ޗެނަލް 13 އިން ގެނެސްދިން ޚަބަރަކާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "އުދާސްތައް" ޓްވިޓާ އަށް ބަންޑުކޮށްލުމުން އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ސުވާލުތަކެއް އިޒްމިއާ އަށް އަމާޒުވެއްޖެއެވެ.

އިޒްމިއާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޗެނަލް 13" ގެ އެއްވެސް މުވައްޒަފަކާއި އޭނާ އިއްޔެ ވާހަކަ ނުދައްކާ ކަމަށެވެ. "ޚަބަރު ފަތުރާއިރު ސައްހަ މައުލޫމާތު ފެތުރުމަކީ މުހިއްމުކަމެއް ކަމުގައި ދެކެން. އިވޭ ކޮންމެ އަންހެން އަޑަކަށް "އިޒްމިއާ" ކިޔަން ވެއްޖެއްޔާ ދެން ކޮބައިތޯ ހައްލަކީ؟ އަދި އެ ވެސް އިޒްމިއާގެ ފޯން ނޫން އެހެން ނަމްބަރަކަށް ގުޅާފައި" ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ކުރެއްވި ޓްވީޓާއި ގުޅިގެން ޝަހިންދާ ކުރި ރިޕްލައި އެއްގައި ވަނީ ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ އާއި ސުވާލުތަކެއް ކޮށްފައެވެ.

ޝަހިންދާ ސުވާލުކުރީ ފުލުހުންގެ މީޑިއާ އޮފިޝަލުން ކަނޑައެޅިގެން ޝަހިންދާ އާއި ބެހޭގޮތުން ދޮގު މައުލޫމާތު ދިނީމަ ސައްހަ މައުލޫމާތު ފެތުރުމާއި ބެހޭގޮތުން ވިދާޅުވާނީ ކީކޭތޯއެވެ. އަދި ދޮގުހެދި ފުލުހުން މުއައްސަސާއިން ފޮރުވަނީ ކީއްވެތޯ ވެސް ޝަހިންދާ ވަނީ ސުވާލު ކޮށްފައެވެ.

ޝަހިންދާގެ ސުވާލުތަކާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ އަދި މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ.

ޗެނަލް 13 ގެ ޚަބަރެއްގެ މައްސަލައިގައި ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ނުރުހުން ފާޅުކޮށްފައި ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލަކު އެޗެނަލް އަށް ދިން މައުލޫމާތެއް އެއީ އިޒްމިއާ ދިން މައުލޫމާތެއްގެ ގޮތުގައި ގެނެސްދިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސެން

    ކޮއްކޯ ތިހުރީ ކުއްވެރިވެފަ

    68
    2
  2. އެންދެރި

    ޝަހިންދާ ދީނައް ފުރައްސާރަ ކުރި މީހެކެވެ.

    26
    2
  3. މަކުނުދޫ

    ކަލޭ މި ޤައުމުގައި ހިނގާ ކަންކަމާބެހޭނެ ހައިސިއްޔަތެއް ނެތް.

    24
  4. ޒައިޑޭ

    އިޒޫ އަށް ޒައިޑޭ ސަލާމް ބުނި

  5. ހޮނޑާފުށި

    ފުރަތަމަ ގައުމަށް އައިސް އަގަހުޅުވަބަލަ.

    23
    1
  6. ފިލްމް

    އެޖެންޑާ 19 މިފިލްމްގެ ނިމުމަކީ މިމީހުން މިމީހުނަށް ތަޅާ އެންމެ ފަހުން ހަލާކުވެގެން ދިޔައުން މިއީ އިންޑިޔާއިން އުފެއްދި މޮޅު ފިލްމެއް މިފިލްމްގެ ޑައިރެކްޓަރ އަކީ އަންނި

    30
  7. އަހު

    މިމީހުން މިމީހުންނާ ތަޅާ ފޮޅާ ޒުވާބު ކޮށްގެން އެންމެ ފަހުން މިކަން ނިމޭނީ

    23
  8. ރެފްރީ

    މިހިރަމީހާނޫން އެހެންމީހެއްގެފޮޓޯއެއް ޖަހާނެދުވަހަކަށް އިންތިޒާރުކުރަން

    31
    1
  9. ފަޓާސް

    ޢިޒްމިއާ ހަމަ ރަނގަޅު. ތިކަހަލަ މީހުންނަށް ރައްދު ބިނުމުގެ ބޭމެއްނެތް. ޖަވާބުދާރީވާންޖެހޭ ސުވާލުތައްއެހެރީ ޕޮލިސް އޮފީހުގައި. ޖަވާބުދޭން ވީނު.

    26
    1
  10. ޙަރީބު

    އިޒްމިޔާ ކަލޭ ހަމަޖެހިލައިގެން ހުރޭ. ފިލާތިބެ ވަށް ވަށް ޖަހާ މީހުނާ އަޅާނުލާ. މުސްލިމެއްނަމަ ދޯ އަހަރެމެން ވިސްނަން ޖެހޭނީވެސް. އެމަންޖެ ބާލިއު ވީމަ ރަގަޅެވެދާނެ. އަދި ނުވިސްނެނީ

    19
  11. ކޮށިކަތިވަޅި

    މަގޭހުތައް އަރާ މި ދަރިންދާގެވާހަކަ ކީއްކުރަންހޭ ގެނެސްދެނީ މީނަގެ ފޮޓޯއެއްފެނުނަސް މަ ލޭމަތި އެބަވޭ

    23
  12. ސަރީފް

    ތި ހަޑި މުޑުދާރު މީހާގެ ފޮޓޯ ނުޖަހާ ހަބަރު ގެނެސްދޭން ވީނު!!!

  13. އަދުރޭ2

    ފޮލިހަށް ހާޒިރު ނުވެވޭ މީހުން ކޮން ސުވާލެއް ކުރާކަަށް؟

  14. ށަހިންދޭ

    މި ޝަހިންދޭ ކިޔާމީހާމިއުޅެނީ މާދެން ފެނިގެން ހެން ހީވަނީ...
    ގެނެސް ހައްޔަރު ކުރަންވީ

    10
    • ގާއިމު

      ހައްދުގާއިމު ކޮއްލީމާ މައިތިރިވެދާނެ.