ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ކާނަލް ރިޓަޔަރޑް އަހުމަދު ޖިހާދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންއައިސީގެ މެމްބަރުކަމަށް ޖިހާދު އައްޔަން ކުރަން ފާސްކޮށްފައި ވަނީ 78 މެމްބަރުންގެ ވޯޓުންނެވެ.

އެންއައިސީގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީގެ ކުރީގެ މެންބަރު ޝައިހު ޝުއައިބު އަބްދުއްރަހުމާންގެ ނަމަށް އިސްކަން ދެއްވައި އިތުރު ތިން ބޭފުޅެއްގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހަށް ފޮނުވިއެެވެ. އަދި ކޮމެޓީންވެސް އެންމެ ގިނަ މާކްސްލް ލިބުނީ ޝުއިބަށެވެ.

ނަމަވެސް އެންއައިސީގެ މެމްބަރުކަމަށް ޖިހާދު އައްޔަން ކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

މަޖިލީހަށް ރައީސް ސޯލިހު ފޮނުއްވި ނަންތަކަށް ބަލާއިރު

ޝައިހު ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ނަންބަރު 1188

ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު، ވިލިމާލެ، ދިވެތި

ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ހއ. ދިއްދޫ، ތިލަދޫ

ހައްވާ ލީޝާ، ގ. ތުނޑިވެލި

އެންއައިސީއަށް އާ މެންބަރަކު އައްޔަން ކުރަން ނިންމީ އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަޝީދު

    ޖިހާދަކީ، މޭޔަރު ޝީފާގެ ފިރިކަލުން

    11
  2. ދުރުމި

    ތީ މޭޔަރު ސިފާގެ ފިރިކަލުންތަ

    10
  3. ނ

    އާއިލީ މީހުން މަގާމުތަކުގައި ތިބެގެން ކިހިނެއް މައްސަލަބަލަނީ

  4. އަދާލަތު

    މަރުޙަބާ! އަޚު ޖިހާދު. އިޚުލާޞްތެރިކަމާއި، ކޮށްފައިވާ ހުވަޔާ އެއްގޮތަށް ޚިދުމަތުގައި ދެމިހުންނެވުމަށް އިލްތިމާސް ކުރަން. އަޚު ޖިހާދު އަށް މާތްﷲ އަބަދުވެސް ހެޔޮ ރަޙުމަތްލެއްވުންއެދި ދުޢާކުރަން.