ރާއްޖޭގެ ވަރަށް ގިނަ މީޑިއާތަކުން މިއަދު "ވަގުތު" ގައި ގެނެސްދިން ޚަބަރެއް ކޮޕީ ކޮށްފިއެވެ.

މީޑިއާތަކުން ކޮޕީ ކޮށްފައި ވަނީ ފިލްމީތަރި މަލީހާ ވަހީދު (މަލް) އާއި އިތުރު އަންހެނެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ އާއި، ކެނެބިސް ބޭނުން ކުރުމުގެ ދަޢުވާ އާއި ގުޅޭ ޚަބަރެވެ. އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގެ ޚަބަރު މީޑިއާތަކުން ގެނެސްދިން އިރު ޝަރީޢަތުގެ މަޖިލީހަށް ވަން ހަމައެކަނި މީޑިއާ އަކީ "ވަގުތު" އެވެ.

ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތައް ރާއްޖޭގެ އެހެން މީޑިއާތަކުން ގެނެސްދީފައި ވަނީ "ވަގުތު" އަށް ހަވާލާ ދިނުމެއް ނެތި އަމިއްލަ އަށް އެ މީޑިއާތަކުން ކަވަރު ކުރި ޚަބަރެއް ކަމަށް ދޭހަވާ ގޮތަށެވެ.

"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ މިފަދަ އަމަލުތަކަކީ ނޫސްވެރިކަމުގެ އަޙްލާޤީ މިންގަނޑުތަކާއި ހިލާފު ކަމެއް ކަމަށާއި ނަމަވެސް "ވަގުތު" އާއި ބެހޭ ގޮތުން މީސް މީޑިއާގައި ތަފާތު ވާހަކަތައް ދައްކާ ފަރާތްތަކުގެ ކިބައިން މިފަދަ އަމަލުތައް ފެނުމަކީ ހިތާމަކުރާކަމެއް ކަމަށެވެ.

"ތާޒާކަމާއި އެކު އެންމެ އަވަހަށް ޚަބަރު ގެނެސްދިނުމުގައި "ވަގުތު" މިއީ ރާއްޖޭގެ އެއްވަނަ. އަޅުގަނޑުމެން ގެނެސްދޭ ޚަބަރުތައް މީގެ ކުރިން ވެސް ބައެއް މީޑިއާތަކުން ކްރެޑިޓް ނުދީ ބޭނުން ކޮށްފައިވޭ. ނަމަވެސް މިހައި ގިނަ މީޑިއާތަކަކުން މިގޮތައް އަޅުގަނޑުމެންގެ ޚަބަރެއް ކޮޕީ ކުރިކަން މީގެކުރިން ފާހަގަ ކުރެވިފައެއް ނެތް." އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" ގެ ޚަބަރު މިއަދު ކޮޕީ ކުރި މީޑިއާތަކުގެ ތެރޭގައި ނަން މަޝްހޫރު މީޑިއާތައް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހިޔާލު

    ސާބަހޭ ވަގުތުނޫސް

    67
    11
  2. ވަގުތު

    ހަމަ ހަބޭސް

    59
    8
  3. އަހަންމަދު

    ތިޔައީ އެވޯޑެއް ދޭ ވަރުގެ ކަމެއް ?

    48
    7
  4. މައިކާލޯ

    ވަގުތު ނޫސް ހަމަ 1 ?????

    46
    8
  5. ބެސްޓް

    ވަގުތު ނިއުސް ހަމަ ބެސްޓް. ވަަރަށް ކަމުދޭ!

    43
    9
  6. ޝާހް، ރ.ވާދޫ

    ބަސްޓުވީ. އަތަށް ގޮވީ.

    8
    2
  7. ހާމިދު ޝާހިދު

    "ވަގުތު" އެއް ވައްޓާ ނުލެވޭނެ "މިހާރު" އަކަށެެއް، "އަވަސް" އަކަށެއް، "ސަން" އަކަށެއް، އަދި ކީއްތޯ "ޕީއެސްއެމްނިއުސް" އަކަށެއް. ސާބަސް!

