ރާއްޖޭގެ އިސްލާމީ އިލްމުވެރިން އެއްވެސް މީހަކު މަރާކަށް ހިތްވަރެއް ނުދޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤު ކުރި ރިޔާސީ ކޮމިޝަނަށް ޝަހީމް ދޮގު މައުލޫމާތު ދެއްވި ކަމަށް އެކޮމިޝަނުން ވިދާޅުވެފައި ވަނިކޮށެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ސަލަފް ޖަމިއްޔާ އިން ބަޔާނެއް ނެރުމާއި އަފްރާޝީމްގެ މަރާއި ގުޅުވަން ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރުމުން އިލްމުވެރިންގެ ފާޑުކިޔުން ރިޔާސީ ކޮމިޝަނަށް އަމާޒުވެފައި ވަނިކޮށެވެ.

ޝަހީމް މިރޭ ވިދާޅުވީ ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ހުރި އެކި ޚިލާފުތަކަކީ އިލްމީ ހިލާފުތަކެއް ކަމަށެވެ. "އެއީ އެހެން ދާއިރާތަކުގެ އިލްމުތަކުގެ އަހުލުވެރިންގެ މެދުގައި ވެސް ހުންނަ މަދުރަސީ ހިލާފުތައް ފަދަ ހިލާފުތަކެއް" ކަމަށެވެ.

އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝަހީމް ވިދާޅުވީ އޭނާގެ ވަޒީރުކަމުގައި މަސައްކަތް ކޮށްފައި ވަނީ އިލްމުވެރިން އެގަލަކަށް އަރުވައި، ޚިޔާލުތަފާތުވުން ކުޑަކޮށް، ސުލްހަވެރިކަމާއި އެކު މަޝްވަރާ ކުރުމުގެ ވެއްޓެއް އުފެއްދުމަށް ކަމަށެވެ. "އަދި ހަރުކަށި ޚިޔާލުގެ މީހުން ފިކުރީ ގޮތުން ރަނގަޅު ބަޔަކަށް ހެދުމަށް ގިނަ މަސައްކަތް ކޮށްފައި ވާނެ." ޝަހީމް ވިދާޅުވިއެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝަހީމްގެ ބައިވެރިވުމެއް އޮތްކަމަށް ދެއްކުމަށް ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރި ކަމަށް ބުނެވެސް އިލްމުވެރިންނާއި އާއްމުން ގެންދަނީ ރިޔާސީ ކޮމިޝަނަށް ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެފަދަ އަނިޔާވެރި އަމަލެއްގައި ޝަހީމްގެ ބައިވެރިވުމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝަހީމްގެ ބައިވެރިވުމެއް ސީދާ އޮތްކަމަށް ރިޔާސީ ކޮމިޝަނުން ވެސް ނުބުނެއެވެ. ރިޔާސީ ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ރާއްޖޭގައި ހަރަކާތްތެރިވާ "ޖިހާދީ ޖަމާޢަތުން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެނެރީގެ ބޮންދު

    ތީ އެމްޑީޕީ މީހުން ކޮއްފަ އެހެން މީހުންގެ ބޮލު އަލުވަން ކުރާ ކަންކަން ތީގަ އާބިދާގެ ބޮންދުގެ އަތެއް ވާނެ ރަނގަޅައް ތަހުގީގު ކުރަން ގޮވާލަން

    7
    1
  2. ފާއިޒު

    ޑރ ޝަހީމު ނުވަތަ އަޅުގަނޑުގެ އާއްމު ނަމުން ނަމަ ޝެއިކް ޝަހީމަކީ އޭނާގެ މިނިސްޓަރު ކަމުގައިވެސް އަދި ޗާންސެލަރގެ މަޤާމުގައިވެސް ވަރަށް ބޮޑަށް ޞުލްޙައަށް ލޯބި ކުރައްވާ މަސްލަހަތު ހަމަޖެއްސެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް. އަދު ހަމަ އެއާއެކު ދީނުގެ އިޚްތިލާފުތައް ރާއްޖޭގއި މަދުކުރެވޭތޯ އެފަދަ ފަރާތްތަކާއި ވާހަކަ ދައްކަވާ އުޅުއްވި އިޚްލާޞްތެރިއެއް. ޑރ އަފުރާޝީމުގެ މައްސަލާގައި މަރުގެ ކޮމިޝަނަށް ދެއްވި މަޢުލޫމާތުގައި

