17:14

48ވަނަ މިނެޓުގައި ގުއާމް އިން ގޯލެއް ޖަހައިފި. މި ގޯލު ޖަހާފައި ވަނީ ގުއާމް ޓީމުގެ ޖާޒީ ނަންބަރު 7 ޖޯން މަޓްކިން. މިހާރު މެޗުގެ ނަތީޖާ އަކީރާއްޖެ 2 - 1 ގުއާމް.

17:06

އަދިވެސް ރާއްޖެ އޮތީ 2-0ން ކުރީގައި.

17:06

ދެވަނަ ހާފުގައި ކޮއްޓަން ލިބުނީ ދިވެހިރާއްޖެ އަށް. ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައި ވަނީވެސް ރާއްޖެއިން.

17:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން މިހާރު ފެށިއްޖެ.

14:32

14:15

މައްސަލައިގައި ގޮތެއް ނިންމުން ނޮވެމްބަރ 28 ވަނަ ދުވަހު 13:00 ގައި އޮންނާނެ ކަން އިއުލާން ކުރުމަށް ފަހު މިއަދުގެ ޝަރީޢަތް ނިންމާލައިފި.

14:15

ގާޟީ އަލީ ރަޝީދު: ތަނާޒުލު ވެވޭނެ ހާލަތްތަކެއް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައި. ހަމަ ގާޟީ ބޭނުންވި ނަމަވެސް ތަނާޒުލެއް ނުވެވޭނެ. ފާހަގަކުރި މާއްދާ އިން މަނާކުރަނީ ތިން ކަމެއް. އެއީ ސިޔާސީ ފަރާތަކަށް ރައްދު ދިނުން. ދެވަނަ ކަމަކީ މީޑިއާ ގައި ދައްކާ ވާހަކައަކަށް ރައްދުދިނުން. ތިން ވަނަ ކަމަކީ މައްސަލަ އާއި ބެހޭ ގޮތުން ދެއްކި ވާހަކައެއް. އިންޓަވިއުއެއް ކުރާކަށް ނޫން ވާހަކަ ދެއްކީ. ކުރި ސުވާލަކަށް ޖަވާބު ދޭން ޖެހޭ މިންވަރަށް ޖަވާބު ދިނީ. އެހެންވެ ފަސް ގާޟީން ނިންމީ ތަނާޒުލު ވާން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެން ފަސް މީހުން ވަކި ފަރާތަކަށް ނުޖެހި މައްސަލަ ނިންމާނަން. މައްސަލައިގައި ހިމެނޭ ހުރިހާ ކަމެއް ބެލުމަށް ފަހު މައްސަލަ ނިންމާނަން.

14:11

ޝަރީޢަތުގެ މަޖިލިސް އަލުން ފަށައިފި.

13:58

ގާޟީ އަލީ ރަޝީދު: ދައުވާ ލިބޭ ފަރާތުން ފާހަގަ ކުރި ކަންކަމަށް ގާޟީންގެ މެދުގައި މަޝްވަރާ ކުރުމަށް ކުޑަވަގުތުކޮޅަކަށް ޝަރީޢަތް މެދުކަނޑާލާނަން.

13:56

ކުރީގެ ރައީސް ޔާމީން: އަޅުގަނޑަކީ މި ކޯޓުން އިންސާފު ލިބިފައިވާ މީހެއް ނޫން. މައްސަލަ އާއި ގުޅުން ނެތް މައްސަލައެއްގައި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ހިލާފަށް އަޅުގަނޑު ހައްޔަރުކޮށް ވަނީ ޖަލަށް ލާފައި. ބިސްމި ކީ ހިސާބުން ވަނީ ޤާނޫނާއި ހިލާފުވެފައި. އަޅުގަނޑު އާމްދަނީ ހޯދަން ކުރި މަސައްކަތުން ލިބުނު ފައިސާ ހުރި އެކައުންޓްތައް ވަނީ ފްރީޒްކޮށްފައި.

13:55

ޔާމީންގެ ވަކީލް އަލީ ޝާހް: ދެން ތިއްބެވި ފަނޑިޔާރުންނަށް އަޅުގަނޑުމެން އިތުބާރުކުރަން.

