މަސްތުވާތަކެތި ބަންދުކުރަން ތިއްބައި ލަވަކިޔުންތެރިޔާ މުހައްމަދު ރީހާން އާއި އޭނާގެ ލޯބިވެރިޔާ ވަސްމާ އަބްދުއް ސައްތާރު ހައްޔަރުކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ އާއި ގުޅިގެން އިތުރު 2 މީހަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި އަތަމާ ޕެލަސް ގެސްޓު ހައުސް ތެރެއިންނެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި އެމީހުން ތިބި ތަނުން މަސްތުވާތަކެތީގެ 3 ބާވަތެއް ފެނިފައި ވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން، އެމީހުން ހައްޔަރު ކުރި ފަހުން 3 ފަހަރެއްގެ މަތިން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. އެންމެ ފަހުން ބަންދުގެ މުއްތަދު އިތުރު ކޮށްދިން އިރު ޖަހާދީފައި ވަނީ 5 ދުވަހެވެ.

މި މައްސަލާގައި ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ފުލުހުން ހައްޔަރު ކުރާ ވަކި ފަރުދުންގެ މައުލޫމާތު މީޑިއާތަކަށް ނުދޭ ކަމަށެވެ.

ރާއްޖޭގެ ނަން މަޝްހޫރު ބޮޑުބެރު ގްރޫޕަކަށް ނިސްބަތްވާ ރީހާން އާއްމުގެ ތެރެއަށް މަޝްހޫރުވެގެން ދިޔައީ މޯލްޑިިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އެންދެރި

    އަންނި މިކުދީންގެ ދިފާއުގަ ތެޅެންފަށާނެ އެވެ.

    301
    62
  2. ލާމް

    މިހާރު ހުންނާނީ ރަނގަޅަށް ލަވަ ކިއިފަ?

    327
    7
    • ޝާހް، ރ.ވާދޫ

      ކޮންމެ ނުބައިކަމެއްގެ ފަހަތުގަ، ކޮންމެ ނުބައިމީހެއްގެ ދިފާއުގަ ގ. ކެރީގޭ މުހައްމަދު ނަޝީދު ނުކުންނާނެކަން އެއީ ޝައްކެތް އޮތްކަމެއްނޫން. މިކަހަލަގޮތަކުން ނޫން ކަމަކުން އޭނަކޮޅަށް އަރާނެ ހަމަ އެކަކުވެސް މިދިވެހިރާއްޖޭގަ ނުހުންނާނެ.

      185
      49
  3. ޜާޅުގަނޑު

    ފޮނިކަންމަތީ އުޅެވިއްޖެ އެންނު ރީޙާނު މާ ފުއްޕާފަ!!!ހެހެހެ އަހަރެން ކަލޭ ބަސްޓު ކޮއްލީ

    158
    8
  4. ބަޑު

    ޒުވާން ކުދިން ތިހެން ނޫޅެބަލަ!

    158
    2
  5. ކިނބޫ

    "މީހަކު ޕެކެޓެއް ބަންދު ކުރިޔަސް އަގީދާއަކަށް ގޮތެއް ނުވާނެނު. ކީއްކުރަބް ހައްޔަރުކުރީ؟" -ކިނބޫ ރައީސް-

    115
    58
    • ާކީކޭ

      ޖަލަށް މީހަކު ގެންގޮސްދާނެތީ މޮޔަވެފަ ތިހިރީ

      57
      9
  6. ނަބާ

    މިހާރު ހުންނާނީ ރަނގަޅަށް މަޝްހޫރުވެފަ !! ދެންގޮސް ޖަލުގައޮވޭ ލަވަކިޔަން!! ޙަރާމް ކަމަކުން މަޝްހޫރުވާން ފެށީވެސް ، އެހެންވީމާ ވާނެގޮތް ތިފެންނަނީ!!

    163
    11
    • ކިއުން ތެރިއެއް

      ލަވަ ކިއުން ހަރާން ކަމެއްބާ؟ ސާބިތު ހެކި ދައްކަބަލަ؟

      11
      35
      • މަވެސް މީ ކިޔުންތެރިއެއް:

        އިލްމުވެރިޔެއް ކަިރި އަހާބަލަ.ޖާހިލުކަމަކީ ހިސާބުބެއްލެވޭ މައިދާނުގައި އުޒުރެއްނޫން..

