ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅައި، އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރާނީ ގާނޫނުއަސާސީ ގައިވާ އިޖުރާތްތަކާއި އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވާތީ އެކަމާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދެފަނޑިޔާރުން މަގާމުން ދުރުކުރުމަށް ވޯޓު ނަގާނީ މެންދުރު 1:30 ގަ އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތާރީޚު ގައި ރަސްރަސްކަލުންނަށް ވުރެ ރާއްޖޭގެ ފަނޑިޔާރުންގެ ލިސްޓް ދިގު ކަމަށެވެ. އޭގެ ތެރެއިން ގިނަ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ ވަރަށް ނާތަހުޒީބީ ގޮތްގޮތަށް ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރަދުންގެ އޮޑި ބާލާއިރު ބަނޑުފިލާދަށު ލައިގެން ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވާއިރު އަނެއް ބައި ފަނޑިޔާރުންގެ ގައިގައި ކަފަ ބަނދެ އަންދާފައިވާ ކަމަށެވެ. އަދި މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަށް ފަހު ވެސް އުއްތަމަ ފަނޑިޔާރު ވަކިކޮށްފައި ވަނީ ވެސް ގާނޫނަށް ގެންނަ ބަދަލަކުން "އޮޅިގެން" ނުވަތަ ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިއަދު އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މަގާމުން ދުރުކުރާއިރު އެމަނިކުފާނަމީ ފެހި ޤާނޫނު އަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން ކުރައްވާ ތިންވަނަ ބޭފުޅާއެވެ. އަދި އެމަގާމުން ދުރުވެސް ކުރާ ތިންވަނަ ބޭފުޅާއެވެ. މީގެ ކުރިން ވެސް އުއްތަމަ ފަނޑިޔާރުން މަގާމުން ދުރުކޮށްފައި ވަނީ އޭރެއްގައި އިޖުރާޢާތުތަކާއި ހިލާފަށް ކަމަށް މަގާމުން ދުރުކުރި ބޭފުޅުން ވިދާޅުވެފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން މިއަދު ވަކިކުރާއިރު ދެބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ޖޭއެސްސީ އިން އެބޭފުޅުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައި ވަނީ އިޖުރާޢަތުތަކާއި ހިލާފަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ދެކޮ

    ބާރު ލިބިގެންވާ ދުވަހު ބޭނުން ގޮތެއް ހަލާލެވިދާނެ.. އެކަން އެ ދެ ފަނޑިޔާރުންނަށްވެސް އަދި އެ ފަނޑިޔާރުން ވަކިކުރާން ތި އުޅޭ މީހުންނަށްވެސް އެނގޭނެ.. ތާރީޚަކީ އިޔާދަވާއެއްޗެއްކަން ހަދާންކުރާތި އެންމެންވެސް..

    32
    2
  2. ގަޅި

    ކަލޭ ތީ ކާކު މާ ދީނީ ވާކަށް؟

    71
    1
  3. 19 ނަވާރަ

    ދީންވެރި ތެދުވެރި އަމާނާތްތެރި ކިޔަމަންތެރި. އަޅުވެތި ނިރުބަވެތި މިހެންގޮސް ހުރިހާ ވެތިއެއްވަނީ މި މަނިކަށް ލިބިފަ.

    25
  4. ސަހަރޯ

    މި ކަލޭހގެ އިރާދަކުރެއްވިއްޔާ ނުބައި ގޮތަކަށް ނިމިގެންދިއުމަށް އެދި ﷲ އަށް ދުޢާ ދަންނަވަން.

    28
  5. ފާނަ

    ކަލޭ ހުރިހާ ކަމެއްވެސް ކުރާނީ އަނގައިން..ދީނުގަ އޮންނަގޮތަށް....ކަމުން ކުރާނީ ކާފަރުން ކުރާގޮތަށް...ތިމީހާގެ ގޮތްނޭގޭ ކާޅެއްވެސް ނޫޅޭނެ...

