މިއަދު މެންދުރުފަހުގެ ވަގުތެއްގައި ބައެއް ހިސާބުތަކަށް ކަރަންޓުގެ ކެނޑޭނެ ކަމަށް، މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯ އިން ބުނެފިއެވެ.

މިކަން ހާމަކޮށް މިއަދު ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހެންވޭރުގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސްޓެލްކޯއިން ބުނެފައިވާގޮތުގައި މިއަދު އެ ކުންފުނިން ކަރަންޓު ނެޓްވޯކުގެ މަސައްކަތެއް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކުންފުނިން ބުނެފައިވަނީ، މި މަސައްކަތް ކުރިޔަށްދާނީ މިއަދު މެންދުރުފަހު 1:30 އާއި 2:30 އާއި ދެމެދު ކަމަށެވެ. އަދި ކަރަންޓު ކެނޑުނު ނަމަވެސް ލަސްވެގެން ގަޑިއެއްހާއިރު ތެރޭ ޚިދުމަތް އަނބުރާ ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މެއިންޓެނެންސް މަސައްކަތްތައް ކުރިޔަށްގެންދިއުމަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  އަހަރެން

 2. ޢމޑ

  ނުވަންޏާ ބުނެފަ ރައްކާވޭ

 3. ކިނބޫ

  ރައްޔިތުންނަށް ބަލާއާއި މުސީބާތްޖައްސަން އެރި ސަރުކާރެއް

 4. ޢަންނި

  ހިބަރު ވަދު ބެލިޔަ ނުދޭންށޯ!