ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫން ޖަލަށް ލާ މަންޒަރު ބަލަންބޭނުން ކަމަށާއި އެމަނިކުފާނު ޖަލުގައި އޮންނައިރު ބައްދަލުކޮށްލަން ވަރަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ، ކުރީގެ ރައީސް ޔާމީން ޖަލުގައި ނުބެހެއްޓެނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. ކުރީގެ ރައީސް ޔާމީން ހައްޔަރު ނުކޮށްގެން އުޅެނީ ރައީސް ޞާލިހްއާއި ޑީލެއް ހަދައިގެން އެކި ކަހަލަ މަންތަރު ހަދައިގެން އުޅޭތީ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ބައެއް މީހުން ހައްޔަރު ކޮށް ޔާމީން ހައްޔަރު ނުކުރުމުން ޖާބިރު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

"ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ނުކޮށް މިއުޅެނީ ހަމަ އިބްރާހިމް މުހައްމަދު ޞަލިހާއި ޑީލެއް ހަދައިގެން އެކައްޗެއް ހަދައިގެން އެކި މަންތަރު ހަދައިގެން އެދަނީ ހަމަ ކުރިއަށް. ކީއްވެގެންތޯ އޭނާ ޖަލުގައި ނީއްނަަންވީ، ކީއްވެގެންތޯ އަޅުގަނޑުމެން ޖަލަށްލީއިރު ކޮބައިތޯ އިންޓެގްރިޓީއާއި ހިއުމަންރައިޓްސް ކޮބައިތޯ. މިއަދު އޭނާ ލާންވީމަ ހުރިހާ ބްރޯޑްކާސްޓިންގް އެއް ބަދަލުވެގެން މިދަނީ. އޭނާ ޖަލަށް ލެވޭނެ ގޮތެއްވެސް ނެތް." ޖާބިރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަތަން ބަލަން ބޭނުން ކަމަށާއި ޖަލުގައި އޮންނައިރު ޔާމީނާއި ބައްދަލު ކުރަން ބޭނުން ކަމަށާއި އެމަނިކުފާނު ހޯދާފައިވާ މުދާވެސް އަނބުރާ ނަގަން ބޭނުންވާ ކަމަށް ޖާބިރު ވަނީ މަޖިލީހުގައި މިއަދު ވިދާޅުވެފައެވެ.

"އޭނާ ޖަލު ގޮޅީގައި އޮންނަތަން އަޅުގަނޑު ބޭނުން ބަލަން. ގޮސް ބައްދަލު ކޮށްލަން އަޅުގަނޑު ބޭނުން. ގޮސް މުދާ ނަގަން އަޅުގަނޑު ބޭނުން. އެހެންމަ އެކަން މި މަޖިލީހުން ނުކުރަންޏާ ކޮބައިތޯ މި މަޖިލީހުގެ ބޭނުން" ޖާބިރު ވިދާޅުވިއެވެ

މެޖޯރިޓީ އަކީ ގެއްލޭނެ އެއްޗެއް ކަމާއި ބާރުތަކަކީވެސް ގެއްލިގެންދާނެ އެއްޗެއް ކަމަށް ބުނެ ޖާބިރު ވަނީ ރައީސް ޞާލިހަށް މިއަދު އިންޒާރުދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ކިޔުންތެރިޔާ

    ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ރ.ޔާމީން މި ހުކުމުން ސަލާމަތްވެ ޖާބިރުމެން އަދި އެ މަނިކުފާނުގެ ފަހަތްޕުޅުގަ ގައުމު ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރާނެ. ރ.ޔާމީނަށް ގައްދާރުވި ހުރިހާ ގައްދާރީން އަދި އެމަނިކުފާނުގެ ފަހަތްޕުޅުން ފެނިގެންދާނޭ ދުވަހެއްވެސް ޔަދްގުދުރަތުފުޅުން ދައްކަވައިފާނެ. ﷲ އީ ކޮންމެ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ. ޔާ ﷲ، ރ.ޔާމީނަށް ކޮންމެފަދަ ހާލެއްގަވެސް ސާބިތުކަން ދެއްވައި، ނުބައި ރޭވުންތަކުން އެމަނިކުފާނު ސަލާމަތްކޮށްދެއްވާނދޭވެ. އަޅަމެންގެ މައްޗަށް ލައްވާފައިތިބީ އަދުލުވެރި ފަނޑިޔާރުންކަމުގައި ލައްވައިފާނދޭވެ. ހުރިހާ ގޮތަކުންވެސް ލާދީނީ މި ސަރުކާރު ބަލިކުރައްވައި އެބައިމީހުން ފަޟީހަތްކުރައްވާ ފިރުއައުނު ނިކަމެތިކުރެއްވި ފަދައިން އެބައިމީހުން ނިކަމެތިކުރައްވައިފާނދޭވެ. އާމީން.

