މި ހަފްތާ ހުކުރު ދުވަހުގައި "ހިބަރު ވަދު" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

"ހިބަރު ވަދު"، މި ނަމުގައި ޕްރޮގްރެސިވް ކޯލިޝަން އިން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައެވެ.

މިކަމާއި ގުޅޭގޮތުން ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ "ހިބަރު ވަދު" މި ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ ވަރަށް ފޯރިގަދަ ޖަލްސާއެއް 22 ނޮވެމްބަރު 2019 ވާ ހުކުރު ދުވަހުގެ ރޭ 08:30 ގައި ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ. އަދި ގައުމު ދެކެ ލޯބިވާ ހުރިހާ ބޭފުޅުންނަށް މި ޖަލްސާއަށް ދައުވަތު އަރުވާ ކަމުގައި ވިދާޅުވިއެވެ.

"ހިބަރު ވަދު" މި ނަމުގައި ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު މިދިޔަ ހުކުރުދުވަހުގެ ރޭ "ފުނޑާލައިފި" ނަމުގައި ވެސް ޖަލްސާއެއް ވަނީ ބާއްވާފައިވެއެވެ. އަދި މިދިޔަ މަހު "އަންނަނީ އަންނަނީ" ނަމުގައި ޖަލްސާއެއް ބާއްވާފައިވާއިރު "ނުވިއެއްނު"، މި ނަމުގައި އާއި "ދަވާލައިފި" ގެ ނަމުގައި ވެސް ޖަލްސާތަކެއް ވަނީ ބާއްވާފައިވެއެވެ.

މި ޖަލްސާތަކުގެ ތެރެއިން ގިނަ ޖަލްސާތަކުގައި ރައީސް ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގަނެފައި ވީނަމަވެސް، އަންނަ ހުކުރު ދުވަހުގެ ޖަލްސާގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ކަމެއް އަދުރޭ ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފާދިގު މަކުނު

    ކިބޫ ޖަލްސާއެން ބާއްވަންވާނެ

    31
    12
  2. ޑަމީ

    ފުލުފުލުން ޕނސީ އިން މި ބާށްވާލާ ފޯރިގަދަ ޖަލްސާތަށް ވަރަށް ގަދަ! ތަންގަނޑު ވަށްޓާލަފާނެ ހެން ހީވަނީ ހަމަ. މަށާ، މަގޭ ޢާއިލާ ދާނަން. ހިބަރު ވަދު ހޯޕް ހޯޕް!!

    41
    6
  3. ބޮކި

    އެއްމިލިޔަން ޑޮލަރު ނަމުގަ ޖަލްސާ ބާއްވަންވާނެ

    28
    10
  4. Anonymous

    ކޮންމެ ރެއަކުވެސް ޖަލްސާ ބާއްވަންވީ. މިހެން ނިދަން ތިބެގެން ވާކަށް ނެތް. ޤައުމެއް ނެތް.
    މިރައީސް މީހާ ސައިޒް ކެރާންވޫ.

    48
    9
  5. މޯޑު

    ފަސްމާމުލުންގެ ހިބަރުވަދު ފޮށި މިނަމުގަ މާސަޅިއެއްނޫތަ

    12
    26
    • ވަޒީރެއާލާ

      ފަސްމާމުލުން މިހާރު ސަރުކާރާ ހަވާލު ވެގެން ތިބީ. އެއީ ، އިބޫ، ކާސިމު، މައުމޫނ، އިމްރާނު، އަންނި.

