ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން އަދީބު ނޫޅޭކަމަށް އަދީބުގެ އާއިލާ އިން ބުނެފިއެވެ.

އަދީބުގެ އާއިލާ އިން މިހެން ބުނީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަޙްޤީޤަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް ދެއްވާފައިވާ ބަޔާނާއި ގުޅިގެންނެވެ. އެބަޔާނުގައި ނާޒިމް ވިދާޅުވެފައި ވަނީ ނަޝީދަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމަށް ނަޝީދު ދަތުރުކުރައްވާ އުޅަނދެއްގައި ބޮމެއް ހަރުކޮށް ގޮއްވާލުމަށް އަދީބު ރޭވި ކަމަށެވެ.

ނާޒިމްގެ ވާހަކަތަކަށް ރައްދު ދިނުމަށް އަދީބުގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ ނާޒިމް ދެއްވާފައިވާ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ޒާތީ ތައައްސުބުން ފުރިގެންވާ ބަޔާނެއް ކަމަށެވެ.

"ރާއްޖެޓީވީ" ރޯކޮށްލި ދުވަހު "މިޝަން އެކޮމްޕްލިޝް" ޖެހުމަށް ފަހު އަދީބު ރައީސް ޔާމީނަށް އެސްއެމްއެސް އެއް ކުރެއްވި ކަމަށް ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވީނަމަވެސް އަދީބުގެ އާއިލާ އިން ވަނީ އެކަން ދޮގުކޮށްފައެވެ. އަދީބުގެ އާއިލާގެ ބަޔާނުގައި ބުނީ އެސްއެމްއެސް ފޮނުވި ވާހަކައަކީ ވެސް ދޮގު ވާހަކައެއް ކަމަށެވެ.

"އަފްރާޝީމްގެ މަރުގެ ތަޙްޤީޤު ރިޕޯޓުން ސާފުވި އެއްކަމަކީ ނާޒިމާއި ސިޔާސީ އެހެން ފަރާތްތަކުން މީގެ ކުރިން އަދީބުގެ ބޮލުގެ އަފްރާޝީމްގެ މަރާއި ގުޅޭގޮތުން އަޅުވަމުން ދިޔަ ސިޔާސީ ދޮގު ތުހުމަތުތަކަކީ ސާބިތު ނުހިފޭ ތުހުމަތުތަކެއް ކަމެވެ." ބަޔާނުގައި ވެއެވެ.

އަފްރާޝީމްގެ މަރުގެ މައްސަލަ ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ކުރުމަށް ފަހު ނިންމާފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ފަހަތުގައި ތިބި ބައެއް ކަމަށެވެ. ރިޕޯޓްގައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި "ޖިހާދީ ޖަމާޢަތް" ހިންގުމުގައި ތިބި މީހުންގެ ނަންތައް ވެސް އާއްމު ކޮށްފައެވެ. ނަމަވެސް އެމީހުން ރާއްޖެ ދޫކޮށް ގޮސްފައި ވާތީ މައްސަލައިގެ ތަޙްޤީޤަށް ބަޔާންތައް ނެގިފައި ނެތްކަން ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔޔޔ

    އަދީބުގެ ބަދަލުގަ އާއިލާއިން ވާހަކަ ދައްކަނީ އަދީބުގެ އަނގަ ނެތީތަ

    15
    5
  2. ދިވެހިން

    އަދީބު ބޭނުންވީ ޤައުމުގެ ވެރިކަން ކޮންމެ ގޮތަކުން ވިޔަސް

    9
    1
  3. ރައްޔިތުމީހާ

    މި ޤައުމުގައި ލާދީނީ ފިކުރު ފަތުރަން ފަސޭހަވާނީ އެގޮތަށް ކަމަށްވާތީ ޖިހާދޭ ދީނޭ ކިޔާ ބަޔަކު ބޮލުގައި އިލްޒާމް އަޅުވަނީ

    12
    1
    • ޖިހާދު

      މިހާ ހިސާބައް މަރުގެ ކޮމިޝަންތަކުން ކުރި ތަހުގީގު ގޮސް ނިމޭއިރު ދީނީ އިލްމުވެރިންގެ ނަމުގަ ހަރަކާތްތެރިވާ ބަޔަކާ ހިސާބައް މިދެވެނީ.. ރިލުވަަނުގެ މައްސަލަވެސް އަދިޔާމީން ރަޝީދުގެ މައްސަލަވެސް...

  4. 19 ނަވާރަ

    ނާޒިމު ތި ދެއްކީ ހަގީގީ ވާހަކައެއް. އެކަމަކު ނަޝީދުގެ ބަދަލުގައި ޔާމިންގެ ނަން ޖަހާލުމަނަ ސާފު ހަގީގަތަކަށްވާނީ

  5. ފުއާދު

    ތިހިން ކަލޭ ބުނި ނުވެސް ފިލާނަމޭ..ދެން ކޯޗަަކައް އަރައިގެން ކޮންތާކައް ދިޔައީ..

  6. ށަވިޔަނި

    ތި އާއިލާ އިން ބުނާނެތަ އަދީބަކީ ވަގެ ކޭ..ހެހެހެ

  7. ތީތި

    ދެން ގަންޖާބޯ އަކީ ދެންމީހަކު ހަމަލާދޭވަރުގެ މީހާ ގަ ޑެއްވިއްޔަ.... ލާދީނީ