    147
    11
  2. ސަންރައިޒްބަލަނީ

    އޭ މިހިރަ އިންސާނާ.. ކަލޭގެ އެތެރެހަށީގަ ވިންދުޖަހާ ހިތެވެސްނެތީތަ؟ޔާމީން ޖަލަށްލާން ކަލޭގޮވާއިރު ތިމާ ލާފަހުރި ތިކޯޓުފަޓުލޫނު ގަޔަށް ހެޔޮވަރުކުރުމަށް ރޔާމީން ކަލެއަށްވީ އެހީތެރިކަން ހަދާންނެތީތަ؟އިހުސާންތެރިކަމެ ނުހުންނާނެ އީމާންތެރިކަމެނެތް ހިތެއްގަ.. ކަލެއާ ޖގޔނާޒިމާ ސަންޝިޔާމާ މިއީ ކޮންފަދަ ރަހުމެނެތްބައެއް... ރޔާމީން ހައްގަކާނުލާ ޖަލަށް ލެވެންޏާ ކީއްވެ ކަލޭމެން ޖަލަށް ނުލެވެންވީ.. ބޮޑެތި ކޮރަޕްޝަނާ ފަސާދައާ މަކަރާ ހީލަތާ އޮޅުވާލުމާ މިފަދައެތައްކަމަކުން މުއްސަދިވެފަތިބި ބައެއް ސާފުހުދުކާފޫރުކަށް ހެދެންމިއުޅެނީ..

    115
    8
  3. ޖާ

    ޖާބިރަކީ އަބދުވެސް ޖަލުގަ ބާއްވަންޖެހޭ މީހެއް ހޮޑާފުށީ އަތިރިމަތިން ދަންވަރު ފެނުނު މަންޒަރުން އެކަން އިތުރަށް ޔަޤީންވޭ މުޖުރިމުން އެހެންމީހުންގެ ވާހަކަ ދެއްމީމާ ވަރަށް ހިނި އާދޭ 24 ގަޑިއިރު ހަމަިގަހުންނަހެން ހީނުވޭ ދައްކާ ވާހަކައިން ކެމްޕޭނުގަ ދެއްކިވާހަކަތައް ކޮބާ؟ ކީހާލޭން ފަރިއްސަށްވީ ކޮބާ އެޅިކޭބަލްކާރު ކޮބާ އަޑިންނާ މަތިން ކުރާ ދަތުރު ކޮބާ ގެސްޓްހައުސްތައް ކޮބާ ސްކޫލްތަކާ ކޮލެޖުތަކާ ޔުނިވަރސިޓީތަކާ ށޮޕިންގމޯލްތައް ކާށިދޫގަ މިހާރު މުޅިންވެސް އުޅެނީ ގެސްޓުން ހެހެހެހެހެ ލަދެއްނުގަނޭ މީހުންގެ ކުރިމަތީގަ އަނގަ ހުޅުވާކަށް ލަދުހަޔާތަކީ ތިމާގެ އިސްލާމީ ޢަޤީދާއާ ގުޅިފަވާކަމެއް ދީނީ ޢަޤީދާއެއް ނެތް މީހަކު ކިޔާކަށް ވަކި އެއްޗެއް ކުރާކަށްވަކިކަމެއް ނޯންނާނެ ލަދެއް ހަޔާތެއް ނޯންނާނެ ގޮތެއް ފޮތެއްނޯންނާނެ

    103
    6
  4. އެންދެރި

    ވޭތުވެ ދިޔަ 10 އަހަރު މުސާރަ ނުދީ ހުރި މީހުން ބަލާލަ ބަލާށެވެ

    83
    3
  5. ލޮލީ ކަލޯ

    ޖާ ޖަލަށް ދަަާހިތްވޭތަ

    72
    4
  6. މިއަދު

    ޔާމީނު ޖަލުގައި ބަންދުކުރުމުން ޖާބިރުއަށް ކާށިދޫދާއިރާއިން އިތުރުވާނެ 1 ވޯޓްވެސް ނެތް އަދިވެސް އިތުރަށް ފެލާލާނީ

    91
    4
  7. ދިވެހިން

    ހާދަ އަވަަހަކަށް ޖަލަށްލީ. މިވެސް ނުފޫޒު އެވެސް ނުފޫޒު. ވެރިން ބޭނުންވަނީ ފަނޑިޔާރުގެ އިޞްލާހުކުރަން ބޭނުންވާހާ ގޮތަށް ޙުކުމްތައް ނެރުމަށްޓަކައި.