13:53

ޔާމީންގެ ވަކީލް އަލީ ޝާހް: އިންސާފު ލިބެން ޖެހޭނީ ހަމަހަމަކަމާއި އެކު. ދެތިން ކަމެއް ފާހަގަކޮށްލަން ބޭނުން. ފުރަތަމަ ކަމަކީ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައި ވަނީ ފަނޑިޔާރުން މީޑިއާގައި ސީދާ ރައްދު ދީގެން ނުވާނެ ކަމަށް. މިމައްސަލައިގެ ބެންޗްގައި އިންނެވި އަލީ ރަޝީދަށް ދައުވާ ކުރާ ފަރާތުން އިތުބާރެއް ނުކުރަން. އަދި އަލީ ރަޝީދު ބެންޗްގައި އިންނަވައިގެން އިންސާފު ލިބިދާނެ ކަމަށް ގަބޫލެއް ނުކުރަން. އެހެންކަމުން އަލީ ރަޝީދު ބެންޗްގައި އިންނެވުމާއި މެދު ގޮތެއް ނިންމެވުން އެދެން. އަދި ގަޟީންގެ ބެންޗުން ވެސް މިކަމުގައި ގޮތެއް ނިންމަވައި ދެއްވުމަށް އެދެން.

13:51

ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު: ދައުލަތުން އިތުރަށް ފާހަގަ ކުރަން ބޭނުންވާ ކަމެއް ނެތް.

13:50

ގާޟީ އަލީ ރަޝީދު: އިތުރަށް ފާހަގަ ކުރަން ބޭނުންވާ ކަމެއް އޮތްނަމަ ފާހަގަ ކުރަން ފުރުސަތު ދެން.

13:50

ގާޟީ އަލީ ރަޝީދު: މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދުގައި ވަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިފައި. އަލުން ހެކިބަސް ނެގުން އެއީ ރަނގަޅު ކަމަކަށް ނުބެލެވޭ. އެހެންކަމުން ޝަރީޢަތުން މިނިންމަނީ މައްސަލަ ކުރިއަށް ގޮސްފައި އޮތް ހިސާބުން މައްސަލަ ކުރިއަށް ގެންދަން. މިމައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ ހުރިހާ ލިޔުންތަކެއް ވަނީ ގާޟީންނާއި ހަވާލުކުރެވިފައި.

13:48

ޔާމީންގެ ވަކީލް އަލީ ޝާހް: އަޅުގަނޑުމެން އެދެނީ އިބްތިދާޢީ އަޑުއެހުމާއި ހަމައިން ފެށިގެން އަލުން ކުރިއަށް ގެންދަން.

13:47

ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު: އެއީ ޝަރީޢަތުން ގޮތެއް ނިންމަން ޖެހޭ ކަމަކަށް ވާތީ ގާޟީން ބޭނުންވާ ގޮތަކަށް މައްސަލަ ކުރިއަށް ގެންދަން ދައުލަތުން އިއުތިރާޒެއް ނުކުރަން.

13:46

ގާޟީ އަލީ ރަޝީދު: ދެ ގޮތެއް އެބައޮތް އަމަލު ކުރެވޭނެ. އެއީ މައްސަލަ އަލުން ބެލުމަށް. ނޫނީ މައްސަލަ އޮތް ހިސާބުން ކުރިއަށް ގެންދިއުން.

13:45

ގާޟީ އަލީ ރަޝީދު: މައްސަލައިގެ ޙުކުމް ކުރަން ތައްޔާރުވެފައި ވަނިކޮށް މައްސަލަ ކުރިއަށް ނުގެންދެވޭނެ ފަދަ ހާލަތެއް އިސް ގާޟީ އަށް ވަނީ ކުރިމަތިވެފައި. ދެން މައްސަލަ ކުރިއަށް ގެންދާނެ ގޮތް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި އެބައޮތް. މައްސަލަ ބައްލަވާނެ ގަޟީއެއް ކަނޑައަޅަން ބެލިއިރު ދައުވާ ލިބޭ ފަރާތުން ވަނީ ސިޓީއެއް ފޮނުވާފައި. ސިޓީއަދި އެދިފައި ވަނީ ބެންޗަކުން މައްސަލަ ބަލައި ދިނުމަށް. ދެން މައްސަލަ ކުރިއަށް ގެންދާނީ ފަސް ގާޟީންގެ ބެންޗުން.

13:42

ޝަރީޢަތުގެ އަޑުއެހުން ފަށައިފި. ބެންޗްގެ ރިޔާސަތު ބަލަހައްޓަވަނީ ގާޟީ އަލީ ރަޝީދު.

13:37

ޔާމީނާއި އެމަނިކުފާނުގެ ވަކީލުން އަދި ޕީޖީގެ ވަކީލުން ޝަރީޢަތުގެ މަޖިލީހަށް ވަދެވަޑައިގެންފި.

