ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް) ގައި އަދާކުރަމުން އައި ވަޒީފާ އިން މިއަދު ސަސްްޕެންޑްކޮށްފި އެވެ.

ޖީއެމްޒެޑްއަައިއެލް އަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

ޝާން އަކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. މިހާރު ވެސް އޭނާ ގެންދަނީ އެމްޑީޕީގެ ނައިބު ރައީސް ހޮވަން ބާއްވާ އިންތިޚާބުގެ ކެމްޕޭންގައި ރައީސް އޮފީހުގެ މިނިސްޓަރ ޝިފާޒް އާއި އެކު ބައިވެރިވަމުންނެވެ.

ރިޕޯޓްގެ ހުލާސާ އެއް މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ. ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްވި ހުލާސާގައި ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލަން ރޭވި ޖިހާދީ ޖަމާޢަތް ހިންގުމުގައި އިސްކޮށް ތިބީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ.އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށެވެ.

ރިޕޯޓްގައި ވިދާޅުވެފައި ވަނީ މި އަޒްލީފާއި ހުމާމް އަދި ޝާންއާއި ކުޑަކުއްޖާގެ އިތުރުން އިތުރު ބަޔަކު މިމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވުނު ނަމަވެސް އެމީހުން އަފްރާޝީމްގެ މަރަށް ފަހު ރާއްޖެ އިން ބޭރަށް ހަނގުރާމައަށް ގޮސްފައި ވާތީ މައްސަލަ ތަޙްޤީޤު ކުރުމަށް ދަތިތަކެއް ހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބޮލި މުލައް

    ސަސްބެންޑަކުން ނުނިމޭނެ ހިފާހައްްޔަރުކުރޭ

    56
    1
  2. ރަސްއައިން

    އައިން ސަސްޕެންޑް؟؟؟ ނަސީބެއް ނޫން ޕްރޮމޯޝަނަކާއެކު ރައީސް އޮފީހަށް ބަދަލު ނުކުރިކަން.. އެހެންނާ ރައީސް އިތުބާރުކޮށްގެން ހެދި ކޮމިޝަނަކުން އެއޮތީ ބުނެފަ ޑރ.އަފްރާޝީމް ގެ ޤަތުލުގައި ޝާން ބައިވެރި ވާކަމަށް އެވަރުންވެސް ކުރީ ސަސްޕެންޑް.

    61
  3. ޖިހާދިސްޓް

    މިވެސް ޖިހާދިސްޓެއްތޯ؟ މި ޖިހާދިސްޓްއާއެކު ދީނީ ޢިލްމުވެރިއެއްގެ ފޮޓޯއެއް ނެތްތޯ؟ އެކަމުވެސް މީނާމީ ހަމަ ޖިހާދިސްޓް ޖަމާޢަތާ ގުޅުން ރަނގަޅު މީހަކީތޯ؟ މިހާރުވެސް ޝިފާޒާއި އެކު ރައީސްއޮފީސްތެރޭ އުޅޭކަމަށް ވަންޏާ، އަފަރާޝީމްގެ މަރާ އެމްޑީޕީ އާއި މާގުޅުވޭނެނޫންތޯ؟ އެކަމުވެސް ހަމަ ޖިހާދިސްޓުންނޭތޯ؟ މިރިޕޯޓުމީ ސީދާ އޮޅުވާލަން ނެރޭރިޕޯޓެއްކަން ޔަގީންވެ ނިމިއްޖެ.
    އަފްރާޝީމުގެ މަރާ އެމްޑީޕީއަށް ފައިނޭންސް ކުރާމީހުންނާ ނުގުޅުވޭނެ އެއްވެސްގޮތެއް ނޯންނާނެ. އެއީ ޒަޔަނިސްޓުން ހުރިހާ ގައުމެއްގަވެސް ޖަރީމާހިންގާ އުސޫލުން ހިންގިއަމަލެއް. ބޭނުމަކީ އިސްލާމްދީނަށް ހަމަލާދިނުން. ރައްޔިތުންމަޖިލިހުން ޑރ. އަފްރާޝީމްގެ އަޑު ކަނޑުވާލުން. ޝުކުރިއްޔާ.

    55
    1
  4. ސިރީސެނާ

    ސަސްޕެންޑުކޮއްފަ މުސާރަ ދީފަ ގޭގަބަހައްޓަ އޭރުން ވައުދު ފުއްދުނީ

    60
  5. ފާއިޒު

    ކިތައްމެ ފާލުކަންބޮޑުކޮށް ކުށްވެރިޔެއްކަން އެނގުނަސް އެމީހަކީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާނަމ ފިޔަވަޅެއް އެޅުމެއް ނެތް. އޭގެ ބަދަލުގައި ދެނީ ބޮޑެތި މަޤާމުތައް. މިއިން މީހަކަށް ފިޔަވަޅެއް އަޅަނީވެސް ސޯޝަލް މީޑިއާގައި އެމީހަކުގެ ވާހަކަ އެހެންމީހުން ދައްކާ ހޭބޯ ލަވަން ފެށީމަ.

