އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ރޭގެ ވަގުތެއްގަ ހައްޔަރުކުރެވިފަވާ ކަމަށް ބުނެ ޗެނަލް 13 ގެ ނިއުސް ރީލުގައި ދޮގު ޚަބަރެއް ގެނެސްދީފައި ވާތީ، އެ ޗެނަލްއާ މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން މީސް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ ޚަބަރެއްގައި ބުނެފައި ވަނީ ބަނގުރަލުގެ މައްސަލައެއްގައި ރޭ މިނިސްޓަރ ޝިފާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަތޮޅުވެހީގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ހަބަރަކީ އެއްވެސް ހަޤީޤަތެއް ނެތް ތުހުމަތެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ހާމަކުރައްވާފައިވާ ކަމަށެވެ.

"މިފަދަ ޒިންމާދާރުކަންކުޑަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކޮށް، މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މިޕާޓީން ގޮވާލަމެވެ". އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ، މިއީ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް މިޕާޓީން ބޭރު ފަރާތްތައް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއްކަމަށް ދެކޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. މާލެ ބޭބެ

  ފިޔަވަޅު އަޅާ ފައިބުޑަށް ނުވެއްޓޭ ނޫސްތަކާއި އިދިކޮޅު ފިކުރުގެ ރައްޔިތުންގެ ދޫ ބުރިކޮށްލާ...
  ޖައްބާރު ޚޮދު މުޚުތާރު މިވެރިކަން ވެގެންދާނީ ސާބިއާގައި އާއި ހެޓލަރ އަދި ސްޓާރލިންފަދަ ޖައްބާރުން ކުރި ފަދަ ރައްޔިތުން ފިއްތާ ވެރިކަމެއް؛ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުން ކަޓުވާލި މިވެރިކަން ނިންމަން ދިގުލާ މުޒާގަރާތައްކުރަންޖެހޭ... ނޫން ނަމަ ވެލިކާންޖެހި ފަގީރު ދާޚިލީ ހަމަ ނުޖެހުމެއްގައިވާ ޤައުމަކަށްވާނެ...

 2. ފާދިގު މަކުނު

  މަޑިސީލަ ކޮމިސަނުން މިރޭ ހެއްކާގަރީނާއެކު ފުޓޯ ނުވަތަ ވީޑިޔޯއެއް އޮތިއްޔާމު ހާމަކުރުން އެދެން ނުބޯނެކޭ ނުބުނާނަން ބޮއެގެން ދެމޭއެއްޗެހިތަކެއް !!!!!

 3. reader

  ފުރަތަމަ އެމް ޑީ އެން ރިޕޯޓު ހެދިމީހުނައް ފިޔަވަޅު އަޅާާ..........
  މި ބައިގަނޑު ގެ އީމާން ތެރިކަން ކޮބާ؟
  ވަކި މީހަކައް ވަކި ގޮތެއް ނެހެދޭނެ...

 4. މަގެ ޗެނެލާ ނުކުޅެއްޗޭ

  ޗެނެލް13ބަންދުކުރީމަތާ މިވެރިންގެ ބަތާނައިގެ މިލަކޮޅެވެސް ރައްޔިތުންނަ ނުފެންނާނީ.. މިގައުމުގައޮތް ހަމައެކަނި ސަރުކާރުންހިންގާ ވަގުމަކަރު ހާމަކޮއްދޭ މީޑިޔާ ބަންދުކުރުމުން ނޫސްވެރިކަން މިނިވަންވެ ކިބުލުގެ އަގަޔަށްލެވުނީ... ޗެނެލް13އަށް ހަމަލާއެއް ނުދެވިގެންއުޅޭނެކަން ރައްޔިތުންނަ އިގެޔޭ.. މޑޕ އިސްވެރިން ޝަރާބު ނުބޯކަމަކަށް ރައްޔިތުންނަކަނޭގޭ ފުލުހުންވެސް މިކަމުގަ ނުހަދާނެ ތެދެ ހަނުތުބޭނީ ނޫނީ ދޮގުހަދާނީ... ޗެނެލް13ކުޅެން ނުހަދައްޗޭ މިވެރިކަމުގެ ބޮޑުން ބޯއެއްޗެބޮއިގެން ގައުމު ސުއްނާފަތިކުރާއިރު ބަހެއްބުނަން ކެރޭ ދެމީޑިޔާއެއް އޮތީ އެއީ ޗެނެލް13އާ ވަގުތުނޫހާ.. ވަގުތުނޫސްވެސް ވައްތަރަކަށް އަރިވެފައޮންނަނީ ސަރުކާރުން ޗާޕްކުރާ ނޫޓްތަކަށް.. ފޮނުއަރުވާ ސުރުހީ ބަދަލުކުރަނީ މަދުންނަމަވެސް. ރައްޔިތުން ނިކަމެތިވިދުވަހު ވަގުތުވެސް ރައްޔިތުންނާ ގައުމުދޫކުރަމުންދަނީ.. އިއްޔެ ރައްޔިތުމީހާގެ ޒަޙަމަށް ފަރުވާދޭން ހޭހަންކުރި ވަގުތު މިއަދު މޑޕ އިންޑިޔަންޕްރެސްއަކަށް ވަނީތޯއްޗެ..

