މަޝްހޫރު ފިލްމީ ތަރި މަލީހާ ވަޙީދު (މަލް)ގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރްފިކް ކުރުމުގެ ކުށުގެ ދަޢުވާ ދަޢުލަތުން މިއަދު އިއްވައިފިއެވެ.

މަސްތުވާ ތަކެއްޗާއިއެކު، ފިލްމީ ތަރި، މަލް ހައްޔަރުކޮށްފައިވަނީ، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާމިގިލިންނެވެ. މި މައްސަލައިގައި މަލްގެ އިތުރުން، އިތުރު އަންހެނަކު ހައްޔަރުކޮށްފައިވާއިރު، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މި އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު، ފުލުހުން ހިންގި ޙާއްޞަ އޮފަރޭޝަނެއްގައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި، މަލީޙާ ވަޙީދާއި، ހ.ސޯސަންޕްލާވާރ، ފާތިމަތު ރިފްޤާއާއި ދެކޮޅަށް ދަޢުލަތުން ދެ ދަޢުވާއެއް ވަނީ އުފުލައިފައެވެ. އެގޮތުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާއާއި، ކެނެބިސް ބޭނުން ކުރުމުގެ ދަޢުވާ މި ދެމީހުންގެ މައްޗަށް އުފުލާފައިވާއިރު، މިއަދު ކުރިއަށް ގެސްގޮސްފައިވަނީ މި ދެ މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެކެވެ.

މި ދެމީހުންގެ މައްޗަށް ދަޢުވާ އިއްވަމުން ދަޢުލަތުގެ ވަކީލް ވިދާޅުވީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ، ޤާނޫނު ނަމްބަރު، 17/2011 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު)ގެ 105 ވަނަ މާއްދާގެ (ހ)ގެ ދަށުން، 136 ވަނަ މާއްދާގެ (ބ)އާއި ހަވާލާދީ، 105 ވަނަ މާއްދާގެ (ނ)ގެ ދަށުންނެވެ. މި މައްސަލަ މި ދެ މީހުންގެ މައްޗަށް ޘާބިތުވެއްޖެ ނަމަ، އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ދަޢުލަތުން މިއަދު އިއްވި ދަޢުވާގައި ވަނީ ވިދާޅުވެފައެވެ.

މި ދެމީހުންނަށް އުފުލާފައިވާ، ކެނެބިސް ބޭނުން ކުރުމުގެ ދަޢުވާ އިއްވަމުން ދަޢުލަތުން ވިދާޅުވީ، އެ ދަޢުވާއަކީ، ޤާނޫނު ނަމްބަރު 17/2011 (މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނު)ގެ 115 ވަނަ މާއްދާގެ (ހ)ގެ ދަށުން، 148 ވަނަ މާއްދާއާއި ހަވާލާދީ، 115 ވަނަ މާއްދާގެ ދަށުންނެވެ. މި މައްސަލަ މި ދެމީހުންގެ މައްޗަށް ޘާބިތުވެއްޖެނަމަ، ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށްވެސް، ދަޢުލަތުން މިއަދު އިއްވި ދަޢުވާގައި ވަނީ ވިދާޅުވެފައެވެ.

މި ދަޢުވާއަށް ޖަވާބުދާރީ ވަމުން، މަލްގެ ދިފާޢީ ވަކީލް ވިދާޅުވީ، ދަޢުލަތުން އިއްވި ދެ ދަޢުވާ ވެސް ސާފުވެފައިވާ ކަމަށާއި، ނަމަވެސް އެ ދެ ދަޢުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އިތުރަށް ވިދާޅުވީ، މަލް ހައްޔަރުކޮށްފައިވަނީ، ޖިނާޢީ އިޖުރާޢަތުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާއާއި ޚިލާފަށް ކަމަށެވެ.

