ކޯޓަށް ހާޒިރުކުރަން ފިލްމީތަރި އަލީ ފިރާގު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި އަމުރާ ގުޅިގެން ހޯދަމުންދަނީ މާލެ، ގ.ރެއިންބޯ، ޢަލީ ފިރާޤް (54އ) ކަމަށާއި އޭނާ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރުމަށް ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2019 ނޮވެމްބަރު 19 ވަނަ ދުވަހުގެ 13:30 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ ޢަލީ ފިރާޤާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

އަލީ ފިރާޤު ހޯދަން ފުލުހުން މިދިޔަ އޮކްޓޯބަރ މަހު ވެސް އިއުލާން ކުރިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެންދެރި

    އާބާދީ ގެ ބޮޑު ބައެއް ބީއެމްއެލް އާ މީރާ އަށް ދަރާފައެވެ.

    7
    1
  2. ކޮތަރު

    އާބާދީގެ ބޮޑުބައެއް މީރާ އަށާއި ބީ.އެމް.އެލް އަށް ދެރިއެއް ކަމަކު މިސޮރު ދަރައިގެން އުޅެނީ އާއްމު ފަރުދުންނަށާއި ކުންފުނި ތަކަށެވެ.

  3. ކޮންމެސް މީހެއް

    ވ ހަޔާތް ކުޑަ މީހެއްތީ