ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އާދަމް މުހައްމަދު އަބްދުﷲ ވަކިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ ޤާނޫނާއި ހިލާފަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އާދަމް މުހައްމަދު އަބްދުﷲ މިހެން ވިދާޅުވީ އޭނާ ފަނޑިޔާރުކަމުން ވަކިކުރުން މިއަދު ރައްޔިތުން މަޖިލީހުގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ޖުޑީޝަލް ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އަށް ވަކިވަކިން ފޮނުވި ސިޓީއެއްގައެވެ.

އާދަމް މުހައްމަދުގެ ސިޓީގައި ވިދާޅުވީ ޖޭއެސްސީގެ ޤާނޫނުގެ ދަށުން ތަޙްޤީޤު ކުރެވޭ މައްސަލައިގެ ރިޕޯޓް ލިބޭތާ ބަންދު ދުވަސްތައް ހިމެނޭ ގޮތައް ހަތް ދުވަސް ތެރޭގައި ރިޕޯޓާއި ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި އެމައްސަލަ ނިންމުމުގައި ކޮމިޝަނުން ރިއާޔަތްކޮށްދޭން ޖެހޭ ކަންތައްތައް ބަޔާންކޮށް ލިޔުމުން ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބޭ ކަމަށެވެ.

ނަމަވެސް އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމިކަން އެނގުނީ މީޑިއާގެ ވަސީލަތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. "އަދިއަދަށް ވެސް އަޅުގަނޑާއި ބެހޭ ގޮތުން ކޮމިޝަނުން ނިންމިކަމަށް ބުނާ މިދެންނެވި ނިންމުން ނިންމިގޮތުގެ ރިޕޯޓެއް ވެސް އަޅުގަނޑަށް ލިބިފައެއް ނުވެއެވެ. އަދި އެ ކޮމިޝަންގެ މި ދެންނެވި ނިންމުމަކީ އަޅުގަނޑާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ކޮން މައްސަލައެއް ކަން ވެސް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ." އާދަމް މުހައްމަދުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އާދަމް މުހައްމަދު ވިދާޅުވީ އެ ނިންމުންތަކަށް ބިނާކޮށް އޭނާ ފަނޑިޔާރުކަމުން ވަކިކޮށްފިނަމަ އެހުރިހާ ނިންމުންތަކެއް ވެސް ޖޭއެސްސީގެ ޤާނޫނާއި ހިލާފުވާނެ ކަމަށެވެ.

އާދަމް މުހައްމަދުގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މަގާމުން ދުރުކުރުމުގެ މައްސަލަ ވެސް މިއަދުގެ މަޖިލިސް ޖަލްސާ އަށް ވަނީ ތާވަލް ކޮށްފައެވެ. ދެބޭފުޅުން މިހާރު ތިއްބެވީ ވެސް މަގާމުގެ ޒިންމާތަކުން ދުރުކޮށް ސަސްޕެންޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުހައްމަދު

    ވަގުންނާ މުޖިރިމުންނާ ބާގީންނާ ގައްދާރުން ފުލުފުލުގާ ދޫކޮށްދިނީމާ މޮޅުތަކެއްވީތަ؟

    23
    1
  2. އިބްރާހީމު

    ކަލޭމެންނަކީ ނަމަކަށް ފަނޑިޔާރުން. ފަޓާސްފައްޗެއްހެން މިސަރުކާރުގެ މީހުންތައް މިނިވަންކުރިއިރު އެއީ ކޮންއުސޫލެއްގެ ކޮންގަވައިދަކުންތޯ ބުނެލާކަށް ވެސް ނުކެރުނު. ރާއްޖޭގަ ތިންބާރެއް ވަތްކެއްނުވާނެ. ވެރިމީހާ އަބަދުވެސް ތިންބޭން އެކުގައި ބަގުޑިބައްދައިގެން އޮންނާނީ.

    19
    2
  3. ާަބިޖޫ

    މީ ގާނޫނަކައް ގަވައިދަކައް އިސްލާމް ދީނަކައް ތަބާވާސަރުކާރެއްނޫން މިސަރުކާރައް ރަންގަޅުވާނީ އިޒްރޭލްގެ ގާނޫނާއި އިޒްރޭލުން ގަބޫލްކުރާދީން މީހަމަސީދާ ޔަހޫދީދައުލަތް ގަބޫލްކުރާ ސަރުކާރެއް މިވެރިންނެ ނިންމުމަކީ ސަދޫމްގެ ނިންމުން މިސަރުކާރައް ދޮގުހެދުމާ ވައްކަންކުރުމާ ފޭރުމުންނާ ބޮލައް ސިމެންތި ބަސްތާ ވެއްޓުމައް ހަމަ 1 ވަނަ ވ ވ ސަލާމް އިބުރޭ އިސްތިއުފާ

    18
    3
  4. މާލެ ބޭބެ

    މިއީ ފަނޑިޔާރުންނަށް ހިބަރު ވަދުގެ ކެޔޮޅު މައުމޫނުގެ ބަހަށް ހެއްލި ޤައުމު ފަނާކުރުމުގެ ހިތި ނަތީޖާ. ޔަހޫދީން ކަހަލަ ލީޑަރުން އަޑީގައިތިބެ ފަނޑިޔާރުން ލައްވާ ހެއްދެވި ގޯސް..ގޯސް..ގޯސް..ޤައުމު ފުނޑާލި 1 ފެބުރުއަރީގެ ހުކުމްގެ
    ހިތި ބޯންޖެހިފައިވަނީ..

