ހިސާން ހުސެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޖަލުގައި އަނިޔާކުރުން އިޔާދަވެ އަނިޔާ ުރުން އިންތިހާއަށް ގޮސްފި ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރޭ ކުނޫޒްގައި "ޔާމީންގެ ޖަލު އަނިޔާ ހުއްޓުވާ" ނަމުގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ޖަލުތަކުގެ އަނިޔާގެ ވާހަކަ މިއަދު ވަރަށް ހާމަކަންބޮޑުގޮތެއްގައި ދެއްކިނަމަވެސް މިއީ މި ވާހަކަދައްކާ ފުރަތަމަ ފަހަރު ނޫންކަމަށެވެ.

"މުއަސަސާތައް ތިބީ ހިމޭނުން, ހައްގުތައް ނިގުޅައިގަންނަ ފަރާތްތަކާއި، ޖަލުގައި އަނިޔާކުރާ މީހުން ޒިންމާކުރުވޭނެ ދުވަސް އަންނާނެ, އަނިޔާކޮށްފައި މީހެއްގެ ފުރަގަހަށްވަދެ ހިމާޔަތް ލިބޭނެކަމަށް ހީކުރުމަކީ މޮޔަކަމެއް" ހިސާން ވިދާޅުވިއެވެ.

ކަރެކްޝަންގައި ކިތަންމެ އާއިލާއަކުން އަނިޔާގެ ވާހަކަތައް ދައްކާ ޝަކުވާކޮށްފައިވާނެ ކަމަށާއި ޖަލުތަކުގެ އަނިޔާގެ ވާހަކަ ރެކޯޑްކުރެވިފައިނުވާ ދައުލަތުގެ އެއްވެސް މުއައްސަސާއެއް ނުހުންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ވަކީލަކު ކޯޓް ރޫމަކުން ނުނިކުންނާނެ ޖަލުގައި ބަންދުކޮށްފައިވާ އޭނާގެ މުވައްކިލުގެ ހާލަތު ބަޔާންކޮށްނުދީ. މިއީ އަޅުގަނޑުމެން އަލަކަށް ދައްކާ ވާހަކައެއް ނޫން." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ޖަލުގެ އަނިޔާގެ ވާހަކަދައްކަނީ ވަކި ބަޔަކު ޖަލަށްލައިގެން ނޫންކަމަށާ ޖަލު އަނިޔާގެ ވާހަކަދައްކަނީ ޖަލުގައި ބަންދުކޮށްފައިވާ ކޮންމެ މީހެއްގެ ހައްގުގައިކަމަށެވެ.

"އެ އަޑުއުފުލުގެ ބޭނުމަކީ ޖަލުގައިކުރާ އަނިޔާ ހުއްޓުވާ، އެންމެންނަށް އިންސާފު ހޯދާދިނުން" ހިސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މިމަންޖެ އަށް މިކިޔޭ އެތި އެގޭބާ ؟ ޖަލު ކިޔަނީ ކީއްވެ ކަންނޭގިގެން އެއުޅެނީ ޖަލަށް އަދި ނުގެންދާތީ .މި މަންޖެ އަށް ޖަލު ގޮޅިދައްކާލަން އެބަޖެހޭ ނޫންތަ ؟

  2. 2 ހަފްތާއެއް ވެއްޖެ މި ދައިތާގެ ޚަބަރެއްނުވާތާ! އެހެންވެ މީހެއްކަން އަންގާލުމުގެ ގޮތުން ނޫސްވެރިން އެއްކޮށްފައި ޖަމަލުފޮޑިއެއް ޖަހާލީ!

  3. ޙަފްޞާ / މާލެ

    "ޖަލުގައި އަނިޔާކުރުން އިޔާދަވެ" މީ ކޮންވާހަކައެއް؟ ތިޔައީ ކަބުލޮ މީހެއްނޫނޭ! މަވެގެން ނޫޅުއްވާ!

  4. މިކަހަލަގެ އައުރަ ނިވާނުކޮށް ތިބޭ މީހުން އިސްލާމީގައުމެއްގެ ވަކީލުކަންކުރުމކީ އިސްލާމްދީނުގެ ހުކުންތަށް ގަބޫލް ނުކުރަނެކަުގެ ހެކި މީ ނަސީދުގެ ލަދީނީ އިސްލަމްދީނާ ދެކޮޅށް މސަެްކަތްކުރާ އައުވަނުން މީޗެހި އެބަޖެހޭ އަގަސަފްކޮށް އިސްލާހުކުރަން

  5. މިހާރު ބަޔަކު ޖަލަށް ދިޔަޔަސް ތިޔަހަދަނީ ރޯ ބުހުތާނު ދޮގުކަން އެނގިގެންދާނެ......! ތިޔައީވެސް ރީނދޫ ލާދީނީން ނަށް ޢާއްމު ރައްޔިތުންގެ ހަމްދަރުދީ ހޯދަންވެގެން ހަދާދޮގު. ލާދީނީފިކުރުގެ ނަޖިސް މީހަކު ދޮގެއް ހަދާކަށް ޖެހިލުމެއްވެސް ނުވާނެ.

