އުއްތަމަ ފަނޑިޔާރު ހިފާ ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށްކަމަށާ ސުޕްރީމު ކޯޓުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބުދުﷲ ސައީދު މިނިވަންކުރުމަށް އަމުރެއް ނެރެންޖެހޭކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ މިއަދު ރާއްޖޭގައި ހިނގަމުންދަނީ ގާނޫނުގެ ވެރިކަމެއް ނޫންކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން ވެސް ނުކުރެވޭނެ ކަންކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ.

ޖަމީލު ވިދާޅުވީ ސުޕްރީމްކޯޓްގައި ތިއްބެވި ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނަމަ އެކޯޓަށް ލިބިފައިވާ ވިރާސީ ބާރުގެ ބޭނުންކޮށްގެން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބުދުﷲ ސައީދު މިނިވަންކުރުމަށް އަމުރެއް ނެރެންޖެހޭކަމަށެވެ.

"ފަނޑިޔާރެއް ކުރައްވާ ހުކުމަކުން އެ ފަނޑިޔާރެއް ހައްޔަރުކޮށް، އާއިލާގެ މެންބަރުން ރަހީނުކުރުމަކީ ތަހުޒީބު އެއްވެސް މުޖުތަމައުއެއްގައި ކަންކަން ހިނގައިގެންވާނެގޮތެއް ނޫން, ސުޕްރީމު ކޯޓްގެ ފަނޑިޔާރުން ގާނޫނުތަކާއި ގާނޫނު އަސާސީއާއި ޚިލާފަށް ހައްޔަރުކޮށް ހިންގާ ހުރިހާ އިޖްރާއަތްތަކަކީވެސް ޣައިރުގާނޫނީ ކަންކަން" ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިއަދު ކޮންމެ ބޭފުޅެއްގެ މައްޗަށް ސަރުކާރުން ހިތުހުރި ދައުވާތަކެއް ކުރަމުންދާއިރު، ފަނޑިޔާރުންނާއި ހަމައަށް އެ އަނިޔާވެރިކަން އައުމުގެ ކުރިން ކަންކަން ހުއްޓުވަންޖެހޭކަމަށެވެ.

"އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެ ދައުވާއެއް ނުކުރެވޭނެ. އުއްތަމަ ފަނޑިޔާރު ހިފާ ހައްޔަރުކޮށްގެން އެ އުޅެނީ ގާނޫނާއި ޚިލާފަށް" ޖަމީލު ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ފަނޑިޔާރުން ހިފާ ހައްޔަރުކުރެވޭނެ ގޮތްތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ކަނޑައަޅާފައިވާކަމަށާ ފަނޑިޔާރު ހައްޔަރުކުރެވޭނީ ވެސް ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އިއްތިފާގުން ނެރޭ އަމުރަކުންކަމަށެވެ.

"އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސިފައިންގެ ވާޖިބެއް, ނަމަވެސް ސިފައިން އެ ވާޖިބަށް އިހުވާލުވެއްޖެ. އުއްތަމަ ފަނޑިޔާރަށް އަނިޔާކޮށް ހިފާ ހައްޔަރުކުރި މީހުންނަށް ގާނޫން އަރާހަމަކުރާނެ" ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އައްޕަނައާ

    ތަ ވަތުކިބަ އައްޕަނަ އޭކިޔާބަލަ. ގިސްމާ އައްޕަނަ އައްޕަނަ އައްޕަނަ ބޮއްކޮރޮ ފާލުޖަހަތޭ ފާލު ޖަހަތޭ ފާލު ޖަހަތޭ. ފޯއްމުލައް ދޯ.

  2. ޓޭކްއޮން

    ޕައްޕަރަ ޕަރަ ޕަރަ ޕަރަ މިއުޒިކް މިއުޒިކް މިއުޒިކް ޑރ. ޖަމީލް މަހަށް ދޭބަލަ މަހަށް ދޭބަލަ މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ސޯ ނީޑްލެސް ޓު ސޭ އުއްތަމަ ފަނޑިޔާރު ދޫކޮށްލާށޭ ތަމެން ދެން ސީލަބަލަ އިޓްސް ބެޓަރ ޓު ސޭ ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ ޓޭކް އޮން މީ ޓު ޑަބްލިޔުސީ.

