ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އަދާލަތު ޕާޓީއަށް ވިއްކާލާފައިވާ ކަމަށާއި، އެހެންކަމުން އެ މިނިސްޓްރީގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިޅިހަށް ހުށަހަޅާފައިވާ ޖަމިއްޔާތަކާއި ގުޅޭ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، މި ގައުމުގެ ރައްޔިތުން އިސްލާމް ދީނުގެ މަގުދައްކަން މިނިސްޓްރަކު ބޭނުން ނުވާ ކަމަށާއި ކީރިތި ޤުރުއާނުން ވަރަށް ސާފުކޮށް އިސްލާމްދީނުގެ މަގު ދައްކަވާފައިވާ ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީ އެއް ސައުދީ އަރަބިއްޔާގައިވެސް ނީދޭ. ހަމަ މިއަދުން މިއަދަށް ކެބިނެޓުން އޮފްލޯޑުކުރާށޭ އިސްލާމިކް މިނިސްޓްރީ. އުވާލާށޭ ވަގުތުން ވަގުތަށް" ޖާބިރު ވިދާޅުވިއެވެ.

ޖަމިއްޔާތަކާއި ގުޅޭ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގައި އޮތް ދީނީ ޖަމިއްޔާ ސަލަފްވެސް ހިންގަން ފުރުސަތު ދޭން ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޖަމިއްޔާ އޮޕަރޭޓް ކުރުން މިހާރު އޮތީ ވަރަށް ބިރުވެރި ހާލަތެއްގައި ކަމަށެވެ.

ޖާބިރު ވިދާޅުވީ، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާއި ގުޅިގެން އާއްމުކޮށްފައިވާ ރިޕޯޓުން ހަރުކަށި ފިކުރުގެ ސެލްތަކެއްގެ ގޮތުގައި ރާއްޖޭގެ ޖަމިއްޔާތަކެއް ހިންގާކަން އެނގޭކަމަށެވެ.

"މިރާއްޖޭގައި ކަތިލާފައި އެއްލާލީ ސީދާ މި މަޖިލީހުގެ މެމްބަރަކު. އިއްޔެގަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވާހަކަ ދެއްކިއިރު ތުރުތުރު އަޅައިގެން ދިޔައީ. ވަރަށް ބިރުގަތް" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ސަލަފް ޖަމިއްޔާވެސް އުވާލަން މިއަދުގެ މަޖިލީހުގައި ގޮވާލާފައެވެ. އަދި ސަލަފް ފަދަ ޖަމިއްޔާތައް ހިންގައިގެން ނުވާނެ ކަމަށާއި ޖަމިއްޔާތަކޭ ކިޔައިގެން ނުރައްކާތެރި ކަންކަން ހިންގާ ކަމުގެ ރިޕޯޓް އެބަހުރި ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ޖާބިރު ވަނީ ހަރުކަށި ދީނީ ޖަމިއްޔާތައް އުވާލައި އެމީހުން ހައްޔަރު ކުރުމަށް ގޮވާލާފައެވެ. ޖާބިރުގެ އިތުރުން އެހެން މެމްބަރުންވެސް ވަނީ ހަރުކަށި ފިކުރުތައް ގެންގުޅޭ ޖަމިއްޔާތައް ރާއްޖޭގައި ތިބިކަން ފާހަގަކޮށް އެ ޖަމިއްޔާތައް އުވާލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އިބްރާހިމް

    މިގައުމުގެ ކަންތަށްތަށް ހަމަޖައްސަން ސަރުކާރެއްވެސް ބޭނުމެއްނުވެއެވެ. ގާނޫނު އަސާސީން ބުނާކަންކަން މިނިވަން މުވައްސަސާތަކުން ހިންގީމާ ނިމުނީ. ސަރުކާރުތަކުން ކުރާކަމަކީ ފިތުނައުފެއްދުން.

    43
    • މަގޭ ޚިޔާލު

      ވަކްތުން ވަކްތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ވިހިހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކަށް ތިރި ކުރަން ޖެހޭ!! އަށްޑިހަ ފަސްހާސް ރުފިޔާގެ މުސާރައެއް ހައްގުވާވަރުގެ މަސައްކަތެއް ކުރާ އެވަރުގެ އިލްމަކާ ގާބިލުކަމެއްހުރި މެމްބަރަކު މަޖިލީހަކުނެތް.

