ޅ. ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުމުންދިޔަ އަންހެނަކު ގެނބިގެން މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އަންހެން ފަތުރުވެރިއެކެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މިއަދު މަރުވެފައިވަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ ފަތުރުވެރިއެކެވެ.

“މި ހާދިސާ ހިނގުމުން ރިސޯޓްގެ މެނޭޖްމަންޓުން ވަނީ ފުލުހުންނަށް ނާންގާ ފަތުރުވެރިޔާ ސީޕްލޭނަކަށް ލާފައި މާލެ ފޮނުވާލުމަށްފަހު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި” ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ހޮސްޕިޓަލުން މައުލޫމާތުދޭގޮތުގައި، ފަތުރުވެރިޔާ ގެނައިއިރުވެސް ވަނީ މަރުވެފައެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.