  3. އެއްމެން

    ޖަމީލަކީ އަހަރަމެން ހީކުރި ކަހަލަ ވަރުގަދަ ޝަޚްސިއްޔަތެއް ނޫން. ގަބޫލުކުރަން ޔާމީނު ޖަމީލް ބާކީ ކޮށްލީކަން. އެކަމަކު އެފުރުސަތު ޔާމީނަށް ލިބުނީ ޖަމީލުގެ ދުރުވިސްނުމެއް ނެތުމާއި އަދި ވަގުތާއި ހާލަތުން ގެންނަން ޖެހޭ ބަދަލުތަށް ގެންނަން ނެއެނގުމުން. މާނަ އަކީ ޖަމީލު މަގާމު ހޯދިޔަސް އެމަގާމަށް ކުފޫހަމަ ނުވެއެވެ. ވީމާ ދެން އަނެއްކާވެސް މިކަމުގެ ތެރެއަށް ވަންނަން ނުއުޅެ މަޑުމަޑުން ހުރޭ. އެއީ މިހާރު ތިކުރާކަންތައްތައްް ވެގެންދަނީ ދިވެހީންނަށް ބޮޑުވަބާ އަކަށް. ޖަމީލު އިތުރަށް ހަޑިނުވޭ.

  4. ޤސމ

    އުއްތަމަ ފަނޑިޔާރުވަނީ ޑިސްކޯއިން މަހްރޫމް ކުރެވިފައިވާތީވެތޯ؟ ހަސަދަވެރިކަމަކީ ހާދަހާ ނުބައިކަމެކޭ ޖަމީލު. ގައުމީ ޕާޓީ ހަދައިގެެން ދައުލަތުން ލިބުނު ލާރިން އަމީނު، މަލީހު ވަނީ ހުޅުމާލެ ޕްލެޓިނަމްއިން އެޕަރޓްމަންޓު ގަނެފައި. ޙަސަން ސައީދު އަދި ޖަމީލު ގޯތިގަނެ އަދި ސަންދާނު އަހައްމައިދީގެ ގެއިން 2 ފްލޯ ވަނީ ގަނެފައި. ޜައްޔިތުންނަށް ޓަކައި

    • ހުސޭނުބޭ

      ކަލޯގެޔާ! އެ ބެއްޔާވެސް ފެބްރުއަރީ 1 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއަށްވެސް ނުގޮސް ޑިސްކޯއައްތަ ނެށީ!

  5. މިދީބު

    އެންމެން ވެގެން ބޮނޑިބަތް ކައްކަން އުޅެންވީ

  6. Anonymous

    ބޮނޑިބަތް ޖަމީލު ހައްޔަރު ކުރޭ. މިލަވަ މާލޭގެ މަގުތަކުގަޔާ ގޯޅިތަކުގަޔާ ސިނަމާތަކުގަޔާ ރީދޫ ހަރުގެ ތަކުގަ ޖެހީ ކޮން ބައެއް

  7. ޙަފްޞާ / މާލެ

    ޤާސިމުގެ މުދާ އޭނަ ގަޅާހައްދައިގެން ފެލާލަފެލާލަ ހުންނަވާ!

  8. އާބިދާ

    އަނެއްކާ ޤާނޫނާއި ޚިލާފަށް ދެންތިބި ފަނޑިޔާރުން ލައްވާ ކަންކަން ކުރުވަން ތިވިސްނަނީދޯ؟ އެކަމަކު ދެނެއްހިޔެއްނުވޭ ދުވަހަކުވެސް އެފަދަ ޅައެއްޗެއް އަޅާނެހެން، ކިތަންމެ ފައިސާއެއްދިނަސް ދެން ޤާނޫނާއި ޚިލާފުކަމަށް އެއްވެސް ފަނޑިޔާރަކު ހެއްލޭނެކަމަކަށް ޤަބޫލެއްނުކުރަން، އެހެންވީމަ ބޮނޑިބަތް ކަންކަންވީ ރޮޓެއްލާ އަޅައިގެން ފިލާތިބެ ކޮންވާހަކައެއް ތިދައްކަނީ އަނގަނާރުވާ ހުރޭ