      31
  2. ޖަހާންގީރު

    ޔާ ﷲ އަންނި އާއި ޖާބިރުގެ ފިތުނައިން މި ޤަޥްމު ސަލާމަތް ކޮށްދެއްވާންދޭވެ އާމީން

    82
    2
    • މުހައްމަދު

      އާމީން! ޔާރައްބަ އާމީން...

      30
  3. މުފައްކިރު.

    އިސްލާމިކް މިނިސްޓްރީން ޒިންމާދާރު ކަމާއެކު ޤަބޫލްކުރެވޭ މިންވަރަށް އިސްލާމްދީން ދެމެހެއްޓުމަށް ކަންކަން ނުކުރެވޭ ކަމީ ހަގީގަތެއް. މިހެންވެ މިނިސްޓަރ މިހާރުން މިހާރަށް އިސްތިޣުފާ ދޭން ޖެހޭ. ހަމަ އެއާއެކު މުސްލިމް ގައުމެއްގެ މުސްލިމް މަޖްލީހެއްގައި އިސްލާމީ ޝިޢާރު ފާޅުކުރުމަށް ހުރި ހަމައެކަނި ވުޒާރާ އުވާލުމަށް ގޮވާލުމަކީ އެމް ޑީ އެން ރާއްޖޭގައި ހިންގުމަށް ހިތްވަރު ދިނުމަށް ވުރެ ކުޑަކަމެއްތޯ؟

    47
    3
  4. މުރުތައްދު ޖާބިރު

    މީ ހަވަރަށް ދޭން ރަނގަޅު ހިމާރެއް

    48
    2
  5. މުރުތައްދު ޖާބިރު

    ކާފިރު އެފެއާޒް ހަދަން ފެނޭ.މީނަ އަމީރަކަށް

    32
    2
  6. ފިޒް

    މީ ދިޔާނާ އެނބުރި ގޮތަކަށް އަނބުރަން ގެންގުޅޭ ބުދެއް. ދިޔާނާގެ ލާދީނީ ފަލްސަފާ ލީކުވުމުން އެނގިއްޖެ އޭނާ އިސްލާމްދީން ދެކެ ނަފުރަތު ކުރާ ވަރު.

    41
    2
  7. ގައުމު

    ތިޔަމަޖްލިސް މިހާރުންމިހާރަށް އުވާލަން ގޮވާލަން

    46
    2
  8. Anonymous

    އަޅެ މިގައުމަށް ކިހިނެއްހަދަން މިއުޅެނީ، ކޮންފަދަ ބޮޑު މުޞީބާތެއް، މާތްﷲ ރަލަކީ ޙަރާމް އެއް ޗެއްގެ ގޮތުގައި ލެއްވެވީ މިސަބަބުތަކައްޓަކައި، މިސަރުކާރުގެ މަތިފަޑީގައި ގިނައިން ތިބީ ހޭބުއްދިފިލާފަ ތިބި މީހުން، ވާނެހައެތިވެފަ މިއޮތީ.

    48
    1
    • ޜަނާ

      ޖަލްސާ ފެށުމުގެ ކުރިން ޖަލްސާއަށް ހާޒިރުވާ ހުރިހާ މެމްބަރުންގެ ޔޫރިން ޓެސްޓްކުރަން ފެނޭ ޚާއްސަކޮށް ޖާބިރާ އަންނިގެ

      19
      1
  9. ?????

    މިހާރުން މިހާރަށް އުވާލަން ވެފަ ހުރި ތަނަކީ “ ރައްޔިތުންގެ މަޖިލިސް” އިސްލާމިކް މިނިސްޓްރީ އެއް ނޫން !! ޖާބިރު ކަލޭ އަޅެފަހެ މޮޔަވީތަ؟؟ ހަމަ ޖެހޭ އެއްވެސް ވާހަކަ އެއް ދައްކަނީކީއެއް ނޫން!! އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ!! މިހާރު ކަލެޔާއި ހެދި އާންމު އުނދަގުލަކަށް ވެއްޖެ !! ބޯހަލާކު ?

    53
    1
  10. ދިވެއްސެއް

    "އިސްލާމިކް މިނިސްޓްރީ އެއް ސައުދީ އަރަބިއްޔާގައިވެސް ނީދޭ." އާނ! ސަޢޫދީ ޢަރަބިއްޔާ ގައިވެސް އަދި އެހެން ޤައުމެއްގައިވެސް އިސްލާމިކް މިނިސްޓްރީ އެއް ނީންނާނެ! އެކަމަކު އިސްލާމިކް މިނިސްޓްރީ ހުންނާނެ!

