ރާއްޖޭގައި ހިނގަމުން އަންނަ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައީސް ނަޝީދު ވެރިކަމާއި ހަވާލުވާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 68 ވަނަ ޖަލްސާގައި ޖާބިރު ހުށަހަޅުއްވާފައިވާ އެން ހިފުމަށް ފީނުމުގެ ތެރޭގައި މަސްވެރިންނަށް މެދުވެރިވާ ޙާލައްތަކާ ގުޅޭ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އެގޮތުން ޖާބިރު ވިދާޅުވީ، މި ސަރުކާރުން މިނިސްޓްރީތަކަށް ދޭންޖެހޭ އެކަށީގެންވާ ބާރު ނުދޭ ކަމަށެވެ. ޖާބިރު ވަނީ އިތުބާރު ނުކުރެވޭ މިނިސްޓަރުން ތިއްބަވާނަމަ އިތުބާރު ހިފޭ މިނިސްޓަރުން ގެނައުމަށް ގޮވާލާފައެވެ.

"މިނިސްޓްރީތަކުގެ ބާރު އެމިނިސްޓްރީ އަށް ނުލިބޭ. މިނިސްޓަރުންނަށް އިތުބާރު ރައީސުލްޖުމްހޫރިއްޔާ ނުކުރެވެންޔާ، އިތުބަރު ކުރެވޭ މީހުން ލާންވީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ދިވެހިރާއްޖެ ހިންގަންވާގޮތް ސަރުކާރަށް ނޭނގެންޔާ މިހާރުވެސް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރާއްޖެ ހިންގުމާއި ހަވާލުވާން ދަންނަވާފައެވެ.

"ރާއްޖެ ހިންގަންވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭންގެންޏާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީސް މެމްބަރުން މެދުވެރިކޮށްގެން ބަރުލަމާނީ ނިޒާމެއް ގެނެސްގެން ރާއްޖެ ހިންގުމާއި ހަވާލުވާން ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ. ދެން ހުށަހަޅާނީ އެ މައްސަލަ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އަންނަނީ އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެޑައިގަތްފަހުން އެމަނިކުފާނަށް އެކި ގޮތްގޮތަށް ފާޑު ވިދާޅުވެ އެކި ކަހަލަ ތުހުމަތުތަކެއް ކުރައްވައި މަޖިލީހުގައި އެކަމަށް ވާހަކަ ދައްކައި އަޑު އުފުއްލަވަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައްޑޫސިޓީ

    ދެން ހުށަހަޅަންވީ ރާއްޖެ ބަރަވެލި ނިޒާމަކަށް ބަދަލުކުރަން. މިއީ ނަޝީދުގެ އެޖެންޓް.

    12
  2. ލޮލީ

    ދެން ހުށައަޅަންވީ ތިޔަ މެންބަރުންގެ ރިސޯޓް ލިބޭ ލާލި އެދާއިރާއެއްގެ ރައޔިތުނައް މަސްމަހުން ބަހައް ނިކަން ޤަރާރު ހުށައަޅާ ފާސްކޮއްލަބަލަ ބަރުލަމާނީއެއް އޮއްނައް ފާސް ކުރުމައްވުރެ މާ ރަގަޅުވާނެ

  3. ދިޔާނާ

    ބޭނުން އެއްޗެއް ހަދާނެ ދެކޮޅު ހެދިނަމަ ޖަލަށް، ގައުމު ފަސާދަކުރަނީ މަޖިލިސް މެންބަރު ން ދީނާއި ގައުުމު ވިއްކާފައި ކާފަރުންނަށް ވިއްކާފައި،

  4. މަބޭ

    ޢިންތިހާބެއް ނުބާއްވާ ބަރުލަމާނީ ނިޒާމެއް ގެނައުމައް ޓަކާނޫންތޯ މިހާރުތިޔަ މަގުކޮށަމުން ތިޔަގެންދަވަނީ ސުޕްރީމްކޯޓްގެ ކޮންޓްރޯލް ނަސީދުގެ ބާރުގެދަށައް ގެންގޮސް ތިޔަކަންކުރުމައް މިހާރުމަގުސާފުކުރަމުން އެގެންދަނީ

  5. ޙުބަސާނަ

    ޖާބިރުއަކީ ދުރުވިސްނިވަަޑައި ގަނަ ދުނިޔެއައް ލަޯހުޅުވިފައި ހުރިބޭކަލެއް ބަވަނަ ވެފައިވާ ދުނިޔޭގައި ވެރިކަންކުރެވޭނީ ގިނަ ޤައުމުތައް އެދޭގޮތައް

    3
    2
  6. އައްޑޫ މީހާ

    ރާއްޖެއަށް ކުރާނެ ކަމެއް ހަދާނެ ގޮތެއް ނޭގެންޏާ މިތަން ކޮންނަ ބޯޓަކުން ކޮނެފަ މުޅިގައުމު މާސިންގާ ކަނޑަކަށް ހަދާފަ ރައްޔިތުން މަރާލާފަ ބަޖެޓް ހިފައިގެން ސިންގަޕޫރަށް ގޮސް ފިލަން ވީނުން

  7. ލޮލީ

    ތީހަމަ ނަށީދު މަޖުލީހުގަ ގެންގުޅޭ ޕަޕެޓެއް

  8. ޤައުމު

    ތިކަންވެސް ކުރާނެ ކެނެރީގޭ ނަޝީދު ޝައްކެތް ނުކުރަން
    ޖާބިރުލައްވާ ކުޅޭޑްރާމާއެއް