13:30

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި މިމަހުގެ 05 ވަނަ ދުވަހު ޙުކުމް އިއްވަން ހަމަޖެހިފައި ވަނިކޮށް އެމައްސަލަ ބެއްލެވި ގާޟީ އަހްމަދު ހައިލަމް ވަނީ ސަސްޕެންޑްކޮށްފައި. އޭގެ ފަހުން މިއަދު ފުރަތަމަ އަޑުއެހުން ބާއްވާއިރު މައްސަލަ އަލުން ބަލަން ނިންމާނީތޯ ނުވަތަ ކުރިން ކުރިއަށް ގޮސްފައި އޮތް ހިސާބުން ކުރިއަށް ގެންގޮސް މައްސަލަ ނިންމާނީ ކަމެއް އަދި ސާފެއް ނުވޭ. މި މައްސަލައިގައި ދެން އަމަލު ކުރައްވާނެ ގޮތެއް ނިންމަވާނީ މައްސަލަ ބައްލަވާ ގާޟީންގެ ބެންޗުން.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.

މި މައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު 13:30 އަށެވެ.

ޔާމީންގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ބާއްވާ އިރު އެމައްސަލަ ބަލަން ވަނީ ފަސް ގާޟީންގެ މައްޗަށް އެކުލެވޭ ބެންޗެއް އެކުލަވާލާފައެވެ. މިއަދުގެ ޝަރީޢަތް ފަށާއިރު ޝަރީޢަތް ޓީވީން ލައިވް ކުރުމުގެ އުސޫލު މިހާރު ވަނީ ބަދަލުކޮށްފައެވެ.

މިހާރު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ދައުވާ ކުރާ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން މައްސަލަ ލައިވް ނުކުރަން އެދިއްޖެނަމަ މައްސަލަ ޓީވީ އިން ލައިވް ނުކުރާށެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    މާތްﷲގެ ވާގިފުޅާ ރަހްމަތްފުޅުން ރ ޔާމީން އަށް ނަސްރުދެއްވާށި. އާމީން

    79
    12
  2. އަހަރެން

    ރައީސްޔާމީންއައް ހެޔޮގޮތް މިންވަރު ކުރައްވާ ލާދީނީ މީހުންގެ ރޭވުންތައް ބަލިކަށިކުރައްވާންދޭވެ އާމީން

    76
    8
  3. ޢިންސާފް

    ބިރުގަތީ ދޯ ލައިވް ކުރަން، އިންސާފުން ނެއްޓިޖެކަން މިހާރު ޔަގީން ވެއްޖެ

    60
    8
  4. Anonymous

    ޔާމީނަކަސް އަދި އެހެން މީހެއްވިޔަސް ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ހިންގަންޖެހޭނީ އަދުލުވެރި އިންސާފުވެރި ޝަރީއަތެއް މިހާރުގެ ސަރުކާރުން ޔާމީނުގެ މައްޗަށް ހިންގަން އުޅޭ ޝަރީއަތަކީ އިންސާފުން އެއްކިބާވެ ޒާތީގޮތުން ހިންގަން އުޅޭ ޝަރީއަތެއްކަން ވަރަށް ސާފުކޮށް ސާބިތުވޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިބުނަނީ ޔާމީނުގެ މައްޗަށް ކުރާ ހުކުމެއް އަހަރެން ގަބޫލެއް ނުކުރާނަން. މިހެން މިބުނީ މިއީ ޝަރުއީ ދާއިރާ ބަގު ޑިބައްދައިގެން މިސަރުކާރުން އިންސާފުން ބޭރުން ކުރާ ކަންތައްތައްގަނ ޑެއް. ހިންގާ ބޮ ޑު ޖަރީމާއެއް.

    58
    3
  5. އޭމި

    ސާބަހޭ

    26
    6
  6. ރޮޓެއްލާ

    ޖަލަށް، ޖަލަށް.. ހުރަގެއަށް..

    14
    66
    • ނަރުޓެއްލާ

      ގޮޅިއަށް

      7
      37
    • Anonymous

      މާތްﷲގެ ކުޅަދުންވަންތަވެރިކަން ނިކަން ވިސްނަވާ، ބޮނ ޑިބަތް ކައްކައިގެން އުފާ ފާޅުކުރަން ނިމްމައިގެން ތިބީ، ހުކުމް ކުރަން ކު ޑަވަގުތު ކޮޅެއް ވެފައި ވަނިކޮށް ފަނ ޑިޔާރު ހިތައްބިރުވެތިކަން ވަދެ ޙުކުމް ފަސްކުރީ

      16
      2
  7. ބަބުރު

    ހާދަ ވަނދުކޮށް ތި ނިންމާލީ..