"މަލީހާ ހައްޔަރުކޮށްފައިވަނީ އެއްވެސް ކޯޓު ޢަމުރެއް ނެތި. ނަމަވެސް ބަންދުކުރުމާއި މެދު ގޮތް ކަނޑައެޅުމުގެ ފޯމެއް ފުރިހަމަ ކޮށްފައި އެބަ އޮތް. މަލީހާގެ ބަންދާއި މެދު ޢަމަލު ކުރާނެ ގޮތް ކަނޑައަޅާފައިވަނީ އެ ދުވަހުގެ 17:30 ގަ. ނަމަވެސް ހައްޔަރުކޮށްފައިވާ މީހާގެ މަޢުލޫމާތު ފޯމުގައި އޮތް ގޮތުން މަލީހާ ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ 17:15 ގަ. އެހެން ވީމަ، އެއީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ހައްޔަރެއް." މަލްގެ ވަކީލް ވިދާޅުވިއެވެ.

މަލް އާއި ރިފްޤާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެ ދަޢުވާ އަށް މި ދެ މީހުން އިންކާރުކޮށްފައިވާތީ، މި މައްސަލަ ސާބިތުކުރުމަށް ދަޢުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އެގޮތުން، ޝަފަޙީ 3 ހެއްކަކާއި، ކިތާބީ 2 ހެއްކެއް ދަޢުލަތުން ވަނީ މިއަދުގެ އަޑުއެހުމުގައި ހުށަހަޅާފައެވެ. ދަޢުލަތުން ހެކި ހުށަހަޅާފައިވީ ނަމަވެސް، މިކަމާއި ގުޅޭގޮތުން ދިފާޢުގައި އެއްވެސް ހެއްކެއް ހުށަހަޅަން ނެތް ކަމަށް މަލްއާއި ރިފްޤާގެ ޤާނޫނީ ވަކީލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، މި މައްސަލައިގައި ދެން އޮންނާނީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ދެ ފަރާތުންވެސް ހުށަހެޅުމެވެ. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން، ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތު ދިފާޢަށް ވަނީ ދީފައެވެ. އަދި އެ ހުށަހެޅުންތަކާއި ގުޅޭގޮތުން އެއްވެސް ކަމެއް ފާހަގަކުރަން ބޭނުން ކަމަށްވާނަމަ، އެ ފުރުޞަތުވެސް ދަޢުލަތަށް ދެއްވާނެ ކަމަށް، ޤާޟީ ވިދާޅުވިއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް ޝަރީޢަތުން އިޢުލާން ކޮށްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. މޮޔަެބެ

    އުމުރަށް ޖަލަށް ލައިގެން ނުވާނެ ދެވަނަ ފުރުސަތެއްދީ

    34
    183
  2. ބަލީހު މަލީހުގެ ދަރި

    ސަތޭކަ ޕަސެންޓް ޔަގީން ތި ދައުވާ ސާބިތު ނުވާނެކަން. ޢެއީ ފިލުމީ ތަރިއެއްވީމަ. ދެރަ ނިކަމެއްޗެއްނަމަ ސާބިތު ވާނެ. ސަދޫމް ޖަސްޓިސް.

    293
    9
  3. ފުއާދު

    ސާބިތު ވިޔަސް ތިކަމެއް ނުވާނެ..މަލް އަކީ ފެވަރިޓު އެއް ވެރިންގެ

    159
    11
  4. އައްޒަ

    ކޮން މަލްއެއް ބަލްއެއްތަ؟ މިތިބަ ފެންނަނީ ދިވެހި ފިލްމީތަރިންގެ ފެންވަރު

    197
    6
  5. ނިއުމާ

    ޖޫރިމަނާގެ ލާރި އަތުލާފަ ދޫކޮށްލަން ފެނޭ. އެމަންޖެ ދެން އެކަހަލަ ކަމެއް ނުކުރާނެ، މިއަށްވުރެ މާ ބޮޑެތި ކުއްވެރިން އެބަތިބި ދޫކޮށްލާފަ މިސާލަކަށް ކެނެރީގެ ނަޝީދު

    154
    65
    • ލޮލް

      އެހެންވަނީ؟

      26
      2
  6. ޖަމަލު

    ސާބިތު ވިއްޔާއެއްނު.

    109
    3
  7. މަލް

    ސާބިތެއް ނުކުރެވޭނެ. މަލް އޮންނާނީ މާކުރިން ރީނދޫ ޕާރޓީއަށް ސޮއިކޮށްފަ ހިހިހިހިހި ޕަކާސް

    49
    6
  8. ތެދުވެރިޔާ

    ކޮން މަލްއެއް ބަލްއެއްތަ؟ ހަމަ އުމުރަށް ޖަލަށް ލާންވި ތީ މުސްލިމުންގެ ނަމުގައި ތިބި ޝައިތާނުން

    56
    5
  9. ށުމަން

    މިމަންޖެ ހައްޔަރު ކުރަންޔާ ކެނެރީގެ ނަށީދު ވެސް ޖަލައްދާން ޖެހޭނެ.