  6. ތެދެއް ހެދެން އޮތަސް، ދޮގެއްނޫނީ ނުހަދާ އަންހެނެއް ތީ.

  7. މާ މޮޅުމީހަކަށްވެގެން ހިތުހުރިހާ އެއްޗެއް ކިޔަމުންތިޔަގެންދަނީ އަނގަ ހައްދު ޖެހިމާ މާތާހިރެއް ނުވާނެ.

  8. މިމީހުން ކޮމެރެއަކު މިކުރާ އަނިޔާ ގެ ވާހަކަ ކީވެ ނުދެއްކެނީ އިޒްރާއީލުން ކުރާ އަނިޔާގެ ވާހަކަ ކީވެ ނުދަކަނީ ލާރިއަށް ބޫތު ކެޔަސް ތީބޮޑުވަރު

  9. ވެރިކަމާހެދި ދުނިޔެ އޮޅިފަ ހުރި އަން ހެ ނެއް

  10. ހިސާން ކަލޭ ދެނަހުރީމުތަ ދޮގު ވާހަކަ ފެތހުރުމާއި ފިތުނަ އުފެއްދުމުގެ ހުރި ނުބައިކަން؟

  11. ބުނަންތަ ހިސާނޫ. އަނިޔާކުރަން ދިން އަމުރުގެ ލަފާ ކުރީގެ ރައީސަކަށް ދީފާހުރި މާމޮޅު ނުލަފާ އަންހެނެއް. ދެންމިކިޔަނީ އަނިޔާކުރާމީހެއްގެ ފަހަތަކު ނުހުންނާނަމޭ. އެކަމަކުވެސް އެހެންހުރެ އެމީހާ އިސްތިއުފާދިނީމާ ގޮސް ހުރެގެން ރޮއެރޮއެފަ މިކިޔަނީ ގަދަކަމުން އިސްތިއުފާ ދެއްވިއްޔާ ސިޓީއެއްވެސް ނެތޭ. މިކަހަލަ ހަޔާތެއްނެތް ވަކީލުން މިއުޅެނީ. ބަލަ ހިސާނޫ އެކަންކަން ހިނގިގޮތް ދެނެތިބި މީހުން މިހާރުވެސް ރައީސް އޮފީހުގަވެސް ވަކިވެގެންވެސްގޮސް އެބަތިބި. ދިޔާނާމެން ބުނި ދުނިޔޭގެ ކޯޓަށްވެސް ގެންދާންޖެހޭ މީހެކޭ ކުރީގެ ރައީސަކަށްހުރި މީހަކީ. ހިސާނުވެސް އަދި ގެންދާނެ. އޭރުން ނުބުނާތި މަށަކާވާ ބެހޭކަމެއްނޫނޭ

  12. މިކޫޑި ގަނޑުގެ އެތަންވެސް ގޮވާފަ އޮތީ ޖަލުގަ ކުރި ހަނގުރާމާގެ ސަބަބުން ލޮލް

  13. އާލިމް / މާލެ

    ކަމަނާ ތިޔަ އިންނެވީ ހަމަހޭގައިތޯ. ނުވަތަ ހިނދުކޮޅުގައި ތޯ. މާ މޮޅު ގާނޫނީވަކޫލަކަށް ވެގެން ކަމނާ އަށް ކިޔޭނުކިޔޭ އެބަ އެނގޭތޯ. އަނެއްކާ މާދަމާ އަރާފާއި އަޅުގަނޑަށް މާފުކުރާށޭ، އޮޅިގެންނޭ އެގޮތަށް ދެންވެވުނީ ބުނާނެ. ވެރިކަން ބޭނުންވިޔަސް ދެން ތީ ފުކެއް ބޮޑުވަރު.

  14. ހިސާނުގެ ފިރި

    އަނިޔާކުރާނެތާ އެވެސްމީހަކު ދިފާއެއް ނުކުރެވެންޏާ ،، ވަކީލާގެ މޮޅުކަމުން މީހަކުސަލާމަތެއް ނުކުރެވޭ ،، ކޯޓުން ނުކުމެ މީޑިއާގަ މޮޅުވާހަކަ ދައްކަނީ ..... ހައްހައް ހާ