ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ޚަބަރު ފުލުހުން ދޮގު ކޮށްފިއެވެ.

މިއަދު ހެނދުނުން ފެށިގެން މީސް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ ޚަބަރެއްގައި ބުނެފައި ވަނީ ބަނގުރަލުގެ މައްސަލައެއްގައި ރޭ މިނިސްޓަރ ޝިފާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަތޮޅުވެހީގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިނިސްޓަރ ޝިފާޒް ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި ފުލުސް އޮފީހަށް ހާޒިރު ވެސް ކޮށްފައި ނުވާ ކަމަށެވެ.

ޝިފާޒް ގެންދަނީ މިހާރު އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވަމުންނެވެ. އެމްޑީޕީގެ ނައިބު ރައީސް ހޮވުމުގެ އިންތިޚާބުގައި ޝިފާޒް އާއި ވާދަކުރައްވަނީ މެންބަރު އަސްލަމް އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަނގަގަދަމިތުރު

    ބައިކޮޅު އަޑުގަދަ ކުދިންކޮޅު ބުޔަސް ކެޔަސް ހޮޑުލިޔަސް މަގުމަތީ ދެމިފަ އޮތަސް ރެޑްހޭންޑުކޮށް އަތުލައިގަތަސް ފުލުހުންނަކަށް ބަންދެއް ނުކުރެވޭނެ ކުރިން ވެރިކަމުގަވެސް ވެފައޮތީ އެހެން މިހާޜު އަދި މާ އެކަން ބޮޑުވާނެ ފުލުހުންނަކަށް ނުކެރޭނެ މަސްތުވެގެން ހުއްޓާ ހާޟިރުކުރިވާހަކަވެސް ބުނެފިއްޔާ އެބުނާ މީހަކުގެ ވަޒީފާ ގެއްލޭނީ މިހާރު ދައުލަތުގެ ހުރިހާ މުއައްސަސާއެއްގަވސް ޙަސަނުގެ ދެފައި

    50
    2
  2. ގަންޖާ

    ރާބޯން އިންދާ ހައްޔަރުކުރީ. އޭނަޔާއެކު ހައއޔަރުކުރި އަނެއްކަލޭގެ އަދިވެސް މާލޭޖަލު ބަންދުގައި. އޮފީހަށް ރައިސުގެ ސިއްޕެ އަވަދުވެސް 830 ގަދޭ. މިއަދު 1030 ގަ ދިޔައީ. ދެން ވަގުތުން ކަނޑާލީބޑުބާއީއަށް އިރުކޮޅަކުން. މިކަމުން ރެކެން. ސީޕީ މާލޭ ޖަލަށް އެންގީ އެއްވެސް ރިކޯޑެއް ނެތި ސިއްޕެ ދޫކުރަން ހެނދުނު 830ގައި. އެންޑީޕީކުދިން އެންޑީޕީ ކުދިންނަށް ލަނޑުދެނީ އިންތިހާބު ފޯރި ގަދަ ޕަކާސް ހެހެހެހެ

    44
    2
  3. ރާޅު ބޯއީ

    އަނެއްކާ އަނެއް ދޮގު. މީ ކޮންކަހަލަ ބައިގައިގެ ބައެއްތަ އަޅެފަހެ.

    25
    1
  4. ޢަލީ

    ރަލުގެ މައްސަލައެއްގައި ދީނީމައްސަލައެއްގައި މި ސަރުކާރުން އެއްވެސްމީހަކު ހައްޔަރުކޮށެއް ނަހަދާނެ، އެކަހަލަ ވާހަކައެއް މީހަކު ދެއްކިއަސް ޤަބޫލުކޮށްގެން ނުވާނެ. އެހެނެއްނޫން ސުލޫކީ މައްސަލައެއްގައިނަމަ ވަރަށް އަވަސްވާނެ.

    48
    2
  5. Anonymous

    ސަފާރީ ތަކަށް އަރާ ތިމީހުން އުޅޭގޮތް އެއީ އެންމެން ދަންނަ ބޮޑު ސިއްރު. ވ. ގިނައިން ނަށާފުޅި ބައްލަވާ ކަމަށްވޭ. އަނދުން ޙުސެންމެން ކައިރީ އަހަމާ ސާފުވޭތޯ. ހޭނޑީ ވ. ސިއްރު ހިފަހައްޓަދޭނެ

  6. ރހލބނު

    މިއައީއަކީ ޢަދުލު އިންޞާފު ގާއިމުކުރަން އައިބައެއްނޫން. މިގައުމު ހަލާކުކޮށް ވީރާނާކުރަން ބޭނުންވެފައިވާ ބަޔަކު މިދައްޖާލުންގެ އަތްމައްޗަށް މިގައުމު ދިންދިނުމުގެ ނަތީޖާއަކީ މިއީ. ޢަދުލުވެރިކަމެއްނެތް. ތެދުވެރިކަމެއްނެތް. ދިންވެރިކަމެއްނެތް. އީމާންތެރިކަމެއްނެތް. އިޙްސާންތެރިކަމެއްނެތް. މިއީ ޒަޔަނިސްޓް އިސްރާއީލުގެ ފެންވަރަށް ވެއްޓިފައިވާ ޖާހިލުންތަކެއްގެ ވެރިކަމެއް އޮތްތަނެއް. އަލުން ގައުމުގެ މިނިވަންކަން ބޭނުން.

  7. ބަހުރުވަ

    ގޮއިސޮރުވެސް ބޮނީބާ؟

  8. އިބްރާހިމް

    ހައްޔަރު ނުކުރިޔަސް ތިޔަކަމަކީ ހިނގުން ވަރަށް ގާތްކަންކަމެވެ.

  9. އަނިޔާ

    ނުކެރޭނެ އެއްބަސްވާކަށް ފުޅިއަގާގަ ޖަހާފަ އޮތަސް ރާއްޖޭގަ މިއޮތް އިސްލާމީވަންތައްކަން ގެއްލުވާލަން ކުރާ ކޮށްމެ ޢަމަލަކީ މަޖިލީހުގަ ތިއްބެވި އެމް.ޑީ.ޕީގެ މެމްބަރު ނާއި ރައީސްސޯލިޙްވެސް ޖަވާބުދާރީވާންޖެހޭނެ ދުވަސް އެބައޮތް.އަހަރުންނަށް އޮޅުވާލައިގެން ވަކިޕާޓީގެ ފިކުރެއް ނުގެން ގުޅޭނެ ކަމަށް ބުނެ މަޖިލީހަށް އައިސް އެހަދާނެއް ނެތް. މިތިބަ އެންޑީ ޕީގެމެމްބަރުން.