    42
    8
  10. އަޒޭ

    މަލް ދޫކޮ އްލާ ހެޔޮނުވާނެ ހެޔޮނުވާނެ ޕްލީޒް

    10
    27
  11. މަލްމަލް

    އުމުރަށް ޖަލަށްލާ..ގޮތެއްފޮތެއްނެއް ބައެއްތީ

    35
    5
  12. ވަހީދުބެ

    އެއީ ދެން އެވަރުކަމެއްތަ. މަޖިލީހުގައިވެސް އެއްބަޔަކު ތިބޭ ލޯމެރި މިޔަކަނުން ސޮނިފައިބާ ޙާލުގަވެސް. އެޢިއްޒަތްތެރި މެންބަރުން ކޮންމެ ގޮތަކަށް އޮރިދަމައިގެންފައި ތިއްބަސް އޯކޭވިއްޔާ މަލް ވިޔަސް ތަލްވިޔަސް ކީއްވެ އޯކޭ ނުވާންވީ.

    19
    2
  13. ސަދޫމީކޯޓް

    ސާބިތު ވިޔަސް ނުވިޔަސް އެމްޑީޕީ ވިއްޔާ ދޫކުރާނެ، އެމްޑީޕީ ނޫންނަމަ ސީދާ ޖަލަށް.

    27
    7
  14. ާއަލީ

    ކެނެރީ ނަޝީދު ގެ ބިޓެއްތީ ތިކަމެއްނުދާނެ ކުރިޔަކަށް

    30
    5
  15. ރިޝްމީ

    ފިލްމީ ދާއިރާގަ ނުލިބުނު މަޝްހޫރުކަމެއް މިކަމުން ހޯދައިފި. އެވޯޑެއް ދޭ ވަރުވޭނުން

    34
    1
  16. ކުއްކުރި ފަރާތް ހުދު ފޮތިކޮޅަކަށް ހަދާ އެމީހުން ހިމާޔަތް ކޮށްދޭ ވަލީލުން

    އޭނަ ކުރި ކުށުގެ އަމަލު ދިފާއީ ވަކީލް އަށް ހަަމަ ނޭނގެނީ ހެއްޔެވެ. ނޫނީ އިނގިހުރެ ފައިސާގެ ދަހިވެތި ކަމުގަ ނޭނގޭ ކަމަށް ހަދަނީތޯ..! ދައުވާ އިން ވަރަށް ސާފުކޮނ އިގެން އެބައޮތަ "އެމީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެއްޗާއެކު" އެކަން ފޮރުވަންވެގެން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ތަންތަން ކޮޅު މިނަގަނީ. މިކަހަލަ އަމިއްލަ އެދުމުން ފޯވެފަ ތިބޭ މަދު ވަކީލުން ތަކަކާ ހެދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ޤައުމުގަ ހައްޤު އަދަބު ނުދެވިގެން މިއުޅެނީ. އިޖުރާއަތް ފުރިހަމަ ނުވުމަކީ ކުއްކުރި މީހާ ކުށުން ބަރީއަވާން އޮތް ހުއްޖަތެއް ނޫން. ތިޔަ އިޖުރާއަތް ތަކަކީ އެފަދަ މީހުންނަށް ކުށުން ބަރީއަވާން ފަސޭހަކޮންދޭން ހަދާފަ ހުރި އެއްޗެހި. މީހެއްގެ އަތުގަ މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވޭ ހާލަތުގަ ކޯޓް އަމުރު ނަގައިގެން އަންނަންވާ އިރު އެތަކެތި އެމީހެއްގެ އަތުގައި ހުންނާނެތޯ.! ކޯޓު އަމުރެއް ހޯދުމަކީ ކޮންމެ ވަގުތަކު ބުނެލާހާ ފަސޭހައިން ލިބޭނެ އެއްޗެއްތޯ..!