    28
    1
  11. މަހޭޝް

    އެއީ ބަރާބަރު އައިޑިއަރ އެއް
    ސަބަބަކީ ރާއްޖޭގައި ތިބީ އިސްލާމް ދީނުގެ ސަޕޯޓަރުން. ރާއްޖޭގައި މަދު މީހަކު ނޫނީ އިސްލާމްދީން ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރި މީހަކުނެތް.

    14
    28
  12. އާދަނު

    ޖާބިރުވެސް އުވާލަން އަމިއްލައަށް ހުށަހަޅައިބަލަ.

    43
    7
  13. ސަލީމް

    ރައްޔަތުންގެ މަޖިލީހަށް ރައްޔަތުން ހޮވާމެމްބަރުން މަޖިލީހުގައި ކުރާމަސައްކަތުގައި އެފަރާތްތަކުން ބަހާއި ޢަމަލު ގެންގުޅޭގޮތްތަކާ ދޭތެރޭ ފާރަވެރިވާން އެބަޖެހޭކަން މިހާރުމިދަނީ ވަރަށްބޮޑަށް ފާހަގަވަމުން.

    އަދި މިގައުމުގެ ކަންކަން (ހުރިހާކަމެއްވެސް) މިގެންދެވޭ މިސްރާބު މިކަނޑައަޅާ ބަޔަކީ މަޖިލިސް މެމްބަރުންކަންވެސް ރައްޔަތުން އެބަދަންނަންޖެހޭ. ވީމާ ވޯޓުލައިގެން ހޮވޭ މަގާމްތަކަށް މީހުންނަށް ވޯޓުދެވޭއިރު ﷲ އަށް ބިރުވެތިވާ މީހުންނަށް އިސްކަންދިނުން އެއީ މިގައުމު ސަލާމަތްކުރުމުގައި ކޮންމެދިވެއްސަކަށް ވެސް ފަރުދެއްގެ ޙައިސިއްޔަތުން މިހާރު އަދާކުރެވެން އޮތް އެންމެމުހިންމު ދީނީ، ގައުމީ ވާޖިބުކަންވެސް ވިސްނާ ފިކުރުކުރާ ބަޔަކަށް ވަރަށްބޮޑަށް ފާހަގަވާނެ.

    39
    1
  14. މަހޭޝް

    ވޯޓް ދޭއިރު ﷲ އަށް ބިރުވެތިވާނަމަ މެންބަރުކަމަށް އަންނަ މީހާވެސް ބިރުވެތި ވާނެ ތީ ކޮންވާހަކައެއް. އަހަރަމެން ވޯޓް ދޭއިރު ދޭގޮތާމެދު ނިކަން ވިސްނާ ފިކުރުކޮށްބަލަ. ރިޝްވަތު. ރިޝްވަތު. ރިޝްވަތު. އަމިއްލަ އެދުން. އަމިއްލަ އެދުން . އަމިއްލަ އެދުން. ހަވާނަފްސް. ހަވާ ނަފްސު ހަވާނަފްސު. ސަލީމް ބުނަންތަ ވާހަކައެއް އަހަރަމެން ކުރީމަ ރަނގަޅު އެހެން މީހަކު ކޮށްފިއްޔާތަ ގޯސްވާންވީ. ތީ ދެން ކޮންވައްތަރެއް ތީ އިސްލާމް ދީނުގަ އޮތްގޮތަކީ. ދެންފަހެ އަޖާއިބު ނުވާންވީ އެއްކަމެއްވެސް ނެތޭ ދޯ.

  15. އަޙްމަދް

    ޖާބިރު ވަނީ ސަލަފް ޖަމިއްޔާވެސް އުވާލަން މިއަދުގެ މަޖިލީހުގައި ގޮވާލާފައެވެ. އަދި ސަލަފް ފަދަ ޖަމިއްޔާތައް ހިންގައިގެން ނުވާނެ ކަމަށާއި ޖަމިއްޔާތަކޭ ކިޔައިގެން ނުރައްކާތެރި ކަންކަން ހިންގާ ކަމުގެ ރިޕޯޓް އެބަހުރި ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
    ————————————-
    ޖާބިރު ބުނިހެން ޖަމުޢިއްޔަތުއްސަލަފަކީ ކޮއްމެހެންވެސް އުވާލަން ޖެހޭ ޖަމުޢިޔާޢެކެވެ.
    ޖަމުޢިއްޔަތުއްސަލަފަކީ އެބައި މީހުންގެ އަސްލު ސޫރަ މީސްތަކުންނަށް ފޮރުވައިގެންއުޅޭ ވަރަށް ނުރައްކާ ބައިގަނޑެކެވެ.

