އެތަކެއް ފުށޫއެރުމެއް ހުރި ރިޕޯޓެއް. އޭގެ ހެއްކެއް މިމައްސަލަތަކުގެ މުޖްރިމެއް ސަރުކާރު ކުންފުންޏެއްގައި މަސައްކަތްކުރުން. ކޮންމެހެން ތުނބުޅި ދިގުވުމުން އެއީ "ދީނީގޮތުން ހައްދުފަހަނައަޅައިގޮސްފައިވާ މުސްލިމުން"ގެ ލަގަބް ލިބެންޖެހޭ ކަމެއް ނޫން. ތުނބުޅި ކިތަންމެ ދިގުވިޔަސް ލަދީނީ މީހުން ވާނީ ލާދީނީ މީހުންނަށް. ސިކުން ވާނީ ސިކުންނަށް. ނަސޯރާއިންނާއި ޔަހޫދީންވާނީ ނަސޯރާއިންނާއި ޔަހޫދީންނަށް. މުސްލިމުންވާނީ މުސްލިމުންނަށް. މުއުމިނުން ވާނީ މުއުމިނުންނަށް. މުސްލިމެއްގެ ގޮތުގައި އުޅޭކަމުގެ ހެއްކެއް ނުލިބޭނަމަ ނުބުނެވޭނެ އެއީ ދީނީމީހެކޭވެސް، ދީނީގޮތުން ހައްދުފަހަނައަޅައިގޮސްފައިވާ މީހެކޭވެސް.

      4
      4
  2. އައިޝާ

    ކަލޭ އެމައްސަލަ އޮއްބާލާާ ރަައީީސްް މީހާ އަށް ޘަނާ ކީތާ ކޮޮންް ދުވަހެއް
    ލާދީނިއްޔަތަށް ބައިއަތު ހިފި ޝޭޙް

    57
    5
  3. ޒަމާން

    މިއީ މިވަރުގެ ޖައްބާރުބައެއްކަން އެގިތިބެ ހުރިހާބާރެއް ދައްޖާލާ ހަވާލުޖޮށްފަ ދެންވާހަކަދެއްކުމުގެ ބޭނުމެއްނެތް ! މުޅިޤައުމުގަ ހިތިރަހަލައްވާލާނެ . ޔަހޫދީނަށް އަބަދުވެސް އިސްލާމުންނާހެދި ހަމަ ނިދިނުލިބޭނެ .. އިލްޔާސްއަށާއި ، އަލީ ޒައިދު ، އިޔާސް އަށް ވަރަށް ވެދުން......

    65
    1
  4. ކޮންމިއެސްވަރަކިއާއިލާގުޅުމައްއޮއްމީހާ

    ކަލޯދެންތެޅޭނެކަމައްނެއް 2007ވަނައަރުން
    ފެށިގެންއެކަލޯހިތްހަމަނިޖެހޭމީހުންނާއިދިމާއް
    ދައްކަމުންގޭވާހަކާއިކީެެއެއްތެތިއަފިރިންތިބީ
    އަޑައަހަގެން

    34
    2
  5. 19 ނަވާރަ

    ތިޔަ ބޭފުޅުން އެމްޑީއެން ގެ މައްސަލާގައި ނުކުންނަން ނުކެރިފަ ތިބީ ކީއްވެތަ. ފަނޑިޔާރުންގެ ދިފާޢުގައިވެސް ހަންނު ހުރުން

    49
    2
  6. ދޮށިކޮއި ޢަލީގެ މުޙައްމަދު

    އިބްރާހިމް މުޙައްމަދު ޞޯލިހަށް ދެބޯގެރި ދުއްވައިދެނީ ހުސްނުއްސުއޫދާ މުޙައްމަދު ނަޝީދު އެނެރުނު ރިޕޯޓަކީ ދެބޯގެރީގެ ބާބެއް

    49
    3
  7. ގޑން

    ކޮބާހޭ ރީކޯގެ ދަނބިދަރި ޖާވިދު. އަޒްލިފް ރައޫފަށް ފައިސާދިނީ އެނާކަމަށް ބުނޭ. ދެން ކޮން ޖިހާދީ ޖަމާއަތެއްތޯ.

