އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި ވަޑައިގެންނެވި މެމްބަރުންގެ 69 ވޯޓުންނެވެ. އުއްތަމަ ފަނޑިޔާރު ވަކި ކުރަން ބޭނުންނުވާ ކަމަށް 9 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރަންވެސް މަޖިލީހުގައި 69 މެމްބަރަކު ވަނީ ވޯޓު ދެއްވި އިރު ވަކި ނުކުރުމަށް 9 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މި މަހުގެ 13 ވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަނުންވަނީ އުއްތަމަ ފަނޑިޔާރައި ފަނޑިޔާރު އާދަމް މުހައްމަދު 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށް ފަނޑިޔާރު ކަމުން ވަކި ކުރުމަށް ނިންމާފައެވެ. އޭގެ ފަހުން މަޖިލީހަށް އެ މައްސަލަ ހުށަހަޅައިވަނީ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ މި ދެ ފަނޑިޔާރުން ޤާނޫނު އަސާސީއާއި ހިލާފަށް ކޮށްފައިވާ ހުކުމުގެ މައްސަލައެކެވެ. އެހެން ނަމަވެސް މީގެ ކުރިން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ޖޭއެސްސީން ބަލަމުން އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮށްފައިވާ ހުކުމާއި ގުޅޭ މައްސަލައެއް ކަމުން އެކަން ނުބެލޭނެ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރުވަނީ ޖޭއެސްސީއަށް ތަހުގީގަށް ހާޒިރުވާން ފޮނުވި ނޯޓިހާއިވެސް ހަވާލު ނުވެފައެވެ.

ދިވެހި ރާއްޖޭގެ ޤާނޫނޫ ބުނާގޮތުން ފަނޑިޔާރެއް މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ދިރާސާކޮށް ހުށަހަޅާ ހުށަހެޅުމަކަށް ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މަޖިލީހުގައި އެކަމަށް ވޯޓަށް ނަގައި ފަނޑިޔާރު ވަކި ކުރުމަށް މަޖިލީހުގެ އައުލަބިއްޔަތު ލިބިއްޖެނަމަ އެ ފަނޑިޔާރެއްގެ މަގާމު ގެއްލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މިއަދު

    ކޮބާހީވޭތަ ސުޢޫދު ހިނިފުޅުވަޑުވައިމިހާރު ހުންނަވާނީ ކޮލުދަތްބުޑަށް ވައިވަދެފައި

    67
    2
  2. އިބްރާހިމް

    ޔާﷲ މި ނުބައި އަނިތާވެރި ސަރުކާރުގެ ނިމުން އަވަސްކުރައްވާށި. އާމީން

    106
    22
  3. ރާޅު ބޯއީ

    ބަޣާވާތް އުފައްދަން ފެބްރުއަރީ 1 ގައި ނެރުނު ހުކުމްގައި ތިބި ކުށްވެރިންތައް ފަޓާސް ބަރިއެއްހެން ދޫކޮށްލީމާ ވާނެ ހައެތި މިވީ. މޮޅުތަކެއް ވެއްޖެއެއްނު.

    100
    3
  4. ޢަޤްލީމް

    ކެޔޮގަނޑު ކަޑައިލީމާ ގަހުގެ ބޭނުންމެއް ނެތް! ވޯޓު އޮޅުވާލައިގެން ވެރިކަމަށް އެރިކަން ސާފުކޮށް ހެއްކާއެކު ހުށައެޅުމުން އެ ހުށައެޅުން ބަލައިނުގަނެ އިންތިޚާބު ޞައްޙަކަމަށް ކަނޑައަޅާ ، ހުރިހާ ކޯޓުތަކުން ހުކުމް ޞައްޙަކޮށްފައިތިބި ކުށްވެރިން ކުށްނުކުރާކަމަށް ހަދާ މިނިވަންކުރުމަކުން ރީއްޗެއް ނުވި! ދެން މަޤާމުނެތަސް ވަގުތީ ދުނިޔޭގައި އެންމެ އަރާމު ދިރިއުޅުން އުޅެވޭވަރަށް ފައިސާ ހުރީ ލިބިފަ! ކޮންކަމަކާ ޑަރު؟

    81
    5
  5. ލީނާ

    ކީރިތި ރަސޫލާ ދުޢާދެއްވިފަދަ ވެރިޔާގެ ވެރިކަން އިލްޔާސް ޙުސައިން އަށް ސިފަކޮށްދެއްވާ!

    87
    3
  6. އެޖެންޑާ19

    ސަރުކާރު ދެން މިނިމެނީ

    80
    10
  7. ސަމްޕަތު

    ހަހާހަހަހަހާހާހަހ? ދޮވެލާ . ސާބަހޭ އެޖެންޑާ19

    43
    33
  8. Anonymous

    އަލްހަމްދުލިﷲ

    24
    50
  9. ކާފަ

    މީތޯ ޖުޑިސަރީ މިނިވަން ވުމަކީ

    86
    5
  10. ޖޮނީ

    69 މެމްބަރުން ކޮށްފަވާ ހުވަޔާވެސް ޚިލާފްވެ އަދި ގާނޫނާވެސް ޚިލާފަވެފަ އުއްތަމަފަނޑިޔާރު މަގާމުން ދުރުކުރެވޭނެ ކަމއް ގަބޫލެއްނުކުރެވޭ.