    32
    2
  17. މާލެ ބޭބެ

    މިއީ ޑީއާރޕީން ފާސްކުރި އަނިޔާވެރި ޤާނޫނޭއް؛ މީގެ ދަށުން ހުރިހާ ޒުވާނުން ޖަލަށް... އެންމެ ފަހަރަކު ދުން ބޯލީމަ 3 އަހަރު، 3 ގުރާމް ފެނި ސާބިތުވެއްޖެނަމަ 25 އަހަރު. ތަހުގީގު ކުރަނޫ ފުލުން ހެކިބަސް ފުލުހުން ލެބޯޓަރީ ފުލުހުން. މިއީ އަނިޔާވެރި އިންސާނުއްޔަތާ ޚިލާފު ޤާނޫނެއް. ރަލުން ފެންވަރާ ޗާލުވެލީމަ 6 މަސް ދުވަސް....

    8
    18
  18. މަ

    ޢެވަރުން ވެސް ދަތްފިލާ ސޭލް އަޅުވައިގެން

    33
  19. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކީއްވެހޭ އަބަދު މަލްގެ ފޮޓޯ ނޫސްތަކުގަ ޖަހަނީ. އެއް މައްސަލައެއްގަ ، އެކީގަ ހައްޔަރުކުރި ލ. ސޯސަން ފްލާވަރ ރިފްގާ ގެ ފޮޓޯއެއް ޖަހަންނުކެރިގެން ތިއުޅެނީ އެއީ ކީއްވެހޭ؟

    41
  20. ޝާހް، ރ.ވާދޫ

    ތިޔަ އެޕިސޯޑް މިހާރު އިންނާނީ ޑައިރެކްޓްކޮށް ނިމިފަ. ތިޔަ ދޫކޮށްލާނެ. ހާސްވާނެ ކަމެއްނެތް.

    21
  21. ބާބުޖި

    ސަރުކަާރުގެ ދައުލަތުގަ ރުފިޔާ ނެތުމާއެކު ވީ އެންމެ މަތިން ޖޫރިމަނާ ކޮށްލީމަ ދައުލަތަށް ފައިދާވާނީ.

    15
  22. މާމިގިލީ މީހާ

    މާމިގިލީ މީހުންނާ ގުޅިގެން މާމިގިލިއައްށާއި އެއަތޮޅު ހުރިހާ ރަށަކައް މަސްތުވާތަކެތި ގެންނަ 2 އަންހެނުން ތީ. އަދި މަހިބަދޫ އަންހެނުން ތަކެއްވެސް ތިޔޭގެ ތެރޭ ހިމެނޭ.

    22
  23. އެންދެރި

    މިފަދަ މީހުންގެ ދިފާއުގަ އަންނި ވ ފޯރި ހުރެ އެވެ.

    25
    2
  24. ފިލްމީތަރި

    މާފު ދީފަ ދޫކޮށްލަން ގޮވާލަން މި އަށް ވުރެއް ބޮޑެތި ކުށް ކޮށް ސާބިތު ވެފަ ތިބި މީހުން އެބަތިބި މާފު ދީފަ...

    8
    15
  25. ގުރާ

    ގާނޫނުގަ އޮންނަނީ އަންހެނެއްތޯ ފިރިހެނެއްތޯ ހަނދެއްތޯ ތަރިއެއްތޯ ބަލަންނުޖެހެއޭ. ދެން އެނގިދާނެތާދޯ.

    23
  26. މީދޯތަރިންނަކީ

    ސާބިތެއް ނުވާނެޔަގީން އެޔަށް ވުރެއެކުދިން މާމޯޅިވާނެ

    19
  27. ޓްވިތާ

    މަލްގެ ނަންބަރު ކިޔާބަލަ

    11
    4
  28. Anonymous

    ކޮންމެހެން ކޯތް އަމުރު ނަގާކަށ

    7
    1
  29. ރޮޒޭ

    ކޮންމެހެން ކޯތް އަމުރު ނަގާކަށް ނުޖެހޭނެ.ކޯޓް އަމުރު ލިބޭއިރު އެކަމެއް ނިމިދާނެތާ...ތިކަމެއް ސާބިތު ވާނެބޭ؟އެއީ ސުވާލަކީ..ތިކޯޓް އަމުރަކާހެދި މުޅިގައުމު ހަލާކުވަނީ.މިއުޅޭނީ ތަނެއް ޗެކުކުރާކަށް ނުންވިއްޔާ.ކުށުގެވެށިން ހައްޔަރުކުރާކަށް ކޯޓް އަމުރު ހޯދާނެކަމެއްނެތް.

