އައިޖީއެމްއެޗަށް އުފަންވި ކުދިންތަކެއް ނިޔާވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ފަށައިފިއެވެ.

އެ ކޮމެޓީގެ ބައްދަލުވުން މިހާރު ދަނީ ކުރިއަށެވެ. އެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު ފަހު 15:00 ގައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އައިޖީއެމްއެޗް ގައި ވިހުމުގެ ތެރޭގައި ވިހާކުދިން ނިޔާވުމުގެ އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވެގެން ގޮސްފައެވެ. އެ ކުދިން ނިޔާވާން މެދުވެރިވާ މައްސަލާގައި އައިޖީއެމްއެޗުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ވިހެއި ދެ ކުއްޖަކު ނިޔާވި މައްސަލާގައި އައިޖީއެމްއެޗުން ބުނީ، ވިހެއުމުގެ ތެރޭގައި ނިޔާވި އެކުދިންގެ މަރުގެ ތަފްސީލު އާއިލާތަކުން ބޭނުންނަމަ ހިއްސާކުރާނެ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުން ވިހެއުމުގެ ތެރޭގައި ނިޔާވެފައި ދެކުދިން ކަމަށެވެ. އަދި އެ ދެކުދިންވެސް ނިޔާވެފައި ވިހެއުމުގެ ކުރިން ކަމަށްވެސް އައިޖިއެމްއެޗުން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މީގެ ކުރިންވެސް ވިހެއުމުގެ ތެރޭގައި ނިޔާވެފައިވާ ކުދިންގެ މަރުތައް އެ ހޮސްޕިޓަލުން ވާނީ ތަހުގީގުކޮށްފައި ކަމަށެވެ. އަދި ހެލްތް މިނިސްޓްރީގެ ކަމާބެހޭ އުސޫލުތަކުގެ ދަށުން ބަލާފައިވެސް ވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަރީފު

    މިހާރު މިގައުމަކައް ފުލުހުންނެއް ސިފައިނެއް، ފަނޑިޔާރުނެއް ބޭނުން ވާހެނެއް ހިޔެއް ނުވޭ!
    މަޖިލީހުން ހުރި މައްސަލަ ތަހުގީ ކޮއް ނިންމާލެވޭ ދޯ! ކުޅަދާނަ ބައެއް މީ!!!!

    13
  2. ހުސޭނުބޭ

    2000 ގެ އަހަރުތަކުގައި މާވެވަށް ވެއްޓޭ ގެރި ފެންގަނޑުން ނަގާނީ ތިގޮތަށެވެ.

  3. ވާނުވާ

    ތީކީ އާންމުކޮށް ވާގޮތް ، މާބޮޑަށް އިނގެނީ.. ބޮޑު އި މާރާތެ އަޅުނީ އެވީޔޯ.. ކިޔެވި އެއްޗަކާއި ދި މާ ނުވާނެ..
    ތި މާމ މެންގެ ފެންވަރު ދަށީޔޭ ކިޔާބަލަ. މިއައިޖީއެ މްއެޗް ޑޮކްޓަރުން ނާއި ނަރުހުން ބޮޑަކަށް ވެސް ފާހަގަކުރެވޭ.. ޖަވާބު ދާރީ ވަނީ ވެސް އަޅަކާ ދޭތެރޭ ކަންތައްތައް ކުރާ އުސޫލުން.. ހިތް ހެޔޮކޮށް މުހާތަބު ކުރައްވާ ވަނީ މަދު ބަޔަކު.. ތަޖްރިބާ ކޮށްފައި މިބުނަނީ.. ހާސަކޮއް ދިވެހިރާއްޖޭގެ ޑޮކްޓަރ ނަ މަ އަދި އެކަން މާބޮޑު.. މީހުންގެ ފައިސާ ކާލެވުނީ މަ ނި މުނީ ފުރާނަ ދުއްވާލެވުނީ މަ ނި މުނީތަ؟ އިނެއް ކޮޅުން ހަވާލު ނުވާނެ ފަރުވާ ކުޑަ ކަ މެއް، ދެން ކިޔާނީ މެސިނު މައްސަލަ ކިހާ ގޮތެއް ނެތް ބަޔެ! މެސަނަރީސްތައް އަބަދު ބަލަން ޖެހޭނީ ރަގަޅަށް މަސައްކަތް ކުރޭތޯ ނޫނީ ނޫންތޯ.. އެއީ ފަރުވާ ކުޑަ ކަ ނެއް ނޫންބާ؟؟؟ ????

    5
    3
  4. އަލީ

    ގައުމުގެހުރިހާ ކަމެއް ހިންގާ ބަލާ ތަނެއް މި މަޖިލިހަކީ.

  5. ފާއިޒް

    ނުބެލޭނެ މިހާރު ރަނގަޅަށް އަތަށްގޮވާ ނިމިއްޖެ ދެން ރައްޔިތުން ނުކުމެ މިކަން ނިންމަންވީ....

  6. ކުޑަބަޖަރާ

    ތިޔަމަޖިލީހުން ބަލާމައްސަލަތަކުގައި މިސަރުކާރުގެ އެއްވެސް ޒިންމާއެއް ނޯންނާނެ.