    45
    2
  8. މުފައްކިރު.

    "އިންޝާﷲ ދޮގު ތުހުމަތުކޮށް ހަޤީޤަތް އޮޅޭ ގޮތައް ރިޕޯޓް ތައްޔާރުކުރާއިރު މިނޫން ދުވަހެއް ވާކަން ހަނދާން ނުވަނީތޯ؟ ﷲ އަށް ބިރުވެތިވޭ." އިލްޔާސްގެ ޓްވީޓްގައި ވިދާޅުވިއެވެ.

    މާތް ﷲ އަށް ބިރުވެތިވުން ފެށެނީ އިލްމު ވެރިންގެ އަގުހުރި މަސައްކަތުން ކަމަށްވާތީ މިސަރުކާރަށް ކުރާ ސަޕޯރޓް ދޫކޮށް ދީނަށް ނަސްރު ދިނުމަށް ތެދުވަންވީ ނޫންތޯ. ގޯހުން ގޯހަށް ދާއިރު ކީއްވެތޯ މަޑުން ތިހުންނަވަނީ.

    49
    2
  9. ޒާ

    އެމްޑީއެން އަދިވެސް އުވައެއް ނުލާ. އެ ރިޕޯޓް ނެރުނުމީހުން ތިބީ މިސަރުކާރުން ރައްކާތެރިކޮށްދީފައި. އަފްރާޝީންގެ މަރުގެ މައްސަލާގައި ދައްކާ ވާހަކަ ތަކަށް އިޔާޒާއި އިމްރާނާއި އިލްޔާސް ވެސް ރުޅިއަންނާނެ. އެމީހުން އޭރު އަފްރާޝީނަކީ އިބިލީސްކަމަށް ބުނި.

    40
    1
  10. ބޮޑުކަންނެލި

    ޑދީނީ މީހުން ދީނާ ރައްޔިތުންގެ ނަމުގަ ނުތިބޭނަމަވާނީ މިހެން

    30
    2
  11. ގައުމުގެ ދޫ

    ސިޔާސީކަންކަން ކުރާނީ ސިޔާސީވެރިން، ގައުމު ހިންގާން ރައްޔިތުން ހަވާލުކުރީ އިބްރާހީމް މުހައްމަދު ސޯލިހަށް. އެހެންވީމާ ކުރާންޖެހޭ ކޮންމެ ކަމެއް "ދީނީ" ތޮފި އަޅުއްވައިގެން ތިއްބެވި ބޭފުޅުން ހަމަ ކޮންމެ ފަހަރަކު ކިޔާދޭކަށް ނުޖެހޭނެ. އެމީހެއްގެ ދާއިރާއިން ކުރިއަށް ދިޔައީމާ ގައުމަށްވެސް ކުރާ މަންފާ ބޮޑުވާނެ.

    2
    20
  12. ކަންނެލިއޮޑި

    ރިޔާސީ ކޮމިޝަނެކޭ ކިޔާނެ ކަމެއް ނެތް. އެންމެ އިސް ވެރިއަކީ ކަލޭގެ ދުއާ ދެއްވި ވެރިޔާ. އެމްޑީއެންއަށް ފިޔަވަޅު އަޅާނެކަން ކަލެއަށް ޔަގީނެއްނު. މަޑުންހުރޭ. ދަންނަވައިފީމެއްނު. ކުރުމާނުކުރުން އެހެން ކަމެއްނު. ހިތް ބުނަނީ ކުރާނޭނު. އަދާލަތޭ ބުނީމަ ވަރެއް ވެއްޖެތާ. އެހެން މީހުނޭ ކިޔައިގެން ކަލޭ ބުހުތާން ހަދާއިރު ކީކޭ ހިތަށް އަރާތަ؟ މި ދެން ކާކުތަ.