    45
    1
  6. އަނިޔާތި

    ތިހަމަ ނަމެއް . އެމް.ޑީ .އުވާލުން

    46
    1
  7. ދަންޑެހެލް

    ކޮބާ އެމް.ސީ ޙަމީދު ސަސްޕެންޑު ކުރަނީ ކޮން އިރަކުންތަ އޭނާ ހެޔޮދޯ ކިތަންމެބޮޑު ކުށެއްކުރިނަމަވެސް އޭނާ ބަލަހައްޓަން އިބޫއާޖެހޭދޯ

    51
  8. ހަންހާރަ

    ސަސްޕެންޑްކުުރިޔަސް މުސާޜަ ހިގާނެ..

    26
    1
  9. ޒާ

    މިކަންވެސް މިސަރުކާރުގެ އަތަށް މިގޮވީ. މުޖުރިމުންނާއެކު އަބަދުވެސް އުޅޭ ބައިގަނޑެއް.

    27
  10. ޣަނީ

    ޢިމްރާނުއެގެއްގުޅުއްވާ ލިއުއްތައް ހޯދާބަލަ އެއިރުއްދޯ އެގޭނީ ތިކައްކައްހިގާފައިހުރިގޮތްތައް ހޯމިނިސްޓަރަކައްވުއްއެއީ ހަނުހުއްނަލިބޭ ލައިސެއްސެއްނޫއް އަދި ތިޔަރޯނުއެދުރުކަލޭގެއާއި ގާނޫނު އަރާހަމަކުރާނެކަމީ އަޅުގަޑުމެއްސައްކުކުރާކަމެއްނޫ

    25
  11. ގލޅ

    އަފްރާސީމްގެ ގަތުލު ހިންގާފައިވަނީ މިސަރުކާރުގެމަތިފަޑީގައި ތިބި ބައެއްމީހުން ހިމެނިގެންނެވެ އެމީސްމީހުން ސަރުކާރަށް
    އެނގެއެވެ.

    25
  12. ޑެވޯ

    ސަސްޕެންޑް ކޮށްލާފަ ތިއަށްވުރެ މަތީވެރިއްގެ ވަޒީފާ ދީ. ކަންދެއްކުމުގެ ގޮތުން ސަސްޕެންޑު ކޮށްލީ ދޯ، މިހާރު ބައެއް ހޮސްޕިޓަލުތަކުގެ ގަޔަށް އަރާ ފިޒިއޮތެރަޕިސްޓުންވެސް ސަސްޕެންޑު ކުރީމަ ނިމުނީ މައްސަަލަ ބެލުމެއް ތަހުޤީގު ކުރުމެއް ހައްޔަރުކުރުމެއް ނޯވޭ ޖަޒީރާ ރާއްޖޭގައި

    22
  13. ފާތި

    މ ޑނ އާއިވަގުލީފު ސަސްޕެން ޑް ކުރގޮތަށް

    16
    1
  14. ޤާތިލަށް

    ޝާން، ﷲގެ އިރާދަފުޅުން ކަލެއަށް، ދެދުނިޔޭގައި ވެސް ޝަޒާ ލިބޭނެ އެވެ.

    19
  15. ދިވެހިރައްޔިތެއް

    ދެރައީސުންގެ މެދަށްވަދެ މާހަމަޖެހިފަ ހުންނާނެކަމެއްނެތް. މިޤައިމު އެބޭފުޅަކަށްޓަކައި ނުހަނު ފަޚުރުވެރިވާ އެއްވެސް ކުށެއްނެތް އިލްމުވެރިެއްގެ ލެއިން ތިޔަ ނުލަފާ ޤާތިލްގެ ދެއަތް ކަޅިވެފައިވާކަން މިއޮތީ ހާމަވެ ނިމިފައި. މިއަދު ތިޔަހެން ހުރެވިދާނެ، އެކަމަކު ލަހެއްނުވެ މާތް ﷲ ތިޔަ މުޖުރިމް އަށް ޙައްޤު ޝަޒާ ލިބިގެންދާތަން ދައްކަވާށި.

    17
  16. Anonymous

    މޑނ ސަސްޕެންޑުކުރީއޭ ކިޔައި ދިވެހިންނަށް ދޮގު ހެދި ގޮތަށް ހެދި ބޮޑު ދޮގެއް މިއީވެސް.

    18
  17. ހޭހެހޭ

    ސަސްޕެންޑުކުރިޔަސް ދެންބޮލުންނެއްޓެންއުޅޭނެކަމެއްނެތް ތިއޮތީ ގޮވާފަ އަތައް

    19