  6. ކެޔޮޅު

    އަވަސް އަވަހައް ޖަލްސާތަކާ އެއްވުންތައްބާއްވައިގެން މިސަރުކާރު ހަމަމަގައްއެޅުވޭތޯ އިދިކޮޅު ޕާޓީންވަރައްބޮޑައް މަސައްކަތްކުރަންވެއްޖެ އެހެންނޫނީ ދެންމިޤައުމުސަތޭކަޕަސެންޓް މުސްލިމް ޤައުމެއްގެގޮތުގަ މާގިނަދުވަހަކު އޮންނާނެހެން ހިޔެއްނުވެ

    41
    6
  7. އަހުމަދު

    މީހުންދާން ހެޔޮވާވަރު ތަން ތަނެއް ނޫން. ހަގިގަތާ އެއްގޮތަށް ވާހަކައެއް ދައްކާ ތަނެއް ނުފެނޭ. ކުރާ ރަގަޅު ކަމެއްގެ ވާހަކއެއް ނުދައްކާ. ދެތިން މީހަކު އަމިއްލަ ބޭނުމެއްގަ ބާއްވާ ޖަލްސާއެއްގެ ގޮތުގަ ސިފަވަނީ.

    5
    30
  8. އަދުރޭ_09

    "އެމް،އެމް،ޕީ،އާރު،ސީ ދަވާލި ބޮޑުވަގު" ގެ ނަމުގަ ޖަލްސާއެއް ބާއްވަން ފެނޭ...

    4
    28
    • އީވާ

      ތީކީ އެއްވެސް ކަމެއްނޫން، އެކަމު ބޭފުޅާމެންނަށް ކެތްވާނެތަ ތަރައްޤީގެ ވާހަކަ ދައްކަންވެށީމަ. އަދި އެމްޑީޕީ ކުދިންކޮޅަށް ރަށްތައްބެހިވާހަކަ ދައްކަންޔާ.

      17
      2
    • Anonymous

      ހާދަ އަސަ ރެކޭ ތިކު ރަނީ

      9
      1
    • އޯކޭ

      ތީއަދި މާބޮޑައްވެސް ބާއްވަންބޭނުން އެއްވުމެއް. އެކަމަކު އެއްމިލިއަން ދަވާލިވަގު ގެ ނަމަަކު ނޫން. އެއްމިލިއަން ދަވާލުމަށްފަހު އެކަމުގަބައިވެރިނުވާ މީހާ ބޮލަށްކަނޑަލިވަގުން ގަނޑު. މިނަމުމުގަ. ސަޅިވާނެތަ؟

  9. ލަބީބު

    އެއްމިލިޔަން ޑޮލަރުގެ ނަމަކުނޫން ބާއްވާނީ! ބާއްވާނީ 37 މިލިޔަން ރުފިޔާ ( 2.2 މިލިޔަން ޑޮލަރު) ގެ ނަމުގަ. އޭގެފަހން 32 ބިލިޔަން ރުފިޔާގެ ނަމުގައި!

    17
    1
  10. ބޭބެސޭޓް

    އަދުރ ރޭކަލޭމެން ތިއެއްވުންތައް މާފިނޑި .އަދިމާބޮޑަށްވެސްމަދު
    ކޮންމެ ރެއަކުވެސް އެއްވުންތައް ބާއްވަންވީ. ތިންބާ ރު އެއްބާ ރައްވިމަޖިލިސް.. ޖޭޖެއްސީ. ޖޫޑިޝަރީއަށް ބޯގަޅާލި. ފަނޑިޔާ ރުން އުލުބޭންދި. ތަޅާނެކުދިންކޮޅެއް. ގައުމުގަހުޅުދާންކު ރި. ކެނެ ރީދާއްބަ. މިހެން އެކިނަންނަމުގަ އެއްވުންތައް ބާއްވަންވީ .ބަޖެޓުފެންފޮދަކާނުލާ ދި ރުވާލި. ޕް ރިޕެއިޑްއުދުހޭވަޒީ ރު. މިހިރީހައްތަހާވެސް އެއްވުންތަކަށް ދޭންވީނަންނަން. އެމްޑީޕީކުދިންކޮޅު ހިފިނުހުންނާނެ މޭކަ ރާގަނެގެން ގާވެސްއުކާނެ. އެކަމަކު މިގައުމުސަލާމަތްކުރެވެންއޮތީ މިގޮތުން.

  11. ރައްޔިތުން

    މަރު އޮޅުވި ، މި ނަމުގައިވެސް ޖަލްސާއެއް ބާއްވަން ފެނޭ