    3
    5
  8. އެން

    ގާޟީ ބޭނުންވަނީ 28 ވަނަ ދުވަހު ރައީސް ޔާމީން ޖަލަށްލާން. ހެކި ލިބުނަސް ނުލިބުނަސް ސާބިތުވިޔަސް ނުވިޔަސް ޝަރީއަތް ފެށުމުގެ ކުރިން ރައީސް ޔާމީން ޖަލަށްލާން ރާވައިފައި އޮތީ.

    10
    1
  9. އިބްރާހީމު

    "އިންޓަވިއުއެއް ކުރާކަށް ނޫން ވާހަކަ ދެއްކީ. ކުރި ސުވާލަކަށް ޖަވާބު ދޭން ޖެހޭ މިންވަރަށް ޖަވާބު ދިނީ." ތި ބުނެވެނީ އަހަރެން ވާހަކައެއް ނުދައްކަމޭ އަނގަތަޅުވާފަ އަޑުތަކެއް ނެރުނީއޭ ކަހަލަ އެއްޗެއް. ކުރި ސުވާލަކަށް ޖަވާބު ދޭން ޖެހޭ މިންވަރަށް ޖަވާބުދިނުމަކީ އިންޓަވިއުކުރުން. އެ ވަރު ނޭނގޭ ކަނޑުކޮހުން ކިހިނެއް ގާޒީކަމަށް ކުފޫހަމަވަނީ؟

    7
    1
  10. ކަނަމަނަ

    މިވެރި ކަމުގަ ހިއެއްނުވޭ ޔާމީން އައްއިންސާފް ލިބޭނެހެނެއް ތީހުސް މަގާމު ދިފާއުކުރަމުންދާ ބައެއް އަނެކެއްގެ ހައްގު އެއީ އެބޭފުޅުން ދައްނަ އެއްޗެއްނުން

    14
    2
  11. ތީތި

    ބަތްކައްކާ ކުޅޭ ޝަރީޢަތެއްތަމީ ހުކުމެއް ކުރާކަށެއްނުކެރޭ... އަޖައިބެއްފަދަ ކަމެއްމީ.. އަބަދުވެސް މާދަމާވެފަ މާދަމާ އަންނާނެބާ.. ﷲ އިރާދަ ކުރެއްވިއްޔާ ކާމިޔާބު ދެއްވާނެ ރ.ޔ އަށް އިންޝާﷲ،.. ލާދީނިއްޔަތު އަހުލުންނޭ

    14
    3
  12. އައްޑޫ މީހާ

    އިންސާފް ދެއްތޯ؟ ދެނެއް މިގައުމުގަ ހިންގާ އެއްވެސް ކަމަކުން އެމް.ޑީ.ޕީ ޖާހިލު ފިކުރުގެ މީހުން ފިޔަވައި އެހެން ބަޔަކަށް އިންސާފެއް ނުލިބޭނެ ކަށަވަރު އަހަރުމެން މިވެރިކަން ދެމިއޮތްހާ ހިނދަކު ގަބޫލު ނުކުރާނަން