    74
    5
  8. އައި ސީ!

    މީނާ މީ ޖޯކަރެއް!

    73
    4
  9. Anonymous

    ކަލޭ ދުނިޔޭގައި އެހާތަނަށް ﷲ ތައާލާ ލައްވައިފިނަމަ ދެން އެކަންވޭތޯ ބަލާ. ބައެއް މީހުން ހައްޖަށްދާން ބޭނުންވާނެ. އަނެއްބައިމީހުން ހަސަދައާއި ނަފްރަތުގެ އަލިފާނުގައި އަނދާނެ.

    73
    3
  10. ތެދު

    ހުރިހާލީޑަރުން ރާވައިގެން ކުރާކަމެއްކަންމިހާރުސާފުވެއްޖެ...ކުރިޔަށް ހުކުންތިކުރަނީ..ސުބުހާނަﷲ...

    75
    5
  11. މުފައްކިރު.

    މަޖިލިސް ލައިވްކުރާ އިރު މަޖިލީހުގެ މެމްބަރެއްގެ ކިބާގަ ހުންނަން ޖެހޭ އަދަބު ސަދަބު ޖާބިރުގެ ނެތީމާ ފުރަތަމަ އަދަބު ސަދަބު ދަސްކުރުން ކިހިނެތްތޯ؟

    70
    1
  12. އިބްރާހިމް

    ޔާﷲ. މި އިބިލީހުގެ ނިމުން އަވަސްކުރައްވާށި.

    65
    6
  13. މާމީ

    ޖާބިރު ކަލޭ ތީ މިހާރު ބުއްދި ސަލާމަތުން ހުރި މީހެއް ނޫން ކަން ރައްޔިތުންނައް އެނގޭ ކަލޭ ދައްކާވާހަކައިން ކަލޭ ގެޅިނުގަންނަ ކަމެއްނެތީ ތަ ފުރަތަމަ ދައުލަރައް ދައްކަން ޖެހޭ ފައިސާ ދައްކާފަ އަނގަަ އަރުވަބަލަ ކަލޭ ތީ ކާކު؟

    70
    2
  14. ރާޅު ބޯއީ

    ބަލަ މީހަކު ޖަލަށްލާން ޖެހެނީ އެނާގެ ކުށެއް ސާބިތުވީމަ. ހަމަ ހުރެފަ ކަލޭ ބުނާއިރަށް ނުޖެހޭނެ ދުނިޔޭގައި ތިބިހާ ބަޔަކު ގެންގޮސް ޖަލަށް އަޅާލާކަށް. ކަލޭ މޫނު ހުދުކޮށްގެން ފަޅުރަށެއްގަ ކުކުޅު މުންޏެއްހެން އަނގަ ހަދައިގެން އިންގޮތް އަހަރެމެން އަދި ހަނދާނެއް ނުނެތެޔޭ ބުރާންޗާ.

    71
    2
  15. ޤައުމީ ރޫހު

    މަ ބޭނުން އަހްމަދު ޒަކީ އާއީ ވެސް ބައްދަލު ކޮއްލަން.

    45
    3
  16. މޮގުމޮގު

    މި ޖާބިރާ މިއުޅެނީ ހަމަ މުހައްމަދު ނަޝީދު އަންނި އާ ޑީލެއް ހަދައިގެން އެކައްޗެއް ހަދައިގެން އެކި މަންތަރު ހަދައިގެން އެދަނީ ހަމަ ފޮނި ވާހަކަ ތަޅަމުން ކުރިޔަށް.

    58
    4
  17. މުހައްމަދު

    ދިޔާނާޔާ ބައްދަލު ކުރަން ދާންވީޔެއްނޫންތަ؟

    62
    1
  18. Anonymous

    ހޮނޑާދޫބޮ ޑުވަޒީރު ފޮދުވަރެއް ބައްލަވައިގެން ވެލިކެވިފަ އޮއްވާ ބައްދަލުވެލަން ދާނަން.