    14
    3
  13. ޑެލްބޯއި

    ގައުމެއް ގައުމަކަށްވަނީ ދުނިޔޭގެ އެހެން ގައުމުތަކުންނާއި ޖަމާޢަތްތަކުން އެ ގައުމު ގައުމެއްގެ ގޮތުގައި ޤަބޫލުކުރުމުން ނުވަތަ ރެކަގްނައިޒް ކުރުމުން. މި އުސޫލުން ދިވެހިރާއްޖެއިން އަދި އެމް.ޑީ،އެން އުވައިލައިފީމޭ ބުންޏަސް އެ ޖަމީއްޔާ އުވިގެނެއް ނުދާނެ ދުނިޔޭގެ އެހެން ގައުމުތަކުންނާއި ޖަމާޢަތްތަކުން އެ ޖަމިއްޔާ ޤަބޫލުކުރާހާ ހިނދަކު. އެހެން ކަމުން އެމް. މުސްތަޤްބަލުގައި ވެސް އެމް،ޑީ. އެން ޖަމީއާއެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުންދާނެ ކަމަށް ބެލެވޭ އަދި އެމް.ޑީ.އެން އަށް އިތުރު އެހީތަށް ވެސް ލިބޭނެކަމަށް ބެލެވޭ. ކަން މިހެން އޮތް އިރު ރާއްޖެއިން އެމް.ޑީ.އެން އުވާލި އަކަސް އެޖަމީއާ ނެތި ދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. ވީމާ އިލިޔާސް އެދައްކާ ގޮތަށް އެމް.ޑީ.އެންގެ ވާހަކަ އޮއްބާލަން ރިޕޯޓެއް ނެރުމުގެ ބޭނުމެއް ނުފެނޭ. އެމް.ޑީ.އެންގެ މަޤްސަދު އެ ޖަމީއްޔާ އަށް ރާއްޖެއިން ރެކަގްނިޝަން ނުދިނަސް ކުރިއަރުވަމުންދާނެކަމަށް ބެލެވޭ.

    2
    12
  14. ކަމިޝަން

    އިލިޔާސް ކަލޭ ހާދަ މަކަރުވެރިޔޭ! ސަރުކާރޭ ބުނަން ނުކެރިގެން ތިބުނީ ކޮމިޝަނޭ! ކޮމިޝަނުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާނީ!

    24
    3
  15. ޥަސީމު

    އިންޝާﷲ ދޮގު ތުހުމަތުކޮށް ހަޤީޤަތް އޮޅޭ ގޮތައް ރިޕޯޓް ތައްޔާރުކުރާއިރު މިނޫން ދުވަހެއް ވާކަން ހަނދާން ނުވަނީތޯ؟ ﷲ އަށް ބިރުވެތިވޭ."
    ރައީސް ޔާމީން ވެރިކަން ވައްޓާލުމަށް ޔާމީން ގެމައްޗަށް ދޮގުތުހުމަތު ކުރިދުވަހު އެނޫން ދުވަހެއް ވާކަން ހަނދާނެއް ނެތީތޯ.

    19
    2
  16. ރާއިފާ

    ތިކަން އެގިލައްވާއިރުވެސް އަދިވެސް ހަމަ ނަގޫ ފިތިފަ ހުންނަވާނީތޯ؟

    19
    1
  17. ސޭލް

    ތިބޭފުޅާ ތިވާހަކަދެއްކެވުމައްވުރެން މާރަނގަޅުވާނެ އަޅުގަނޑުމެން ނިކަމެތިން ތިވާހަކަދެއްކިއްޔާ ތިބޭފުޅާ ދެޓްވީޓެއްކުރައްވާފާ އަދިވެސް ތިޔަހުންނެވީހަނު ވިކިފާހުރީމަވާނީވެސް އެހެން

    20
    1
  18. އައިން

    ޝަހީމް ހާސްވާ ކޮންމެ ކަމެއްގައި އިލްޔާސް ވާނެކަމަށް ގިނަ ދިވެހިން ޤަބޫލު ކުރާނެ. ސަބަބަކީ މިހާރު އެދެމީހުންގެ ގުޅުން މާބޮޑުނޫނަސް އޭރު އެދެމީހުންނަކީ ވަކިނުވެވޭ ވަރަށް ގުޅި ލާމެހިފައިވާ ދެމީހުން.

    4
    2