    12
    3
  13. އިންސާފު

    ދެވަނަ ފަހަރަށް މިއަދު ފެށުނު ޔާމީންގެ ޝަރީއަތް ފެށުނު ވަގުތުންވެސް އެނގިއްޖެ އިންސާފުން ބޭރުވެފައިވާކަން.
    ޤާޟީ އަލީ ރަޝީދުގެ އިތުބާރު ނެތް ކަމަށް ބުނުމުންވެސް ޤާނޫނާއި ޚިލާފަށް ބެންޗުގައި އިނުމުން އިންސާފާއި ދޭތެރޭ ސުވާލު އުފެދޭ.
    ޢަލީ ރަޝީދު އަމިއްލައަށް ބުނީ މައްސަލައަކަށް ވަނީ "ކޯޓާއި ގުޅޭ ގޮތުން މީޑިޔާގައި ދައްކާ ވާހަކައަކަށް މީޑިޔާގައި ރައްދުދިނުން، ކޯޓުގައި ހިނގާ މައްސަލައަކާއިބެހޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދިނުން ކުށެއްކަމަށް"
    މިހެން ބުނެފަ އެބުނީ ތިމަންނަ އެކަމެއް ނުކުރަމޭ ހަމައެކަނި ފޯނުކޮށްގެން ކުރިސުވާލަކަށް ޖަވާބު ދިނީއޭ.
    ފޯނުކުރީ މީޑިޔާއަކުން. މަޢުލޫމާތު ދިނީ މީޑިޔާއަށް. މަޢުލޫމާތު ދިނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާއި ބެހޭގޮތުން އެއީ ޔާމީންގެ މައްސަލަ. މަޢުލޫމާތު ދިނީ މީޑިޔާގައި ކޯޓާއިބެހޭގޮތުން ދައްކާފައިވާ ވާހަކައެއްގެ ރައްދަކަށް.
    މިވަރުން ޖާހިލު ނުދަންނަ މީހާއަށްވެސް އެނގޭނެ ޢަލީ ރަޝީދު ޤާނޫނާއި ފުރިހަމައަށް ޚިލާފުވެފައި ވާކަން. އެހެން ނަމަވެސް މީނާގެ މައްޗަށް ފިޔަވަޅެއްވެސް ނާޅައި ބެންޗުގައި އަމިއްލައަށް އިނުމުން ސުވާލޔ އުފެދޭ. ޤާޟީންގެ ބެންޗުގައި ޢަލީ ރަޝީދު އިނދެގެން ޢަލީ ރަޝީދާއި ގޮތެއް ނިންމޭނެ ކަމަށް ނުދެކެން. އަލީ ރަޝީދާއި މެދު ގޮތެއް ނިންމަންވާނީ ޢަލީ ރަޝީދު ނުހިމަނައި އޮނަހިރި ޤާޟީންގެ ބެންޗަކުން.
    ތިޔަ ޝަރީއަތް ދެން އިންސާފުވެރިވާނެ ކަމަށް ޢަލީ ރަޝީދު ބުނި ނަމަވެސް ބާޠިލަކުން ޤާނޫނާއި ޚިލާފު ފެށުމެއް ތަރުތީބުވަމުންދާނީވެސް ބާޠިލުގެ މަތީގައި ޤާނޫނާއި ޚިލާފަށް. ވީމާ އިންސާފުގެ ތިލަފަތުން ކިރާނަމަ މި ޝަރީއަތް އިންސާފު ނުވާނެ ކަމަށް ދެކެން.
    ވަރަށް ދިގު ކޮމެންޓެއް މިލިޔެވުނީ. އެހެނަސް ހަޤީޤަތް އޮޅުން ފިލުވައިދޭން ބޭނުންވީ. ވަގުތުގަ ކޮމެންޓްސްގައި ނުޖެހިޔަސް މިކަން ގެނެސްދޭނެ ކަމަށް އުއްމީދުކުރަން.

    6
    1
  14. އަންނި

    މީގެ 1 އަހަރުކުރިން މީހުން މޮޔަވެ އަވަދިވީ ޔާމިނު ހައްޔަރު ކުރާށޭ ކިޔާފަ! މިހާރު ކިހިނެއް މިވީ؟ މިހާރު އޭނަވަރުގެ މާތް މީހެއް ނެތް. ދިވެހިންވެސް އުޅެނީ ވާނުވާގަ ކޮންމެސް އެކަކަށް ސަޕޯޓު ކޮށްބަލަ.

    8
    2
  15. ލައިލާ

    ޔާމިނު އެކަނިތަ ކޮބާ މޭޑަމް. ދެމަފިރިން އެކުއެކީ ގޮޅިއަށް ފޮނުވާލަންވީނުން

    8
    16
  16. ހހހހ

    މިމީހުންގެ ހިތުގައި ހަސަދައާއި މަގާމުގެ ދަހިވަތިކަމުގައި ﷲ އަށް ބިރުވެތިވުމެއްނެތި 6 އެއްކަ މަހަށް ފައިސާ ކޮޅެއް ހޯދުމުގެ ބޭނުމުގައި ޙުކުމް ކުރުމެއް ހިތުގައި އޮތްނަމަ މިބައިމީހުންގެ ނުބައިކަމުން ރައީސް ޔާމީން ސަލާމަތް ކުރައްވާށި. އަހަރެމެން ވަކީލުކުރަނީ ﷲ އަށް. އަދި އަހަރެމެން އެނބުރިދަނީ އެ އިލާހުގެ ހަޟްރަތަށް.

    11
    1
  17. ވަގު

    10 ވަރަކައް އަހަރު ޖަހާލަ

  18. ޓިނު

    ހާދަލާރިޔެކޭ 12 ވަރުޖަހާލަ އޯކޭވާނެ