  34
  1
 5. ޟަރުއާން

  އޭނަ ރީތިރަށްރިސޯޓުގަ ބުއީ މާމުއިތޯ

  35
  1
 6. އސ

  އެމްޑީޕީވެސް މީޑިޔާދެކެ ހާދަ ބިރެކޭ ތިގަންނަނީ. ގަލަމުގެ މިނިވަންކަމަކީ ހައްގަކަށް ނުވަނީތޯ؟ ދީނީ އިލްމްވެރިންގެ އަގު ވައްޓަމުން ތިޔަދުވަނީ އެވެރިންގެ ހައްގު ނެތީމަތޯ

  41
  1
 7. ޝާހް، ރ.ވާދޫ

  ބީތާތަކާ، ތިހެން ފިޔަވަޅު އަޅަންޏާ ރައްޖެޓީވީ ކޮންމެ 6 ގަޑިއަކުން އޮންނާނީ ތިބުނާ ފިޔަވަޅުގެ އަޑީގަ. އެހެން ބައެއްގެ ކަމެއްވީމަ ހޭކެނޑެނީ. އެމްޑީޕީން މިސަރުކާރުގަ ފާޅުގަ މިކުރާ ނުބައިނުލަފާ ކަންކަމާ ފިޔަވަޅުއަޅަން ގޮވިއްޔާ މާތާހިރުވާނެ.

 8. އައްޑޫ މީހާ

  އޭނާ ހައްޔަރުކުރި އެކަމަކު އެމް.ޑީ.ޕީ މީހުން ބޭނުންވާ ގޮތައް އޭނާ ދޫކޮށްލީ ހަމީދު

 9. ތަރަ

  ރަގަޅައް ވިސްނާފަ ފިޔަވަޅުއަޅާތި. ދޮގު ހަބަރެއް ނޫންކަން ސާބިތު ކޮއްދޭއިރު ސާބިތުކޮއްދޭނީ ރައްޔިތުންނައް ފެންނަ ގޮތައް.

  27
 10. Anonymous

  ސަފާރީ އަށް އަރާވެސް ބޮނީޑޮންޑޮން ބާ؟

 11. ީލލލމަ

  ޙިޔަވަލަން އަވަސްކުރެ

  1
  2
 12. ބޮޑު ހަސްންބެ

  ބަލަ ނޫސްވެރިކަމުގެ މިނިވަންކަބން އޮންނަނީ ރާއްޖެ ޓީވީއަކަށް އެކަންޏެއްނޫނޭ. އާން ވާނީ އެހެންނު ލައިވް ކުރާ ސިސްޓަމްވެސް ރާއްޖެޓީވީއަށް ހަދިޔާކުރީ އިޒްރޭލުގު ކުންފުންޏަކުންވިއްޔާ.

  • ކަނީރު

   އަސަރުކުރީދޯ

 13. މިއަދު

  ފިޔަވަޅު އަޅާ މިއަދު 2:30 ގެ ކުރިން ފިޔަވަޅު ނައަޅައިފިނަމަ އިތުރަށް ފަޟީހަތްވާނެ އަވަސްކުރޭ އެމްޑީޕީ ކުދިން އިސްޖެހޭވަރުގެ ޚަބަރުތަކެއް މިއަދު 2:30 ގައި ޢާއްމުކުރާނެކަމަށް ބުފައޮތީ އެއިގެކުރިން ފިޔަވަޅުއަޅާ ތަންބަންދުކުރުވާ އަވަސްކުރަން މަޖިލިހަށް ކުއްލިމައްސަލައެއްހުށައަޅާ މަޖިލިސް އެލާޓަށްވެސްގެނޭ ޕޮލިސްކޮމިސަނަރަށް މައްސަލަ ހުށައަޅާ ގައުމުގައިތިބި ހުރިހަފުލުހުން އެތަނަށްވައްދާ ނޫންނަމަ މިއަދަކީ ބޮޑުދުވަހެއް އެމްޑީޕީ ކުދިން ފިޔަވަޅު ނުނެގޭވަރުކުރާނެ