    28
  6. އަހު

    މަނިކުފާނު ފަހަރަކު ގޮނޑިއެއްގައި އިނދެގެން މީހުން ވަކިކުރީމާ އެވޭތޯ ދީނުގެ މާތް އުސޫލަށް މަނިކުފާނަށް ހުކުމް ކުރި އެންމެން ވަކި ކުރަމުން ގެންދިޔުން އެއީ އިންސާފުތޯ އަދި މަނިކުފާނާ ވެސް އިންސާފު އަރާ ހަމަ ކުރާނެ އަބަދަކު ތިޔަ ގޮނޑީގައި ބޮޑު ބަސް ބުނާަކަށް ނީދެވޭނެ

    23
  7. މުހުސިނު

    އިސްލާމްދީނުގަވާ އުސޫލުގެ ތެރެއިންނޭ އެބުނަނީ އަސްލު ދީނަަށް މަލާމާތް ކުރުމުގެ ގޮތުން. ވަގުތުގެ ފަރާތުން އަޅެ މި ކޮމެންޓް ޖަހާދީބަ

    30
  8. ޖާބިރު

    މިއަދު ބޭރުކުރެވޭ ފަނޑިޔާރަށްވުރެ ހަޑިކޮށް ހުދުމުހުތާރުކޮށް ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް އަދުލުގެ ނިޒާމަށް ގޮންޖަހާފައި އަމިއްލަ މަސްލަހަތު އިސްކުރުމާއިއެކު އަމަލުކޮށް ބޭރުކޮށްލެވޭ ފަނޑިޔާރެއް ނުހުންނާނެ.
    މިކަމާއި އުފަލުން މިޖައްބާރު ނަޝީދުއަށް ނޭނގޭ ކިޔޭނުކިޔޭ އެއްޗެއްވެސް.
    ކޮންމެ އެއްޗެކޭ ބުނެފަވެސް މޮޅު ވާހަކަ ދައްކާނެ. މީނާ ހިތުން މީ މާމޮޅަށް ތާރީޚް ދަންނަ މީހެއް. އެހެނަސް މިއަދުވެސް ދޮގެއް ތިޔަހެދީ.
    ފަނޑިޔާރެއް ރަދުންގެ އޮޑީގެ ބަނޑުފިލާ ދަށުލާފައި ނުވޭ. ބަނޑުފިލާ ދަށުލީ އާންމެއް. އެކަންކުރީ ބަބުރެއް. ފަނޑިޔާރު ހުކުމް ކުރީ ބަބުރުގެ ކިބައިން ޤިޞާޞް ހިފައި މަރަށް މަރު. އެކަމާއި ހިތްހަމަ ނުޖެހިގެން ރަދުން އަމުރުކުރީ ފަނޑިޔާރުގައިގާ ކަފަބަނދެ އަންދައިލާން.
    މިހާދިސާ ނަޝީދު މިވަނީ އޮޅުވާލާފައި.

    17
    3
  9. އިބްރާހިމް

    ފަނޑިޔާރުން ގާނޫނާ ޚިލާފް. މިކަމުގައި ބައިވެރިވި އެންމެނަށް ފުރިހަމަ އަދަބުލިބޭނެކަމަށް އުންމީދުކުރަން

    11
    1
  10. ހާމިނު

    ފަނޑިޔާރެއް ރަދުންގެ އޮޑީގެ ބަނޑުފިލާ ދަށުލާފައި ނުވޭ. ބަނޑުފިލާ ދަށުލީ އާންމެއް. އެކަންކުރީ ބަބުރެއް. ފަނޑިޔާރު ހުކުމް ކުރީ ބަބުރުގެ ކިބައިން ޤިޞާޞް ހިފައި މަރަށް މަރު. އެކަމާއި ހިތްހަމަ ނުޖެހިގެން ރަދުން އަމުރުކުރީ ފަނޑިޔާރުގައިގާ ކަފަބަނދެ އަންދައިލާން.
    މިހާދިސާ ނަޝީދު މިވަނީ އޮޅުވާލާފައި.
    ދެތަނުގައިވެސް ފަނޑިޔާރަކު އަނިޔާވެރިކަމާއިއެކު ދުރުކުރި ކަމަށްބުނެފައި.
    މިއީ ތާރީޚު ނޭނގޭ ކަންއަންގައިދޭ ކަމެއް. ނަޝީދަކީ މާމޮޅަށް ތާރީޚް ދަންނަ މީހަކަށް ހެދިގެން ކުރީގެ ވާހަދެއްކި ނަމަވެސް މުޅިންވެސް ހުންނަނީ ދޮގުހަދާ އޮޅުވާލާފައި. އިހަށް ދުވަހު ގައުމީ ސަލާމާއި ބެހޭގޮތުންވެސް ދޮގުވާހަކަތަކެއް ދެއްކި.
    މީނާ ކިޔަވާފައިހުރީ ފޮތުގެ ތަންތަންކޮޅު. ދެން ހުސްނުސޫ ގެ ރިޕޯރޓްގޮތަށް އަމިއްލައަށް ސްޓޯރީ ހަދަނީ.

    11
  11. Anonymous

    ދެން އަބަދުވެސް ފަނޑިޔާރުން އައްޔަން ކުރަނީ ލާދީނީ އުސޫލުން. ވަކި ކުރަންވީމަ އެކަނި ރިވެތި އުސޫލު. ބުރުގާ ނާޅާތިބި ފނޑިޔާރުން ވެސް އައްޔަން ކުރީ އިސްލާމް ދީނުގެ ރީތި އުސޫލުންތަ މިހިރަ ބީތާޔާ؟؟

    19
    2
  12. އެންދެރި

    ދީނައް ފުރައްސާރަ ކުރި އެމްޑީއެން ދިފާއު ކުރަން އެންމެ ބޮޑައް މަސައްކަތް ކުރާ އެކަކެވެ.

    51
  13. އިހަވަންދޫ ރައްޔިތެއް

    މައިންމަގަށް ލައްގަޅޭ ރަންފޮޓެއް ލައްގަޅޭ. ﷲ އީ އެންމެ މޮޅަށް ހުރިހާކަމެއް ދެނެވޮޑިގެންވާ ރަސްކަނލާގެއެވެ. ﷲއީ ކޮންމެ ކަމެއް މިންވަރު ކުރައްވާ ރަސްކަނލާގެއެވެ. އެއްވެސް އިންސާނަކަށް އަނެއްކާއަކަށް ދެރައެއް ނުދެވޭނެއެވެ. މިަދު ސުޕަރ މެޖޯރިޓީ ލިބިފަ އޮތަސް މާދަމާ ތިބާ ވަންނާނީ ކޮންތާކަށް ހެއްޔެވެ.

    52
    2
  14. ގގޮވެލި

    ފަނޑިޔާރުން އެކަހެރިކޮށް އަމިއްލަބާރާއި ނުފޫޒް ބޭނުން ކޮށްގެން ކުރާކަންކަމަކީ ގާނޫނާ ޚިލާފް ބޮޑެތި ކުށްތަކެވެ
    އެކަންކަމަށް ޖަވާބު ދާރީވާން ޖެހޭނެކަން އެނގެންވާނެއެވެ
    2023 ގައެވެ.

    51
    • ބޯގޯސް

      ބަލަ ފުރާޅުންޓިނުނަގައިގެން ވަކިކުރިއިރައްވުރެވެސް ހުތުރުކޮށޭ ތިކަންތިކުރީ ތިމާކަމެއްކުރަން ބޭނުންވީމާ ބޭނުންކޮންމެގޮތަކައް ކޮއްފަ މިބުނަނީ ދީނުގައޮތްގޮތަށޭ އެކަންކުރާނީ ދީނައްމަލާމަތްކުރުންހުއްޓާލާ އެމްޑީއެންގެ ލާދީނީބައިގަނޑު ހިފާ ހައްޔަރުކުރޭ

      18
  15. ދިވެހިން

    މިހާރުވެސް އެކަން ކުރަނީ އިޖްރާއާތުތަކާއި ޚިލާފަށް. ތިމާގެ ދުލުން ބުނެލުމުން އިޖްރާއާތުތައް ރަގަޅުވޭތޯ. މިކަލޭގެ ބޭރުކުރަން މިހާރު މިހާރަށްވެސް ވޯޓު ނެގުން ކިހިނެއްތޯ.

    39
    • ޟ

      ޢޭނަޔަށް ސަޕޯރޓް ކުރާމީ ހުން ގަބޫލު ކުރާނެ..

