އައިޖީއެމްއެޗް ގައި ޑީޖޭ އެއް ބޭއްވި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ކޮޓަރިއެއްގެ ތެރޭގައި ޑިސްކޯ ލައިޓު އަޅުވައިގެން އަޑުބާރުކޮށް ލަވަޖަހައިފައި ހުންނަ މަންޒަރެއް ފެންނަ ވީޑިއޯއެއް ދައުރުވާން ފެށުމާއި އެކު ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ވީޑިއޯ އާއްމުކުރި ޓްވީޓަށް ރިޕްލައި ކުރި ބައެއް މީހުން ވަނީ އައިޖީއެމްއެޗްގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް ވެސް ބޭނުން ނުކުރެވޭ ކަމަށާއި، އަދި ޕާޓީ ކުރުމަކީ ދީނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމަކަށްވާއިރު އެކަން ކުރުމުން ކުށްވެރި ކުރާކަމަށް ބުނެފައެވެ. ދާދި ފަހުން އެހޮސްޕިޓަލުގައި ވިހޭ ކުދިންތަކެއް މަރުވެފައި ވަނީވެސް އެފަދަ ފަރުވާކުޑަ ކަމެއްގެ ސަބަބުން ކަަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެެހެން ނަމަވެސް އެފަދަ ކަމެއް ހިނގާފައި ވާކަމެއް އަދި މިހާތަނަށް އެނގިފައި ނުވާކަމަށެވެ. އެ ހޮސްޕިޓަލުގައި ލަވަ ޖަހައި، ޑިސްކޯ ލައިޓު އަޅުވައިގެން ދޭން ޖެހޭ އެއްވެސް ޓްރީޓްމެންޓެއް އޮންނަކަން އެނގިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަމުންދާ ހޮސްޕިޓަލެވެ. އެހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތުން ހިދުމަތްދޭން ފެށުމުން އެތަނުން ފަރުވާ ހޯދާ މީހުންގެ އަދު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    ޅަދަރިންތައް މަރުވާއިރުވެސް ޑީޖޭތަ ނުބޭއްވިގެން ތި އުޅެނީ! ތި ޑީޖޭގައި ހެލްތު މިނިސްޓަރު ނެށިތޯ ބަލާބަލަ! ވަގުތު އޮތިއްޔާ ބައިވެރިވެލައްވާނެ!

    61
    3
    • އަހުން

      ހޮސްޕިޓަލް މެނޭޖުމަންޓްފެއިލް
      މިސަރުކާރަކީ ލާދީނީސަރުކާރެއްކަމުން
      މިސަރުކާރު އައިފަހުން މިފަދަ އެތައްހިތާމަވެރި ކަންކަންހިގަމުންދޭ

      9
      1
  2. ޢައިޝާ

    މިހެންވީމަ މިސަރުކާރުގެ ސުންޕާކަން މިފެންނަނީ. މިކަހަލަ ހުރިހާކަމެެއް މިސަރުކާރުތެރޭގްއި އެބަހިނގާ. ޢިރުއަރާ އޮއްސޭއިރު ހާދިސާ އެެއް ނުހިނގާ ދުވަހެއް ނުދޭ!

    66
    5
  3. ކަންނެލިއޮޑި

    ދިވެހިރައްޔިތުންނޭ. އަދިވެސް ހޭލާކަށް ނުވޭތޯ. މުޅިޤައުމު ހަލާކު ވެއްޖެ. ތިޔަބައިމީހުންގެ ދަރިންގެ ދަރިންނަށްތަކައިވެސް މިތަން ސަލާމަތް ކުރަން ވެއްޖެ. މިބަލާމުސީބާތްގެނައި މައުމޫނާ ޤާސިމާ އިމްރާނާ ކޮބައިތާ. އެއީ މިްައުމުގެ ގައްދާރުންނަކީ.

    55
    5
  4. Anonymous

    މިސަރުކާރު މިހާރުން މިހާރަށް އިސްތިއުފާ ދެއްވާ
    ލަދުޙަޔާތް ކުޑަ ރައީސެއް މަޑުން ހުރެގެން.. ވަލިއްޔުލް އަމްރަށް ކުފޫ ހަމަ ނުވޭ. ތުއްތު ކުދިން މަރުވާއިރު ޑީޖޭބާއްވާފައި. ހާދަދެރައޭ
    ނުވިތާކަށް އިސްލާމް ދީންވެސް ފުޑާލަން ދިމާކޮށް ފައި. ޑރ. އިޔާޒަށް މީނަގެ ނަމާއެއްގޮތްކަން ފެންނަނީ ކިހިނެއްބާ. ރައްޔިތުން ހޭލާ .މުޒާހަރާ ޖައްސަންވީ. ހޮސްޕިޓަލް ގެ ހުރުމަތް ކަނޑައިފި.

    11
    2
  5. ަީއީން

    މެނޭޖްމަންޓަށް ނުބެލޭކަން މި އިނގެނީ.

  6. ާަާމަ

    ރަނގަޅުވާނެ. މީ މަގޫފަތް ކޯޅި ހިފައިގެން ހޭވައްޓާލާފަ ނަށާ ކުދިންގެ ވެރި ކަމެ ކޭ.

    28
    4
  7. ލަފާދާރު

    މިފަހަރުގަައި ވެދާނެ ހިތާނު މޫސުމްވީމަ ކުޑަ ކުއްޖަކު ހިތާނުކޮށްގެން ގިނަ ދިވެހިން ގަބޫލު ކުރާ ގޮތައް ކާނިވާ ހަދާގެން ކުއްޖާ އުފާ ކޮށްދެެނީ ކަމަށް

  8. މާމިގިލީ މީހާ

    ކުދިންތައް މަރާފަ އޭގެ އުފަލުގަ. މިިނިސްޓަރ ބޭއްވި ޑީޖޭއެއް ކަންނޭގެ މީ.

    3
    3
  9. ސަޓޯ

    މަރުވުމުގެ ކުރިން އަދިއެއްފަހަރު ޕާރޓީކޮއްލީ... ޕިސްޕިސްޕިސް ދިވެހީންދޯ ؟

  10. މުއްނާ ބާއީ

    ދޭކްލޭ އާކޯމޭ އާކޭ ޑާލް ސީކްލޭ.. ތިވާނީ ބަލިމީހާ އަށް މިލަވަ ކިޔައިދިނީ ކަމަށް. މުއްނާ ބާއީ ބަލައިގެން އިންސްޕަޔާަރ ވެފަ

    1
    2
  11. ވަޒީރެއާލާ

    ތިޔަ ޑީޖޭ ބޭއްވީ ކުދިންތައް މަރުވުމުގެ އުފަލުގައި ކަމަށްވާނީ.

    1
    1
  12. އިހުސާނާ

    ބަލަަގަ އިބްނިސީނާ މެނަ ހިޕޮކްރިޓިކް މެންވެސް، ނަފްސާނި ބަލި މީހުންނަށް ފަރުވާ ކޮށްފައިވަނީ ލަވަ ކިޔާ މިޔުޒިކު ޖަހައިދީގެން! ހަމަ ވެދާނެ އެއްނު، ލަވަ ޖަހާ ޑިސްކޯ ލައިޓް އަޅުވައިގެން ދޭންޖެހޭ ތެރަޕީ އެއް އޮންނަނީ ކަމަށްވެސް! ޑޮކްޓަރުންނަަކަންނު އެނގޭނީ!