މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް އޮޕަރޭޝަން ސެންޓަރ ހުޅުއްވައިދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

އަލަށް ހުޅުވި އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް އޮޕަރޭޝަން ސެންޓަރަކީ އެމްއެންޑީއެފްގެ އޭރިއާތަކުގެ އޮޕަރޭޝަން ސެންޓަރުތަކުގެ ޤާބިލުކަން އިތުރުކުރުމަށް، ޒަމާނީ ޓެކްނޮލޮޖީއާއެކު ހިންގާ އޮޕަރޭޝަންތައް މޮނީޓަރ ކުރެވޭނެ ނިޒާމާއެކު އަޕްޑޭޓްކުރެވިފައިވާ މަރުކަޒެކެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންގެ އިތުރުން އެމްއެންޑީއެފް މާލޭ އޭރިއާގެ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ މި ސެންޓަރުން ކުރަމުންދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މި ރަސްމިޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން މި ސެންޓަރުގެ މަސައްކަތްތަކުގެ ތަޢާރަފު، ރައީސް ސާޅިހު އަރުވާފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުރާ

    ތިތަނުން ކަކުލުހުޅު އޮޕަރޭޝަން ކުރެވޭތަ.