  16. ބޮޅެއް

    ދީން ހަތިޔާރަކަށް ހެދުމުގެ މާނައަކީ ކޮބާ؟ ދީނަށް ފުރައްސާރަކުރާ މީހުންނަށް ދީނީ ޢިލްމުވެރިން ޤުރުއާނާ ޙަދީސުން ރައްދުދިނީމަ އެވަނީ ދީން ހަތިޔާރަކަށް ހެދިކަމަށް... އެކަމަކު ޤުރުއާނާ ޙަދީސް ނޫން އެހެން އެއްޗެއް ބޭނުންވާކަމަށް ބުނާ މީހަކު އޭނާ ބޭނުންވާ ކޮންމެ ވާހަކައެއް ދައްކާއިރު މަލާމާތުގެ ޒާތަކަށް ދީނޭ ކިޔާއިރު ހަމަ އޯކޭދޯ... ކޮބާ ޝެއިޚު ރަސީދު އަލް ބުޚާރީ ވަލް މުސްލިމު ވަލް ނުބައި ތަރުޖަމާ..

    33
  17. ދިވެހިން

    އިސްލާމީ ރިވެތި އުސޫލުންތޯ އޮރިޔާމުންތިބި އަންހެން ދެ ފަނޑިޔާރުން ސުޕުރީމް ކޯޓަށް ލައިފަ އެތިބީ

    40
    1
  18. ދިވެހިން

    އިސްލާމީ ރިވެތި އުސޫލޭކިޔާ އަދިވެސް ދީނަށް ހަޖޫޖަހާ

    41
    1
    • ނާނު

      ޢިސްލާމީ ރިވެތި އުސޫލޭ ކިޔާފަ ސުޢުދަށްއުއުްތަމަ ފަ ޑިޔާރުކަން ދިނަކަސް ސުޢުދަކީ އިސްލާމްދީނާ ބެހޭ އެއްޗެއް ދަންނަ މީހެއްނޫން

  19. ހަސަންބެ

    ކަލެއަށް އެނގޭތަ އިސްލާމުދީނުގައި ރިވެތި އުސޫލެއް އޮންނަކަން. ވާހަކަ ތިޔަހުރީ އެއްވަނަ ދަރަޖައިގެ ޔަހޫދީންގެ ވާހަކަ ހުންނަ ގޮތަށް. ބާރެއް ވަގުތީގޮތުން ލިބިގެން ފުއްޕިޔަސް ތިޔައީ އަހުރެން ބަލައިގަންނަ މީހެއް ނޫން.

    12
    1
  20. އަޑުއަހާމީހާ

    އިސްލާމުދީނުގެރިވެތިއުސޫލު އެގޭނީ މުސްލިމަކަށެވެ

    13
    1
    • ސަންގުމަރުމަރު

      "އަޑުއަހާ މީހާ" ތިޔަ ބުނީ ވަރަށް ބޮޑު ތެދެއް. އިސްލާމް ދީނުގެ ކަމެއް އެކަހަލަ ޔަހޫދީ އަކަށް ނޭގޭނެ. އެއީ ޔަހޫދީން ބުނާގޮތަށް ނާޗަރަންގީ ކުޅޭ މީހެއް.

  21. ފުއާދު

    މީނަ ކަނޑުގަ ލެއްވިނަމަ އޮޑި ދޯނިފަހަރުވެސް ނުދުއްވުނީސް..

    17
  22. މުފައްކިރު.

    ގައުމުގެ އަމާނާތެއްގެ ގޮތުން ވެރިކަން ހިމެނޭ އިރު އެއަމާނާތް ތިމާ އަށް އަދާކުރެވޭ މިންވަރު އަމިއްލަ އަށް ވަޒަން ކޮށްލުން ކިހިނެތްތޯ؟

    11
    1
  23. ޝާހް، ރ.ވާދޫ

    ކަލޭ ކޮންމެހާ ނުލަފާކަމެއްކޮށްފަ އިސްލާމްދީނޭ ކިޔާ އަނގަ ރުވާއިރު ލަދުހަޔާތްކޮބާ؟