    15
  30. ހާމިދު ޝާހިދު

    އުމުރަށް ޖަލަށް ލުން އެއީ ހައްލެއް ނޫން. ތިޔަ އެންމެނަށް ކާންދީ ބޯންދީގެން ދައުލަތުން އުޅުމަށްވުރެއް، އެ ދެ ކުދިން ރިހެބިލިޓޭޓް ކުރެވޭނެ ކަހަލަ އިސްލާމް ދީނުގެ މެދުމިނާ ރައްޓެހި ރިހެބިލިޓޭޝަން ސެންޓަރަކަށް ލާން ފެނޭ. ތިވެދާނެ ރައްޓެހިވެގެން އުޅޭ ކުއްޖާ ބުނެގެން ކުރި ކަމެއްކަމަށްވެސް. ރާއްޖޭގެ ފުލހުން އެދަނީ އަފްރާޝީމްގެ މަރާ ގުޅޭގޮތުންވެސް ދެދުވަހު ދެގޮތައް ވާހަކަދައްކަމުން، އޯޑިއޯ ކްލިޕްތަކާއެއްޗެތި ގެއްލުވާލަމުން، އެތަނުން ނުކުނަން ކޮންމެ ސީޕީ އެއްގެ ރައުއްޔު ތަފާތު. މިކަން މިކުރާ ގޮތެއް އެއްގޮތަކަށްވެސް ރަނގަޅެއް ނޫން.
    ޝުކުރިއްޔާ !

  31. ގޯވިންދާ

    ބުނަން ވާހަކައެއް ކޮންމެ ސަ ރުކާ ރެއް އޮތަސް މިކަހަލަ ކަންކަމަކީ ހަމަ ލާ ރި އޮތްވަ ރަކުން ކު ރިއަ ރައިން ދާނެ ކަންކަން. އެހެ ރީ އެމަންޖެ މިހާ ރުވެސް ހެވިފަ. ހަމަ މިގޮތަށް މީގެ ކު ރިން އަޝް ރާ ކިޔާ ކުއްޖަކުވެސް މަސްތުވާތަކެއްޗާއި އެކު ހައްޔަ ރުކު ރި. މިއަދު އޭނާ ހު ރީ ޖަލުގޮޅީގަތޯ ބަލަން ދާންވީތަ؟ ހަމަ ޔާމީން ސަ ރުކާ ރު އެއީ. މި ސަ ރުކާ ރު ވެސް ތިގޮތަށް ބަލަންޏާ ފެއިލް. ލާ ރިކޮޅު އަޅާލީ، މިނިވަންވީ. ދޯ މަލް؟

    2
    1
  32. މަލިކާ

    ބޯނޖެހޭނެ ބޮވެންޖެހޭނެ މީމަޖިލީހުގެ ރައީސް ބުނިއެއްޗެއް

  33. އަޙްމަދު

    ތިކަހަލަ މީހުންނަށް ފިލްމީތަރިންނޭ ކިޔާތަ! ކިޔާބަލަ ޑްރަގް ޑީލަރުންނޭ. ތިކަން ސާބިތެއް ނުވަނެ! އެކަމަކުވެސް އެނާ ނުކުރާކަމަކަށް ތިކަން ނުވާނެ!

  34. ކޮތަރުބިސް

    މިސަރުކާރުގަ މަސްތުވާތަކެއްޗާ މާރާމާރީއާ ވައްކަމާ އެއްޖިންސުން ގުޅުންހިންގުމާ ﷲ އާ އެކަލާނގެ ރަސޫލާޔައް ފުރައްސާރަކުރުމާ މިހެން ކިޔާނެކަމެއްނެތް ލާދީނީ ހަޑިމުޑުދާރު އެއްވެސް ކަމެއް މިވެރިކަމެއްގަ ސަރީއަތަކުންސާބިތެއްނުވާނެ މިކަހަލަ ކަންތައްކުރާ ހުރިހާމީހުންގެ ދިފާއީހެކި މާވަރުގަދަވާނެ އެ ހެއްކަކީ ކެނެރީގޭ ނަށީދު

    2
    1