    63
    1
  19. ބިޖޫ

    އަޅިގަނޑައްކިޔަނީ ލޮލީ ޖާބިރު ހ ތިމާވެށި އަޅުގަނޑު ބުއީ 2 ފުޅިރަލާ 4 ދަޅުބިޔަރާ ވައިންކޮޅަކާ އަޅުގަނޑު މިހުރީހަނު
    ޑުނފެއްޓީހޭރެން ހޭރެމުންގޮވީ މަގޭދިޔާވާ ކޮބާ މަނުގެނުދާދޭ ޖަބިރުތިހުރީ ކެނެރީގޭ ނަސީދުގެ ޕަޕެޓެއްގެގޮތުގަ ދުފާއެއްޗިއްސައްއެރިފައޭ ހުކުމެއް އިއްވަފާނެތީ ހެރެންފެށި ބުރާންޗެއްތީ އަގައަރުވައެއްނުއެބަ ތިކަހަލަ ބީތާއިންނަށޭކިޔަނީ އަގަބަޑި އަނގަ ފދ

    21
    1
  20. ރެކިދިޔެ

    ގައިމު ޖާބިރު އަދީބަށް ފޯނުކޮށްފައި ބުނާ އަޑުއިވޭ ޔާމިނަކީ ތިމަންނަގެ ވަރަށް ގާތް އެކުވެރިއެކޭ. މިހާރު ރާގު ބަދަުލުވެ ޔާމިނަށް ވުރެ ނުބައިމީހަކު ނެތް. ދެންމިވަރުގެ މީހުން ދައްކާ ވާހަކަ ކިހިނެތް ގަަބޫލުކުރާނީ.

    22
  21. ސުމްޕާ ބެ

    އެދިފައިވާ ގޮތަށް ޖަލުން ބައްދަލު ކުރަން ކަލެ އަށް އިންވައިޓު ކުރާނަމެވެ

    19
  22. ޖައްލާދު

    އަހަރެމެން ދެކެންބޭނުމީ ކަލޭ ހަމަ ހޭގަ ތިތާގަ ހުރެ ވާހަކަ ދައްކާނެ ދުވަހެއް

    28
  23. ދިވެހި ސޮރު

    ޖާބިރު ޖަލަށް ނުލަނީ ކީއްވެތޯ ދިޔާނާކުރެން އަހާލަބަލަ

    28
  24. މީކައިލް ދޮން ބޭބެ

    މިހިރަ އިއްޒަތްތެރި ރާބޯ ޖާބިރު ތިކަލޭގެ ކޮން ފަޅުރަސެއްގަ ރޯބޮއިގެން ބީތާވެގެން އޮއްވާާ ހައްޔަރުކުރީ ކޮބާ ލަދު ހަޔާ ޖަލައް ކޮއްޕާލީމަ ތިކަލޭގެ ޖަލުން ސަލާމަތް ކޮއްދިނީ ތިޔާމީނު ކަލޭ ޖަލައް ލީކީއެއް ޔާމީނެއް ނޫން އެތަނުން ނެރެދިނީ އޭނަ ތިކަހަލަ ހަރާން ކޯރުން ދުވަހަކުވެސް ރަގަޅެއް ނުވާނެ

    19
  25. ސަމީރު

    އަހަރުމެން ވެސް ޖާބިރު ލޮލީ ހޮސްޕިތަލުން ބަދަލު ކުރާނަން އޭރުން

  26. Juhaa

    މިކަލޭގެ ކު ރިންވެސް ފަނޑިޔާ ރުންނަށް ރިޝްވަތު ދޭން މައުމޫނަށް 29 މިލިއަން ރުފިޔާ ދިނީ. މެންބަރުންނަށް ރިޝްވަތު ދޭން އިބޫއަށް ފައިސާ ދިން ވާހަކަވެސް މަޖިލީހުގައި މީނާ ބުނި. ރަނގަޅަށް ވިއްޔާ މިހާރު މިކަލޭގެ އޮންނާނީ ޔާމީނު ޖަލަށްލާން ކޮންމެވެސް ބަޔަކަށް ރިޝްވަތު ހުށަހަޅާފައި.

  27. ޢަލީ

    ވަރަށް ތާހިރެއްނު، މީނާ މިހާހިސާބަށް ގެންދިއުމުގައި ޔާމީނުގެ އެހީލިބުނުކަން އަހަރެން ދެނަހުރިން. ތިހެން ވާހަކަދެއްކީމަ ވަރަށް ފޫހިވެއްޖެ. މަލާމާތް ރައްދުވާމީހާއަށްވުރެ މަލާމާތްކުރިމީހާގެ ކިބަގައި އެފަދަ ސިފައެއް ހުރުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން އެހެންމީހުންނަށް މަލާމާތްނުކުރަން ޖެހެނީ، ޖާބިރު ޖަލަށްލީކީ ގޭގަ ނިދަން އޮއްވަކާއެއްނޫން،

  28. ކަހަނބު

    އަޅުގަނޑުވެސް ޔާމީނާ ޖަލުން ބައްދަލު ކޮއްލަން ބޭނުން!