    2
    19
  16. ކޮތަރުބިސް

    ރައްޔިތުން ނިކަން ރަނގަޅައްހޭލާތިބޭތި ޖާބިރު މިގޮވާހާ ގޮވެލިފައްޗަކީ ކެނެރީގޭ ނަށިދުގެ އެދުމައް ޖާބިރުގޮވަމުންދާ ގޮވުންތައް މިގޮވެލި ފަތީގެތެރެއިން ކޮން ބޮޅަކާތޯ ރައްޔިތުން ނުރުހުންވެ ކެކި އަރަނީ އަޅާނުލާ ދޫކޮށްލަނީ ކޮންބޮޅެއްތޯބަލަން މިމީހުން ކުރާ ދިރާސާއެއް

    19
    1
  17. ހޮނޑާފުށި

    ތާސްބައިގަ ޖޯކަރު އޮންނަހެން މަޖިލީހު ޖޯކަރު

    21
  18. ލޮލީ

    ބަލަކަލޭތިހެންއުޅެނިކޮއް އެންމެފަހުން ކަލޭއުވިގެންގޮސް ދެވަނަފަހަރައް މަގުމައްޗައްނުކުމެ ލޮލީވިއްކަންއުޅެންޖެހިދާނެ އޭރުން ކަލެޔައް ކަލޭގެތިނުލަފާ އަނގަވެސްހުޅުވާލަން ނުކެރޭނެ

    20
    1
    • ބޮލީ

      އޭނާ ލޮލީ ވިއްކާ ހާލަތަށް ދިއަސް އޭނާ ވިއްކާ ލޮލީ ގަންނާކަށްނުވާނެ. އޭނާގެ ވިޔަފާރި ފެށުމުގެ ކުރިން އެކަން ބޮއިކޮޓްކުރަން.

  19. ޖާބިރު

    ޖާބިރަށް ނޭނގޭނަމަ ދަސްކުރައްވާ! ސައޫދީ އަރަބިއްޔާގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑަންސްގެ ނަމުގައި މިނިސްޓްރީއެއް ހުންނާނެ. މިވަގުތު ތަނުގެ މިނިސްޓަރުކަމުގައި ހުންނެވީ، އަބްދުއްލަޠީފު ބިން ޢަބްދުލްޢަޒީޒު އައްޝާއިޚު. ބޭރުގެ ގައުމުތަކުގެ ވާހަކަ ދައްކަންވާނީ ނިކަން ރަނގަޅަށް ތިމާއަށް އެނގިގެން. ނޭނގޭނަމަ ހަނުހުރޭ.

  20. ޖާއްބެ

    ޖަމިއްޔަތުއް ސަލަފް އުވާލަން ގަރާރެއް ނެރެދިނުމަށް އެދި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނަށް ވަކިވަކިން ނަޝީދު ފޯނުކުރައްވަމުން އެބަ ގެންދަވާ މިވަގުތު.. އެހެންވީމާ ޖާބިރުވެސް މީ ނަޝީދުގެ ޕަޕެޓެއް.

  21. ާަބިޖޫ

    މިގައުމުގެ އިސްލާމިކް މިނިސްޓްރީ އުވާލަންވީކީނޫން އަބްދުﷲ ޖާބިރު އާއި ކެނެރީ ދާއްބަ އިޒްރޭލައް ފޮނުވާލަންވީ އެދެމީހުންނަކީ މިގައުމައް ޖެހިފަހުރި ބަލާބެރިކަމެއް

  22. ރަލި

    ކަލޭ ހޮވީ ކަލޭގެ ފައިސާގެ ދަހިވެތިކަމުގައި

  23. ާައަސްލަމް

    އިސްލާމް ދީނެއް ޖާބި ރު އަކަށް އުވައެއް ނުލެވޭނެ އަދި އިސްލާމިކް މިނިސްޓް ރީ އުވާލިޔަސް އިސްލާމްދީނާ އެއްގޮތަށް ވާހަކަ ދަށްކާ މީހުންނެއް ވެސް މިސަ ރުކާކަށް އުވައެއް ނުލެވޭނެ