    21
    • އައްޑޫސިޓީ

      ތިކިޔާ މައުމޫނާ ގާސިމަކީ މިގައުމަށް ޖެހިފަ ވާބޮޑުމުސީބާތެއް.

      11
      2
    • ކިނބޫ

      ވަރަށް ރަނގަޅު ސާފުސީދާ ތެދު ވާހަކައެއް. ހަދާފައިވާ ނުބައަކަށް ދުނިޔެމަތީގައި ބަދަލު ދައްކަވައިފިނަމަ އެއީ ހެވެއް. އެފަދައިން ދިމާވާ ކަންކަން ބައެއްފަހަރު ކުރިމަތިވާނީ ނުބައިނުލަފާ ބައެއްގެ ފަރާތުން. މިފެންނަނީ އެކަމުގެ ވަރށް ރީތި މިސާލެއް. ފެބްރުވަރީ 1 އެއީ ޝަރުއީ ދާއިރާއިން ރާއްޖެއަށް ބަޣާވާތެއް ގެނައި ދުވަސް. ނުރައްކާތެރި ހާލަތަކަށް ގައުމު ވެއްޓިގެންދިޔަ ދުވަހެއް އެއީ. ޙިކުމަތްތެރި ޓީމަކުން ކުރި ގަދަ ހިތްވަރުން ނޫންނަމަ ގައުމުގެ ކަންތައް އޮތީހީ އަވަދިވެފަ. ތިލިބެނީ އޭގެ ބަދަލު ކަމުގަ ހީކޮށްލައްވާ. ބޮޑު ލޭއޮހޮރުވުމަކުން މިގައުމު ސަލާމަތް ކުރެއްވީތީ ހަމްދު ހުރި.

  5. އަލިބެއްޔާ

    އެހެން ފަޑިޔާރުން ހަމަ އެ މަޖްލީހުންނާއި ޖޭ.އެސް.ސީ އިން ވަކި ކުރިއިރު މަނިކުފާން ކޮބައިތޯ؟؟؟ މިއަދު އެ ރާޅު މަނިކުފާނާއި އަރާ ހަމަ ކުރީމާ ބޭ އިންސާފޭވެސް ބުނެވިއްޖެ ދެއްތޯ! މިއަދު މި ޤައުމު މި އަޑިގަނޑަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭ އެއް ފަރާތަކީ މަނިކުފާނެވެ.

  6. Anonymous

    މިގައުމުގައި ހިންގި އެއްމެބޮޑު ޖަރީމާއަކީ މިހާރު މިހިނގާ ވެރިކަމަށް ވޯޓުނެގިއިރު އެވޯޓްގެ ނަތީޖާ އިދިފުށަށް އިއުލާންކޮށް ވޯޓުން ފެއިލްވި އިބޫސާލިހުއާއި ވެރިކަން ހަވާލުވުމެވެ. ޢެކަމަށް މަގުފަހިކުރީ ތިޔަ އުއްތަމަފަނޑިޔާރުމެން ތެދުވެރިކަމާއި ގައުމީމަސްލަހަތާއި އިންސާފަށް ޝަރީއަތްހިންގުން ދޫކޮށްލާފަ ރިޝްވަތަށް އައްދާރުވެގަތުމެވެ. ތިޔަފަނޑިޔާރުން ރިޝްވަތަށް މިއަދުގެސަރުކާރަށް ކަންތައްކޮށްދިނީމަ އެމީހުންނަށް ބޮޑަށްގަބޫލުކުރެވެނީ އެމީހުންނާއި ދެކޮޅަށްވެސް ކަންތައްކުރުވަން ބަޔަކު ރިޝްވަތު ދީފިއްޔާވެސް ކޮންމެކަމެއްވެސް ކޮށްފާނެކަމަށް، މިހާރުގެ ސަރުކާރުން ތިޔަފަނޑިޔާރުން ވަކިކުރަން ބޭނުންވާ ސަބަބީ މިއީ

    5
    1
    • ކިނބޫ

      ތިޔައީވެސް ހަމަ މުޅިން ތެދު.

  7. އޯ ޯ ޯ

    ޓެރަރުސްޓާއި އެންގްެީބާރޑާއި ކުލޫނީ އަށް ސިޓީ ފޮނުވީ!!؟