    "އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ޝަހީމް އަފްރާޝީމާއި ބައްދަލުކުރި ކަމަށާއި އެބައްދަލުވުމަށް އަފްރާޝީމް ވަޑައިގެންނެވީ އަފްރާޝީމް ބޭނުންފުޅު ވެގެން ކަމަށް ޝަހީމް ކޮމިޝަނަށް ވިދާޅުވެފައި ވީނަމަވެސް އެއީ ދޮގު މައުލޫމާތެއް ކަމަށާއި ދެބޭފުޅުން މެދުގައި ބަދަލުކުރެވުނު އެސްއެމްއެސް އަށް ބަލާއިރު ބައްދަލުވުމަށް އަފްރާޝީމް ވަޑައިގެންނެވީ ޝަހީމް އެދިވަޑައިގަތުމުން ކަން ހާމަވާކަމަށް" ރިޕޯޓްގައި ބަޔާން ކޮށްފައިވާއިރު މިއީ މަރުކޮމިޝަނުގައި ތިބި މީހުން އެއްފަރާތަކަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން ޝައްކެއް ނެތެވެ.
    ދެންފަހެ، މީހަކު މީހެއްގާތުގައި ކަމެއް ކުރަން ކުރިން އެދުމަކީ މައްސަލައެއް ނޫނެވެ. އެގޮތަށް އެދުމުން އަނެއް ފަރާތަކަށް އެކަން މަޖުބޫރުވެގެނެއް ނުދެއެވެ. ޚާއްޞަގޮތެއްގައި އޭރު ޝަހީމު ހުންނެވީ އިސްލާމީ މިނިސްޓަރު ކަމުގައި ވީނަމަވެސް އަފުރާޝީމަކީ އެމިނިސްޓްރީގެ މުއައްޒަފަކަށް ނުވާ ހިނދު އަފުރާޝީމަކަށް އެކަން މަޖުބޫރެއް ނުވެއެވެ. އަދި ހަމަ އެއާއެކު ޝަހީމުގެ ދަޢުވަތަށް ނުރުހޭނަމަ، އޭރު މަޖުލީހުގައި އަޣްލަބިއްޔަތު އޮތް ޕާޓީއެއްގެ މެންބަރެއްގެ ޙައިސިއްޔަތުން ޑރ އަފުރާޝީމު އެކަމާ ފިޔަވަޅު އެޅުމުގެ ބާރުވެސް އޮތެވެ. އެހެންކަމުން މި މައްސަލާގައި އަފުރާޝީމަށް ޝަހީމު ދެއްވީ ދަޢުވަތެކެވެ. އެދަޢުވަތު ބަލައިގަންނަވައި އަފުރާޝީމު އަމިއްލަ ފުޅަށް ވަޑައިގަންނަވަން ބޭނުންފުޅުވެ ވަޑައިގަތުމުން އެބައްދަލުވުމަށް އަފުރާޝީމު ވަޑައިގެންނެވީކަމަށް ބުނެ އަންގަމެވެ.

    5
    3
    • މީހާ

      ކަލޭ ތިޔަ ދައްކާހާ ވާހަކަތަކެއް އަހާކަށް މަމެންނެއް ނެތީން. އަނގަމަޑުންލައިގެން ހުންނަން ދަސްކުރޭ

  3. ޖާބިރު

    މީނައަށް ބޮނަކުއާ ކިޔަނީ ކީއްވެތަ ؟ ކޮންމެސް ކުއްޖެއް ބުނެލަދީ ::::::::