        114
        1
      • ކޮންމެސް މީހެއް

        އެއީ ހަރާމް ކަމެއް

        118
        2
      • މަށަކީ ވެސް

        ޙަދީޘެއް ދައްކައިފިއްޔާ ކިޔަން އިނގޭނެތަ؟ އެއީ ސާބިތު ހެއްކެއް ކަމަށް ގަބޫލުކުރާނަންތަ؟ ނޫނީ ތިމާ ބޮލަށް އިބިލީސް ސަވާރުވިޔަ ދީގެން އެވެސް ދޮގު ކުރާނީދޯ؟ މީ ޢިލްމު ހޯދީމަ ލިބެން އޮތް ޒަމާން. ޖާހިލުކަންމަތީ ހުންނަނީ ކޮންމެ މީހަކު އަމިއްލަ އަށް އަމިއްލަ އިޚްތިޔާރުގަ.

        135
      • ނަން

        ޙެކި އެޔޮއްތީ ރަސޫލާގެ ސުންނަތުންނާއި ކީރިތި ގުރުއާން އިން ސާބިތްވެފާ.

  7. އސ

    ޑިމޮކްރަސީގެ ތަނބެއް ލަވައާއި މިއުޒިކަކީ. މިމީހުން ސަލާމަތްކުރަން އަންނި ނުކުންނާނެކަމީ ޝައްކެއްނެތްކަމެއް

    123
    16
    • ބުރާންޗޯ

      މޯލްޑިވިއަން އައިޑޮލް ބާއްވަން ފެއްޓީ ކޮން ސަރުކާރެއްގައި..
      ނިއު އިޔާރ އެކޭ ކިޔާފަ ކޮންމެ އަހަރަކު މިއުޒިކް ގުރޫޕާއި ނަށާ ކުދިން ގެނެސް ނެށުވީ ކާކުބާ؟

      80
      65
      • އެނގިއްޖޭ

        އެއީ އަދީބު ސަރުކާރުގައި..

        43
        2
    • ވަގު

      މޯލްޑިވިއަން ޝޯ ނެތް
      އާއަހަރު ފާހަގަ ކުރަން މިޔުޒިކް ގުރޫޕް ތަކާއި ކަސްބީ އަންހެން ކުދިން ނުގެނޭ.......

      ޖަލަށް ޖަލަށް ލާނެޔޭ
      ނުބައިވީމާ ހުކުމް ކުރާނެ 5-15 ޖަލަށް

      35
      21
  8. ާއިސްމަތު

    ޙަމަތެދެއް ތިބުނި

    44
    12
  9. ސަރީފް

    މަޖިލީހުން ތިމައްސަލަ ބަލަން ފެނޭ!!!

    48
    6
  10. ޖިންނި

    ގަންޖާބޯ ރޫޙާނީ ކަލޭގެ ރުޅި އަންނާނެ

    33
    7
  11. ސިގާމަ

    ރީހާނު މަސްތުވާތަކެތި ނުބޮއެ ބިޓާއެކު އެހެން އެއްޗެއް ބުއިނަމަ މިވެރިން އަޅާވެސް ނުލީސް.

    36
    1
  12. އަހަރެން

    އަދި މިހާތަނައް ވަގުތު.އެމްވީ ވަރުގެ ނޫހެއްނުދެކެން ވަގުތު ނޫސްމަޖަލާ އަކީ ހަމަ ސީދާ ( އޭ ސްޓާރ ) ދޭވަރުގެ ނޫހެއް އަވަސްހަބަރު އެންމެ ހޫނުކަންމަތީ ދޮގުހެދުމެއް އޮޅުވާލުމެއް ނުހިމަނާ ރައްޔިތުން ކިޔާހިތްވާގޮތައް ހިތްދަމައިގަންނަގޮތައް ހަބަރުތައް އަބަދުވެސް ގެނެސްދޭ ނޫހެއް،ވަގުތުގެ ހުރިހާސްޓާފުން ތިޔަކުރައްވާ ބުރަ މަސައްކަތައް އައްސަރިބަހާއި ސާބަސް ރައްދުކުރަން އެހެންނޫހެއް ބަލާހިތެއްވެސްނުވޭ

