10 ފުޅި ބަނގުރަލާއި އެކު ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ރޭގެ ވަގުތެއްގައި، ބަންގްލަދޭޝް މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައި ވާކަމަށެވެ. އަދި ފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ 10 ފުޅި އެމީހާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވިދާޅުވީ. އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށާއި، އަދި އެމައްސަލަ އާއި ގުޅިގެން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަން ތަހުގީގު ކުރަމުން ދާ ކަމަށެެވެ.

ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ހުޅުމާލެ އިންވެސް ބަނގުރާ ފުޅިއަކާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އޭނާ ވެސް ބަލައި ފާސްކޮށްފައި ވަނީ އަމަލުތައް ހުރިގޮތުން ޝައްކުވެގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިހާރު މާލޭގައި ހިންގާ ބޮޑެތި ޖިނާއީ ކުއްތަކުގައި ބިދޭސީންގެ ދައުރު ބޮޑެވެ. އެގޮތުން ބައެއް މާރަމާރީ ތަކާއި، އެކިކަހަލަ ގޭންގު ކުށްތައް އަދި މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ގިނަ އަދަދަކަށް ބިދޭސީން ހައްޔަރު ކުރެއެވެ.