    90
    18
  11. ޙަސަނާ

    ދިވަހިރައްޔިތުން އަމިއްލައައް ނިންމި ނިންމުމެއްގެ ހިތި ދިވެހިންގެ އަރުތެރޭ ވަރައް އަވަހައް ލާނެ ކަމާމެދު ސައްކެއްނެތް އޯގާތެރިކަމާ ހިތްތިރިކަން ދައްކަމުން އަޑިނުބައި ހީލަތްތެރިކަމުގެ ދަށުގަ ދިވެހިން ޖައްސާގެން މަޑުމަޑުން އެގެންދަނީ ދިވެހިންގެ ދީނާކުޅެމުން ދުނަޔަވީ..މެޑަލް ނޯބައިލްޕުރައިޒް ލިބިގެން އެކަމުގެ ފަހުރު ދިވެހިންނައްދައްކާލަން ކުރިއައްދާ އެޖެންޑައައް ވޯޓެއްނެގިއަސް ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާއެކު ބަރައްކެރިތިބެގެން ކަންކަން ކުރަމުން އެގެންދަނީ މީގެ ޒިންމާ ޔާމިނުވެސް ނަގަންޖެހޭނެ ރެކި ނުގަނެވޭނެ....

    8
    4
  12. ބުރޯ

    މިވެރިކަން ބަދަލުވެ ފަނޑިޔާރުންނަށް ފައިސާ ދޭންޖެހޭ ދުވަހު ގާނޫނުއަސާސީއާ ހިލާފަށް ކަންކުރި ފަރާތްތަކާމެދު ދައުވާކޮށް ފަނޑިޔާރުންނަށް ދޭންޖެހޭ ފައިސާ އެފަރާތްތަކުން ހޯދޭނެ. ހައްގުތަކަށް އަރައިގަންނަމީހުން ދާއިމަށް އެކަމުގާގާއިމްވެ ނުތިބޭނެ ހަމަކަށަވަރުން ހައްގަށް ނަސްރު ލިބޭ ދުވަސް އަންނާނެކަނ ޔަގީން.

    22
  13. ބިޖޫ

    މިނުލަފާ ނުބައި ޖާހިލުސަރުކާރުން ދެ ފަނޑިޔާރެއްގެ މަގާމް ފޭރިގަނެފި ޔާﷲ އަޅަމެން މިނުބައި ނުލަފާ ޖާހިލުންގެ ކިބައިން ސަލާމަތްކޮއްދެއްވަ ފާނދޭވެ އާމީން

    21
    2
  14. ލަބީބު

    ދިވެހިރާއްޖޭގައި މިއޮތީ ޖަންގަލީގެ އުޞޫލު! އަމިއްލަ އެދުމާ ޙަސަދައިން ފުރިގެންތިބެ މި މުޞީބާތަށް ދިވެހިރާއްޖެ ވައްޓައިލި މީހުން ރައްޔިތުންގެ ކިބައިން މަޢާފަށް އެދި އިޞްލާޙަށް މަސައްކަތްކުރާ މީހުންނާއެކު ނުކުމެ މަސައްކަތް ފެށުމަށް ގޮވާލަމެވެ.

    17
    2
  15. ދެކޭމީހާ

    ބާރުއޮތްއިރު ކޮންމެ ކަމެއްވެސް ކުރެވިދާނެ.މާދަމާވާނެގޮތެއް ހަމައެކަކައްވެސްނޭގޭނެ.ދުނިޔޭގައި މާބާރުގަދަކޮއް އުޅުނު ނަމުރޫދާ ފިރުޢައުނުވެސް ނިމިދިޔައީ ހަމަކުޑަހިދުކޮޅެއްގައި. މާތްﷲ އީ ކޮންމެކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ.ކިބުރުވެރި ބޮޑާ ކޮންމެމީހެއްގެ ނިމުންވަނީއެހެންމީހުނަށް ޢިބުރަތެއްކަމުގައެވެ.

    21
  16. ޛޖޖ

    ވަގަށް ނެގިނަމަ އޯކޭވާނެ

    10
    1
  17. ރަންގޮމާ

    ސާބަހޭ. ރައްޔިތުން ކުރަމުން އަންނަ އުއްމީދު ތަކުގައި ކުލަބަރި ޖެހެން ފަށައިފި. ބާރަށް ކުރިއަށް ބާރަށް.

    8
    11
  18. ކަލާނގެ ހެދިފަ އުޅެވިއްޖެބާ؟

    ކަލާނގެ ހެދިފަ އުޅެވިއްޖެބާ؟ އަދި މިވަރުންނިމުނީކީނޫން ނާއިންސާފަށް އިންސާފްވެސް ހޯދާނަން!

    9
    1