އަންނަ އަހަރު ސްކޫލް ދަރިވަރުން ސްކޫލަށް ގެންދަން ބޭނުންވާ ތަކެތި ހޯދުމަށް ސްކޫލުން ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް، ތަކެތި ދޫކުރަނީ އެކަމަށް ރަޖިސްޓަރކޮށްފައިވާ ބުކްޝޮޕްތަކުން ކަމަށާއި، އެ ބުކްޝޮޕްތަކުން އެއްވެސް ހަދިޔާއެއްލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަކީ މަނާކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، 2020 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބޭނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި އަންނަ އަހަރުގެ ވައުޗަރާއި ގުޅިގެން އެއްވެސް ހަދިޔާއެއްލިބޭ ޕްރޮމޯޝަނެއް، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 2020 ޖަނަވަރީ 31 އާއި ހަމައަށް ހިންގުމަކީ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މަނާކަމެއް ކަމެއް ކަމަށްވެސް އެ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެފަދަ ހަދިޔާއެއްލިބޭ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވުމަށް ބެލެނިވެރިންނަން ވަނީ އެ މިނިސްޓްރީން އިލްތިމާސްކޮށްފައެެވެ.

އަންނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ރެޖިސްޓްރީ ކުރުމަށް ހުޅުވާލި އެވެ. ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރާނީ އެ ފުރުސަތުގައި ރެޖިސްޓްރީ ކުރި ފަރާތްތަކުން އެކަންޏެވެ.

އެެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްޓޭޝަނަރީ ވައުޗަރަށް ދޫކުރަން ހުއްދަ ދީފައިވާ ބުކްޝޮޕްތަކުގެ ލިސްޓެއް ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު