ޑރ.އަފްރާޝީމް އަލީގެ ގަތުލު އޭރުވެސް އަދި މިއަދުވެސް ސިޔާސީ ހަތިޔާރަކަށް ހަދާތީ ހިތާމަކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އަފްރާޝީމްގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ކުރި ރިޕޯޓްގެ ހުލާސާއެއް މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްވެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ މަރު ކޮމިޝަންގެ ރިޕޯޓްގެ ވަކިވަކި ތަންކޮޅު ނަންގަވައިގެން ވަކި ގޮތަކަށް ރައްޔިތުންނަށް ވިސްނައި ދިނުމަށްޓަކައި މިއަދު މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރެއްވި ކުރެއްވުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.

"މަރު ކޮމިޝަންގެ ރިޕޯޓްގެ ވަކިވަކި ތަންކޮޅު ނަންގަވައިގެން ވަކި ގޮތަކަށް ރައްޔިތުންނަށް ވިސްނައި ދިނުމަށްޓަކައި މިއަދު މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރެއްވި ކުރެއްވުމަކީ ވަރަށް ދެރަކަމެއް. ޑރ.އަފްރާޝީމްގެ ގާތިލު އޭރުވެސް އަދި މިއަދުވެސް ސިޔާސީ ހަތިޔާރަކަށް ހަދާތީ ހިތާމަކުރަން." ޝިޔާމް ވިދާޅުވިއެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ "ޖިހާދީ ޖަމާޢަތަކުން" ކަމަށް ރިޔާސީ ކޮމިޝަނުން ނިންމާފައި ވީނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތުތަކެއް ދިން ކަމަށް ވިދާޅުވެ އޭނާގެ މައްޗަށް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

ޝަހީމް ވަނީ ރިޔާސީ ކޮމިޝަންގެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. ޝަހީމް ވިދާޅުވީ އަފްރާޝީމްގެ މަރު މައުސޫމް މީހުންނާއި ގުޅުވަން ކުރާ މަސައްކަތަކީ ހަޤީޤީ ގާތިލުން ފޮރުވަން ކުރާ މަސައްކަތެއް ކަމަށެވެ.

ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަނިޔާވެރި އަމަލުތަކުން އަޅުގަނޑު ބަރީއަވެގެންވާ ކަން މާތްﷲ ދެނެވޮޑިގެންވާނެ އެވެ. ޓީވީ ޕްރޮގްރާމާއި ބެހޭ ގޮތުން މަރު ކޮމިޝަނުނަށް ދީފައި ވާނީ ތެދު މައުލޫމާތުއެވެ."

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕްރިޔަންކާގެ ނިކު

    އެމް. ޑީ.އެންގެ މުޑުދާރުވާހަކަ މަތިއަޅަން ޖެހި މަންތިރިއެއް. މަރުގެ ރިޕޯޓު ސުއޫދު ނާންނަނީސް 1 އަހަރުވެގެން ހުރިހާ ކަމެއް ޗޮކުން

  2. ހަލިމަ ދައްތަގެ ހުނިގޮނޑި

    ސިޔާސީ މީހުން މިމީހުންގެ އަމިއްލަ އެދުމެއްހާސިލުކުރަންބޭނުންވާ ކޮމްމެފަހަރަކު އަފްރާށީމުގެ ވާހަކަ ދައްކަން އެބަފަށާ އެބޭފުޅާގެ އާއިލާއައް އެކަމުގެ ހަގީގަތެއް ހޯއްދަވައެއްނުދެއްވާ އަފްރާށީމުގެ އާއިލާޔައް އަޅުގަނޑު ގޮވާލަން މީގެފަހުން ސިއާސީ އެއްވެސް މީހަކު އެބޭފުޅާޔާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކައިފިނަމަ ނަފްސާނީގޮތުން އަފްރާށީމުގެ އާއިލާއައް ގެއްލުންދޭން އުޅޭމީހެއްކަމައް ބަލާ އެމީހަކާއިގެން ދައުވާކުރުމައް (ދުއާއަަކީ އަފްރާށީމުގެ ފުރާނަޔައް ހެޔޮރަހުމަތްލެއްވުން)