    39
    10
  8. ޖިންނި

    ވަގުތު ބަރާބަރު އެންމެ ރުޅި އަންނަނީ ހާރު ނޫސްދެކެ ޔަހޫދީ ކަމުން

    36
    6
  9. ސިކުނޑި

    ތިއީ، ދައުވާ ކުރެވޭނެ ކަމެއް

    31
    4
  10. ޅޮލް

    "ޥަގު" މީހުން މީ ދެން ކޮޕީ ކުރާ ބަޔެއް ނޫނޯ. ޅޮލް

    17
    34
    • ޟ

      ޙަޖަމް ކު ރަން ދަސް ކު ރޭ..ވީ ލަވް ވަގުތު..

      8
      2
  11. އަބުޅޮ

    ކޮޕީ ކުރި ބައެއްގެ ނަން ޖަހާލިނަމަ

  12. ޢާފި

    ކިޔުންތެ ރިއެއްގެ ހައިސިއްޔަތުން މި ބުނަނީ. ވަ ރަށްގިނަޚަބަ ރު ހު ރޭ ވަގުތު ނޫހުގަ ހުންނަ އިބާ ރާތް ތަފާތުވެސް ނުކޮށް ހަމައެޚަބަ ރު ކޮޕީކޮށްފަ. ޓީވީތަކުން ޢާމުކޮށް ކިޔާޚާބަ ރު އެ އިބާ ރާތް ވަގުތުން ކު ރިން ކު ރިން ކީފަ ހުންނަނީ

  13. ވަގުތުނޫސްބެސްޓް

    އަދި މިހާތަނައް ވަގުތު.އެމްވީ ވަރުގެ ނޫހެއްނުދެކެން ވަގުތު ނޫސްމަޖަލާ އަކީ ހަމަ ސީދާ ( އޭ ސްޓާރ ) ދޭވަރުގެ ނޫހެއް އަވަސްހަބަރު އެންމެ ހޫނުކަންމަތީ ދޮގުހެދުމެއް އޮޅުވާލުމެއް ނުހިމަނާ ރައްޔިތުން ކިޔާހިތްވާގޮތައް ހިތްދަމައިގަންނަގޮތައް ހަބަރުތައް އަބަދުވެސް ގެނެސްދޭ ނޫހެއް،ވަގުތުގެ ހުރިހާސްޓާފުން ތިޔަކުރައްވާ ބުރަ މަސައްކަތައް އައްސަރިބަހާއި ސާބަސް ރައްދުކުރަން އެހެންނޫހެއް ބަލާހިތެއްވެސްނުވޭ

  14. އެންދެރި

    ރަނގަޅު ވާހަކަ އެކެވެ.

  15. ބަނަސީ

    ވަގުތު ގަދަވާނެ، ތިޔަ އުޅޭ އެހެން ނޫސްތައް ޖެހޭނީ ވަގުތު ކައިރީ "ހުނިގާނަން". ވ ވާހަކަ މީ...........

    3
    2
  16. ނަސޭހަތް

    ވަގުތުގެ ޚަބަރުކޮޕީކުރަނީ ވަގުތުނޫހުން ގެނެސްދެއްވާ ޚަބަރުފުރިހަމަކަމުންކަމުގައިދެކެން މިއީ
    ކުރިންވެސް ހީކުރެވުނުކަމެއް މިހާފުރިހަމަޚަބަރުގެނެސްދެއްވާ ނޫހެއް އެހެންފަރާތަކުން ކޮޕީނުކު
    ރާނެބާއޭ މިހާރުމިއޮތީ މިކަންވެސް ހަގީގަތަކަށްވެފަ ތެދެއްބުނަންތޯ މިއީއަޅުގަނޑުގެ ޚިޔާލު އެންމެ ފުރިހަމަނޫހަކީ ވަގުތުނޫސް ވަގުތުނޫހުގެ ހަރިހާބޭފުޅުންނަށް ޝުކުރިއްޔާ ތިފުރިހަމަކަމުގަ
    ދެމިތިއްބަވާނެކަށް އުއްމީދުކުރަން ﷲ ތިޔަކުރައްވާމަސައްކސތް