ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ގެނައުމަށް ހެލިކަޕްޓަރެއް އޮންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ޑިކޯވާ މީހުންނަށް ފަރުވާ ނުދެވޭ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ މަސްވެރިން ފީނައިގެން އެން ހޯދުމަށް ކުރާ މަސައްކަތުގައި ދިމާވާ ހިތާމަވެރި ހާދިސާތަކުގައި އެތައް ބަޔަކަށް ޖިސްމާނީ އަނިޔާއެއް ލިބެމުންދާތީ އެކަމާއި ކަންބޮޑުވާކަން މެމްބަރުންގެ ސަމާލުކަމަށް ގެނެސްފައެވެ.

މިއަދު މަޖިލީހުގައި ޖާބިރު ވަނީ ރައީސުލްޖުމްހޫރިއްޔާ އަތުގައި 100 ބޯޓު އޮވެފައި ރައްޔިތުންގެ މަޖިލީހުގައި ޔޮޓެއް ނެތުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިއްސާރަވެއްޖެއްޔާ މަޖިލީހުގެ އިދާރާއަށް ނުދެވޭ ކަންވެސް ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ގެނެނައުމަށް ހެލިކަޕްޓަރެއް އޮންނަން ޖެހޭނެ ކަމަށެވެ.

"މިތާނގައި އަޅުގަނޑުމެން ބޭނުންވޭ ކާރެއް އޮންނަން. ވިއްސާރަވެއްޖެއްޔާ ނުއެއް ދެވޭ. ހެލިކަޕްޓަރު އޮންނަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަލައި ދާން. ވަގުތުން ގެނެވެން ޖެހޭނެ. ކީއްވެ ނޯއްނަންވީ. ރައީސްލްޖުމްހޫރިއްޔާ އަތުގައި 100 ބޯޓު އެބައޮތް. ކީއްވެ މިތާ އެންމެ ޔޮޓެއް ނޯއްނަންވީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އޭނާ މަޖިލީހަށް އަންނަނީ އޭނާގެ ދާއިރާއިން ކަމަށް ވިދާޅުވެ ގާޑިޔަލަކުން މަޖިލީހަށް ނުދެވޭނެ ކަމަށްވެސް މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ކީއްވެގެންތޯ އަޅުގަނޑުމެންނާ ދޭތެރޭ އިހާނެތިކޮށް ތި ހައްދަވަނީ. އަޅުގަނޑަކީ "އަޒިމުތުން" (ޖާބިރުގެ އަމިއްލަ ޔޮޓް) ދަތުރުކުރާ މީހެއް. ކިހިނެއް ގާޑިޔަލަކުން މިތަނަށް އަންނާނީ." ޖާބިރު ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރު ރޭގަނޑު ދަތުރު ނުކުރާތީ ރޭ މަސްވެރިން އިތުރު ފަރުވާ އަށް މާލެ ނުގެނެވުނުކަން ވެސް ޖާބިރު ވަނީ މިއަދު ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ދޮންއާދަނުގެކުޑަސޮރު

    ވަގްތުން ވަގްތަށް ޖާބިރު ކުޑަ ހެލިކޮޕްޓަރަކަށް އަރާފަ އުފަލުން މަޖްލިސް ތެރޭ ބުރެއް އަޅާލަންވީ.

  2. ކުޑަކާށި

    ކާށިދޫ ، ގާފަރު ރައްޔިތުން ހޮވާފަމިހުރީ ވަރަށްމޮޅު މެމްބަރެއް . އެދެރަށުގެ ރައްޔިތުން މިހާރު ދަތުރުކޮށްއުޅެނީވެސް ކޭބަލްކާރުގަ ކިހާއަރާމުތޯ . ކުރީފަހަރު ކެމްޕޭނުގަ ޖާބިރުބުނީ ތިމަންނާ ކާށިދޫދާއިރާއަށް ހޮވައިދީފިއްޔާ އެގޮޑީގަ ތިމަން އިންނާނަމޭ . ހަމަބުނީ އަތްޖަހަންފެށީ ދެން ޖބރ އެގޭނެތާ މިއީ ވަރަށްފެންވަރުގެ ރައްޔިތެއްކަން ... މިފަހަރު ރައީސްގެ ވައުދަކީ ޖަޒީރާކުރުން ޖާބިރުގެ ވައުދަކީ ކޭބަލްކާރު އަޅައިދިނުން ވަރަށްފުރިހަމަނޫންތޯ . މިއަދު އެގޮވަނީ އިސްލާމިކް މިނިސްޓްރީ ވެސް ސަލަފް ޖަމްއިއްޔާވެސް އުވާލަންވީ ކަމަށް .........ވ . ސަލާމް.

    16
    1
  3. ސޮމެޮނެ

    މަޖިލީހަށް ކޭބަލްކާރު މާރަގަޅުވާނެ.

    18
  4. ދިޔާނާ

    މާތްރަސްކަލާންގެ ކަލެއަށް ދެއްވި ދެފާކުޑައީތަ ހިގާލާފަ މަޖިލީހަށް އަންނަން. މިޔަދު އުޅެވިދާނެ ބިމުގަ ފާނުޖައްސާވެސް. ގިޔާމަތްދުވަހުން ކޮންބޮޑާކަމެއްތޯ ދެއްކޭނީ.

    16
    2
  5. ިޮފަލިނަރަ

    ޖެޓެއް ބާވަން ވީ ...ޖަބ

  6. ގަމާރު

    ކޭބަލް ކާރެއްނޫންތޯ

    11
  7. މުފައްކިރު.