    14
    1
  24. Anonymous

    މިމުރުތައްދު ދައްކާ ވާހަކަ ހަމަ ބުއްދި ހުރި މީހެއް ގަބޫލެއް ނުކުރާނެ

    14
  25. އަޙްމަދު

    ފަރަންޖިން އުޅޭހެން އުޅެންބޭނުންވާ އެމީހުންގެ ދީންތަކަށް ލޯބިކުރާ މީހަކަށް އިސްލާމް ދީނާ އެއްގޮތަށް ކަންކަން ކުރާނެކަމަށް ބަލާނީ މޮޔައިން އެއީ ނަޝިދުއަށް ތަޢީދު ކުރަ އަދި އެއްކަލަ ދީންތަކަށް ތާޢީދު ކުރާމީހުން

    13
  26. ބިޖޫ

    އިސްލާމްދީނޭމިކިޔަނީ ދީނައްފުރައްސާރަކުރާ ޖާހިލެއް ނަސީދުއަކީ އިޒްރޭލްގެ ޔަހޫޒްވަނހާ ދަރިކޮލު ބުރާންޗެއް ކެނެރީ ދާއްބަޔަކީ

  27. ލައިލޫ

    ދަރިންނޭ މިޔަހޫދީ ކަލޭގަ ކޮންމެ ކަމެއްކޮށްފަ، އިސްލާމަދީނުގެ ރިވެތި އުޞޫލުންނޭ މިބުނަނީ އިސްލާމްދީނަށް ފުރައްސާރަ މުސްލިމުންނަށް މަލާމާތް ކުރުމަށެވެ.
    ތިޔަބޭފުޅުން ރަނގަޅަށް ބަލަންތިއްބަވާތި، އަދި މިކަލޭގެ ޤާނޫނު އަސާސީގައި އޮންނަ "ދިވެހިރައްޖޭގެ ދީނަކީ އިސްލާމްދީން" މި މާއްދާ ބަދަލު ކޮށްފަ ބުނާނެ، މިމާއްދާ ބަދަލުރާނީ، އިސްލާމަދީނުގެ ރިވެތި އުޞޫލުންނެ.

  28. ކާފަ

    ޝަރަީއަތް ނޭގޭމީހަކު އެއޢަެއްގޮތަށް އަމަލު ކުރާނީ ކިހިނެތް.

  29. ސަންގުމަރުމަރު

    މި ޔަހޫދީ ކަލޭގެއަށް އެނގެނީ ކޮން ދީނެއްތަ. މީހާގެ އުމުރު ހުސްވާއިރުވެސް ވުޟޫ ކުރަންވެސް ނޭގޭ ވިއްޔަ. ދެން ކޮން ދީނެކޭ މާތް އަޚުލާގެކޭ ކިޔާކަށް. ކަލޭގެ ތި މުޑުދާރު އަނގައިން އިސްލާމް ދީނަށް އިތުރަށް ފުރައްސާރަ ނުކުރޭ.
    މާތް ﷲ ހުރިހާ ކަމެއް ބައްލަވާވޮޑިގެންވޭ.

  30. އިބްރާހިމް

    އިސްލާމްދީނޭ ވިދާޅުނުވޭ. ޑިމޮކްރަސީ ދީނޭ ވިދާޅުވޭ. އިސްލާމްދީނުގަ ނޯވޭ މެޖޯރިޓީން މިބާވަތުގެ ކަންކަން ނިންމާކަށެއް.

  31. ދިވެހި ސޮރު

    ރައްޔިތުންނަށް އެއްޗެއް ވިސްނޭބާ ހަމަބުއްދި ހުރި ދިވެއްސަކު އެބައުޅޭބާ ކޮންމެ މީހަކުވެސް މޮޅުބަހެއް ބުނެލާނެ ސުރުޚީ ރީތިކޮށްލަން.. މިއަދު ބޭނުންވަނީ ޖާނާ މާލުދުއްވާލައިގެންވެސް މިޤައުމުސަލާމަތުގެ އައްސޭރިއަށް ގެންދާނެ ރައްޔިތެއް.

  32. ޅިޔުންތެރިއެއް

    ޜައީސް ނަޟީފު ލާންވީނުން ފަނޑިޔާރަކަށް