ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ ދެ މައްސަލައަކާ ގުޅިގެން ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ދެމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހުޅުދޫ، ރެޑިޔަމްގެ، ޙުސައިން އަފީފް (45އ) އާއި ގދ. ގައްދޫ ބިއްލޫރިޖެހިގެ، މުހައްމަދު ނާޒިލް (38އ) ކަމަށެވެ.

މި ދެމީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އާއްމު ކޮށްފައެއް ނުވެއެވެ.

މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9660126 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިތާ

    މުޙައްމަދު ނާޒިލް ހޯދަން އަމުރު ފުލުހުން ނެރޭ އިރު ނާޒިލް ވީ 3 އަހަރަށް ހުކުމް ކޮށް ޖަލަށް ލާފަ. ސެޕްޓެމްބަރ މަހުގެ ފަހުކޮޅު ނޫނީ އޮކްޓޯބަރ މަހުގެ ކުރީކޮޅު އޭނަޔަށް ހުކުމް ކޮށް މިއަދާ ހަމަޔަށް އޭނަ އެހުންނަނީ މޯލްޑިވްސް ކަރެކްޝަން ގެ ބެލުމުގެ ދަށުގައި. މީ ވަރަށް ފަސޭހަ ގޮތެއް, މީހަކު ހޯދަންވާއިރަށް ފުލުހުން އެއްވެސް ބެލުމެއް ނުބަލާ ކޯޓު އަމުރު ނެރެ މީހާގެ ފޮޓޯ އާންމު ކުރަނީ..