    43
    23
  13. ޕީޖޭ

    އަންނި އެންމެ ފަހުން އަންހެން ފިލްމިސްޓާރެއް ރަށަކުން ހައްޔަރުކުރީމަ ބުނި ދައުލަތުގެ ޓެކްސް ފައިސާއިން ކީއްކުރަންހޭ ބޮޑު ޚަރަދުކޮށްގެން ޖޫސްޕެޓީ ކޮތަޅެއްގައި ހުރި މަސްތުވާތަކެތި އަތުލައިގަތީ..އެހެންކަމުން މިސޮރު ދޫކުރަންވެސް ގޮވާނެކަމާއިމެދު ޝައްކެތްނުކުރަން..ބޭހުގެ ގޮތުގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ހުއްދަކުރަން އުޅޭކަމަށް މަޢުލޫމާތު ލިބޭ މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން..އަންނިއަށް ހެޔޮވިސްނުން ދެއްވާށި..ކޮންމެ މަސްތުވާއެއްޗަކީ ރަލާއި އެއްގޮތަށް ހަރާމްކުރައްވާފައިވާ އެއްޗެހި...ވެރިކަންކޮށްފައިވާ ފަރާތްތައް ބަދުނާމު ކުރާނެކަމެއް ނެތް...މައްސަލައަށް ހައްލެއް ލިބޭތޯ ބަލަންވީ ދީނީ ގޮތުން...

    32
    2
  14. މިތާ

    ވަގުތު ނިއުސް ހަމަހަމަ ކަމާ އެއްކޮށް ކިޔުންތެރިން ފޮނުވާ ކޮމެންޓް އަޕްޑޭޓް ކޮށްބަލަ...
    މީ ޔާމިން ޔާމިން ބުނި އަފިހުން ބަންދު ކުރަނީ, ރައީސް ޔާމިން ސަރުކާރުގަ ތަޢާރަފްކުރި އެއްޗެއް ތި އައިޑޮލް. ހަމަ އެބޭ ޕޯޑިއަމަށް އަރާ ޒުވާނުނަށް ގެނެސްދޭން ބުނި އަފިހުނަކީމި... ދެން މިކަމާ ނަޝީދު އަންނަންވީ ކީއްވެ ކަމެއް ނޭނގެ؟

    26
    32
  15. ރަޝީދު

    މިޔުޒިކްގެ ތެރޭއުޅޭ ގިނަ މީހުންނަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ، މީކީ ހައިރާން ވާންޖެހޭ ކަމެއްނޫން އަދި މައްސަލައެއްވެސްނޫން

    55
    3
  16. ސޯން ޕޯލް

    މަަސްތުވާ ތަކެތިން ޓެކްސަ ނަގަން ފެނޭ..އަދި އެ ޕެކް ކުރާ ޕެކެޓް އިން ޑިއުޓީ ބޮޑު ކުރަން ފެނޭ

    28
    2
  17. ފާތުން

    ޔާނު ނަމަ މިހާރު ޒުވާނުންގެ ދެފައިގަ ދޫލާފަވެސް އެމީހުން ހައްޔަރު ވިއަކަ ނުދޭނެ. ޔާމިނަކީ ޒުވާޏުންގެ ރައިސެއް

    11
    11
  18. Anonymous

    މިއީ ފެންވަރަކީ ލާދީނީ މީހުންގެ

    16
    1
  19. އެޑްވަޑް ބާމުންޑޭ

    އަބަދު ހަމަހޭގަ ހުރެގެނެއް ލަވައެއް ނުކިޔޭނެ.

    15
    2
  20. މުރުތައްދު ޖާބިރު

    ފައިނަލީ.އައި ފީލް ޔޫ ބްރޯ.އީޓް ވެލް ސަމް މުގު ރިހަ..

    7
    2
  21. ބިންދޫ މާލި

    އެބުނާހެން ބަސް އަހާ

  22. ސަޓޯ

    ވަސްމާ ޔޭ ؟؟ ލޮލް ހަކުރު ވަސް ބާ ؟؟

    10