    ރުޒައިނާ ބުނިހެން ޓެސްޓް ކުރެވޭ ނިޒާމެއް ބަހައްޓަން ނުޖެހޭތޯ؟

    10
  8. އަންނި

    މީނަ ހަމައަކު ނޫން މިހުރީ

    13
  9. ބަރުގޮނު

    ކޮންމެ މެމްބަރަކު ދިރިއުޅުއްވާ ގެ އާ ، މަޖްލިސް އިދާރާއާ ދޭތެރޭ ކޭބަލް ކާރު ގެ ޚިދުމަތް ބާއްވަމާތޯ...

    11
  10. ީިިގުދޖާ

    ޖާ މަށަށްވެސް އާގުބޯޓެއް ދީބަ މަތައްތަނައްދާން މަޖިލިސް ކުދިންނަން ސަބުމެރިންނެއް ރަގަޅުވާނީ އެމީހުން މަޖިލީހަށްްދާން

  11. ޢަފީ

    ???

  12. ޅޮލީ

    ކޮބާ، ކޭބަލް ކާރު އަޅާ ނިމުނީތަ؟

  13. ެިޖެނދުމދ

    އޭ ކަލޭ ނުޖެހޭ ކޮންމެހެން ޓެކްންލޮޖީ ވެގެން އުޅޭކައްް މޮޔާ

  14. ޟަފް

    ދެން ނެތްތަ މެމްބަރުން ކުރަން ކަމެއް .. ކޮބާތަ ރައްޔިތު މީހާ ???

  15. ޖ

    ކަލޭމެން ރައްޔަތުންގެ ލާރިކާލައިގެން އަދިވެސް އުޅެވޭލެއް ދެރައީތަ ފުލައިޓުން އަންނަންވީނުން

    15
    • ރަންނަ

      ރައްޔިތުން ކާނެވަރަކަށް ކައިފަ އެމީހުން އެތަށް ވެއްދީ. ދެން މަޑުންތިބޭ އެމީހުން ކާތަން ބަލަން

  16. މާކަނާ ކަލޯ

    ކޮންމެ މީހަކަށް ޕްރައިވެޓް ޖެޓެއް ކިހިނެއްވާނެ؟

  17. ރަންގޮމާ

    ޖާބިރޫ ހާސްނުވޭ. މަމެން ރައްޔިތުން އެބަ ވިސްނަމު ކޮންމެ މެމްބަރަކަށް ޕްރައިވެޓު ޖެޓެއް ހޯދަދޭން. ބޭނުންހާ ވަޤުތެއްގައި ބޭނުންތާކަށް ބެންކޮކް އަށް ވިއަސް ޖައްސާ ލެވޭނެ ފަދަ އިންތިޒާމެއް ހަމަ ޖައްސަވައިދެވޭތޯ ތިޔަ އިއްޒަތް ތެރި މެމްބަރުންނަށްޓަކައި. އޭރުން އޯކޭ ދޮތަ!

  18. ސަކީނާ

    މިހިރަ ދެ އުޅިއެއްނުވާ ބުރާއްޗާ ކަލޭ ތީ ކާކު ބަރު ލަމާނީ ގެއްނައް އިބޫއާއި އަޅާގަނެގެން ތެޅިއަރުވަނީ ކަލޭގެ ދިޔާނާއަށް މަޤާމެއް ނުދިނީމަތަ ނޫނީ އިބޫޞޯލިހު ދިޔާނާއަށް މާކަމު ދިޔައީތަ ކަލެއަށްވުރެ

    4
    1
  19. ރހލބނު

    މިހާރު ކާށިދޫގަ ކޭބަލްކާރުގެ ޚިދުމަތް ފެއްޓުނީބާ!! ޖާބިރަކީ ކަރާފަޅަން ވަރަށްމޮޅު މީހެއް. ކާށިދޫގެ ފަހުގެެޖަނެރޭޝަނަށް ޖާބިރަކީ ކާކުކަންނޭގި ގޮނޑި ދެވުނީތީވެ މިހާރު ދެރަވޭ. ދެންވެސް ވޯޓްލުމުގެ ކުރިން ދާއިރާގެ ކަންތައްތަ ކޮށްދެވޭނެ ޙާލަތެއްގައި އުޅޭމީހަކަށް ވޯޓުލެވޭތޯ ބަލާނަން. ???????

  20. ލާމު

    މެންބަރުން ނުޖެހޭނެ ގާޑިޔަލުގަ ދަތުރުކުރާކަށް އިނގޭތޯ. މާލެ އާއި ކާށިދޫއާ ދޭތެރޭ އަޅާފަ އޮތް ކޭބަލް ކާރުގެ ނިޒާމުން ރައްޔިތުންނަށް ހާދަ ފަސޭހައެއް ވެޔޭ. ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިޔާ މަނިކުފާނު ހޮވޭނެ ބޮޑުވަޒީރަކަށް. ނިޒާމު ބަދަލު ނުވެއްޖެއްޔާ 2023 ގައި ރައީސްކަމަށް މަނިކުފާނު ހޮވާނެ ދިވެހި ރައްޔިތުން. އަހަރެމެން ހޭބަލިވާ ޒާތުގެ ވާހަކަ ނުދައްކަވާ.

  21. ހަހަހަ

    ތިބައިގަނޑު ކޮންމެ ދުވަހަމު މަޖިލީހަށް ގެންނަންވީ ކަރުގައި ޗޭނު ޖަހައިގެން ދަމައިފަ

  22. ޖިންނި

    މަޖިލިސް މެންބަރުން ބޮޑުކަމުދާން ރަން ފާޚާނާ ތައްޓެއްވެސް ބޭނުމެއްނުވޭތަ!