ކުރީގެ ދެ ރައީސުންނާއި, ދެ ފަޑިޔާރުން އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރި ދެބޭފުޅުން ޖަލުގައި ތިބި އިރު އެންމެ އުފަލުގައި ހުންނެވީ ޣައްސާން މައުމޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިހެން ވިދާޅުވީ އޭނަ ކުރި ޓްވީޓެގައިއެވެ. މުސްތަފާ އެޓްވީޓްގައި ވަނީ ކުރީގެ ދެ ރައީސުންނާއި، ދެ ފަޑިޔާރުން އަދި ކުރީގެ ދެ ސީޕީން ޖަލުގައި ތިބި އިރު އެންމެ އުފަލުގައި ހުންނެވީ ޣައްސާން މައުމޫން ކަމަށާއި ބައްޕާފުޅަށް ވުރެން ލޯބި ވަނީ މަގާމު ދެކެ ކަމަށް ވިދާޅުވެ ސްޓޭޓް މިނިސްޓަރ ކަމަކީ ކިހާ އަބުރުވެރި މަގާމެއް ތޯ ސުވާލު އުފައްދާފައެވެ.
2 Raeesun. 2 Fandiyaarun, 2 CP, jaluga, enme ufaluga ulhuhvanee Gassan Maumoon! Bahpaafulhu ah vure vure loabi vanee magaamu dheke!
State minister kamakee kihaavareh ge aburuveri magaamehtho?😂— Mohamed Musthafa (@Thimarafushi) April 11, 2018
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން، އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ދާދި ފަހުން ސަރުކާރުން ވަކިވެވަޑައިގެންފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި މި ވަގުތު ހުންނެވި ރައީސް މައުމޫންގެ ހަމައެކަނި ބޭފުޅަކީ ވެސް ޣައްސާން އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.
މުޞްތަފާ.. އެހެންވެ ދޯ ނެރުމަތީގަ އެތައް ގަޑިއިރު ވަންދެން ޣައްސާނުމެން ބޭތިއްބީ... ތި ވާހަކަ ދައްކަން މުޞްތަފާ ލަދުގަންނަން ޖެހޭނެ... ދެރައީ ލަދެއް ޙަޔާތެއްވެސް ނެތީމަ.
ޣައްސާނަކީ މުސްތަފާގޮތަށް އުޅޭނެ ނޫޅޭނެ ގޮތެއްނޭގިގެން މަގުމައްޗަށް ނުކުންނާނެ ކުއްޖެއްނޫން، އެއީ އާޢިލާދެކެ ލޯބިވާ، ހެޔޮވިސްނޭ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިވަރެއް. އެބޭފުޅާ ޤަބޫލުކުރައްވައި ކަކޫމައްޗަށް އަތް ވެއްޓޭނެކަން !
މުސްތަފަ އޮޅގެން ފިތަލަފާނެ ކޮންމެފަދަތާކަށް ވެސް މުސްތަފާ އަކީ ކުޑަކޮށް ލޭމައްޗާދަ މީހެއް ވިސްނާތި ވާނުވާނޭގޭ ބޮލުރޮދި ކެނޑިފައިހުރި ތާވަޅެއް
ލަނޑާ ނަގާ ބަޔަކަށް ކުރި މަސައްކަތުގެ ލާރިނުލިބިގެން އެބައުޅޭ! މިކަން މުސްތަފާބެޔަށް އަންގާލަބަލަ!