ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ އެ ކޯޓުގެ އޮޑިޓެއް ކުުރުމަށް ނިންމާފައި ވަނީ، މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށެވެ.އަދި މި އޮޑިޓް ކުރުަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި، މާލީ ކަންކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި އޮޑިޓެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ، މިއޮޑިޓް ކުރިއަށް ގެންދާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އިންޓާނަލް އޮޑިޓުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އޮޑިޓެއް ކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދާދިފަހުން ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޟމ

    މީ ވަރުގަދަ ޖޭ.އެސް.ސީ އެއް ދޯ ރައީސް ނަޝީދުގެ ދިފާއުގައި މަސައްކަތް ކުރެއްވި ވަކީލުން ޖޭ. އެސް.ސީ ގަ އަދި ތިބޭފުޅުން ވެސް ތިބޭފުޅުން ތިޔަ ބުނާ އިންސާފް ގެ ކުރިމައްޗަށް ގެންދެވޭނެ ދުވަހެއް އަންނާނެ ، އޭރުން ބުނާނެ އިންސާފް ވެރިއެއް ނޫނޭ

  2. Anonymous

    ފުރަތަމަ ކަލޭމެންގެ ސެލްފް އޮޑިޓެއް ކޮށްބަލަ،

    2
    1
  3. ޙައްގުބަސް

    ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އޮޑިޓެއްވެސް ހަދަންވީ. ޖުޑިޝަރީ އަށް ކޮންމެ އަހަރަކު ފާސްކުރާ 500 މިލިޔަން ރުފިޔާގެ ބަޖެޓާއި، އަދި އެކި ނަންނަމުގައި ވުޖޫދުގައި ނުވާ ކަންކަމަށް ކޮންމެ އަހަރަކު ހޯދާ 100 މިލިޔަން ރުފިޔާ އަށް ވާނުވާ ބަލަންވީ. އިންސާފެއް ނުލިބޭ! މައްސަލަ އަވަހެއް ނުވޭ! ރައްޔިތުމީހާ އުފުލަންޖެހޭ ތަކުލީފު ކުޑައެއް ނުވޭ! ޚިދުމަތް ހޯދުމަށް އެތައް ގަޑިއެއް ހޭދަ ކުރަންޖެހޭ! ކޮބާ ބަޖެޓުގެ ބޭނުމަކީ؟

  4. އައްބާސް

    ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ނުހުންނާނެ އިންޓާނަލް އޮޑިޓް ކުރާނެ ޤާބިލުކަމެއް. ކެރެންޏާ އެބޭފުޅުންގެ ވަނަވަރު ޢާންމު ކޮށްބަލަ. ޑީޖޭއޭ ގެ އިންޓާނަލް އޮޑިޓް ޔުނިޓުގެ އެންމެ އިސްމީހާ އަކީ ދިވެހި ބަހުން ޑިގްރީ ހަދާފައިހުރި އެކައުންޓިން/އޮޑިޓް/ޓެކްސް އަކީ ކޯއްޗެއްކަންވެސް ނޭނގޭ މީހެއް. ދެން ކިހިނެއް އޮޑިޓް ކުރަނީ؟