ކ. ކާށިދޫގެ މަސްވެރިން ބާނާ ކަންނެލީގެ ދެބައިކުޅަ އެއްބައި މިޔަރު ކާލާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ޖާބިރު ވަނީ މިއަދުގެ މަޖިލީހުގައި މަސްވެރިން ފީނައިގެން އެން ހޯދުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުގައި އެތައް ބަޔަކަށް ޖިސްމާނީ އެތައް އަނިޔާއެއް ލިބެމުންދާ މައްސަލައަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ސަރުކާރުން މިއޮތީ މާ މޮޅަށް އެންޔަރަމެންޓް ހިމާޔަތް ކުރަންށޭ ކިޔާފައި އަނގަޔާ އަތާ ދިމާ ނުވާގޮތަށް މަސްވެރިކަމުގެ ޕޮލިސީ އެއް ކަނޑައަޅާފައި ކަމަށެވެ.

ޖާބިރު ވިދާޅުވީ، ދާ އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ވެސް ދޭން ޖެހޭނެ ކަމަށާއި، ވަގުތުން މިޔަރުތައް ވެސް ނަގަންވީ ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ، ބޮޑު ކަންނެއްޔެއް ބާނާއިރު، ދެބައިކުޅައެއްބައި އޮންނަނީ މިޔަރު ކާލާފައި ކަމަށެވެ.

"ދާވެސް އަޅާން ހުއްދަ ދޭންވީ. ވަގުތުން މިޔަރުތައް ނަގަންވީ. ބޮޑު ކަންޏެއްޔެއް ބާލާއިރު ދެބައިކުޅަ އެއްބައި މިޔަރު މިއޮންނަނީ ކާލާފައި" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ކާށިދޫ މަސްވެރިން ބާނާ މަހުގެ ދެބައިކުޅަ އެއްބައި އޮންނަނީ މިޔަރު ކާލާފައި ކަމަށާއި އެކަން އެގޮތަށް ދިމާވުމުން މަސްވެރިން ބާނާ ކަންނެލި އޮންނަނީ ކިރުމުން މަހުރޫމުވެފައި ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގެ މަސްވެރިން ބާނާ މަހުގެ ދެބައިކުޅަ އެއްބައި މިއޮންނަނީ މިޔަރު ކާލާފަ. އެހެންމަ ނުއެއް ކިރޭނެ އެއްނުން. ބާލަނީ ބޮޑު ކަންޏެއްޔެއް. ކިރުމުން މަހުރޫމް ވެފަ މިތިބެނީ. ލާރިން މަހުރޫމްވެފަ މިތިބެނީ" ޖާބިރު ވިދާޅުވިއެވެ.

މިޔަރު ކަންބޮޑުވުން ފާހަގަކޮށް ޖާބިރު ވަނީ މިޔަރުތައް މަރާލުމަށް ސިފައިންނަށް ގޮވާލާފައެވެ.

"އިއްޒައްތެރި ރައީސް، ހުރިހާ ސިފައިންނަށް މި ގޮވަނީ ނުކުމެ ހުރިހާ މިޔަރުތައް މަރާށޭ. ވަގުތުން ވަގުތައް ގޮދާ ކަންނެލި ކާލާ މިޔަރުތައް މަރާށޭ މިކިޔަނީ" ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލެއްގި ކޮމިޝަނަރ

    ތީވަރަށް ފަސޭހަކަމެއް ކުރަން. ގޮދަޔާ ކަންނެލި ކާލާމިޔަރުތައް ދެނެގަނެވޭނެ ޑިވައިސްއެއް މިހާރު ދިޔާނާއަތުން ލިބޭނެ ކަމަށް އަޅުނގަޑުގެ ދާއިރާގެ މެމްބަރު ޖަހާބެރު އބަބުނޭ. ސިފައިންނިކުމެ މަޖްލީހުގަ އިން ބޮޑުމިޔަރު ހިފާފަ ގެންގޮސް ކުޑަކުދިންގެ ޕާކަށް ލާބަލަ.

    17
    1
  2. އިބޫ

    ދިޔާނާ، ޖާބިރު ކައިނުލައިފިއްޔާ ރަނގަޅު.

    13
    2
  3. ކޮތަރުބިސް

    ކަލޯ ޖާބިރު ރައްޔިތުންއަތުން ޓެކްސް ނަގައިގެން ތިމާމެންނީ ވެރިންނޭ ބުނެ އޭތިކޮޅުކާލަނީ ދައުލަތުގެވެރިންނާ މަޖިލީސް މެންބަރުން އެހެންވީމާ ކަނދުގެވެރިންނަކީ މިއަރު ކަނޑުން ހޯދާ އާމްދަނީން މިއަރައް ޓެކްސް ދައްކަންޖެހޭނެތާ

    12
    2
  4. ނުދަންނަ މީހާ..

    ބައްލަވާ އިއްޒަތްތެރި މެމްބަރު ހުންނެވީ ހަމައިގަތޯ. ދައްކަވާ ވާހަކައިން ހަމަ ހީފުޅުވަނީ. މަޖިލީހުގަވެސް ހަނުހުރުމުގެ ޙައްޤު ބޭނުންފުޅު ކުރައްވަން ކިހިނެއްތޯ ވާނީ.. 😂

    11
    1
  5. ހޯރަ ބޭ

    ޖާރޭ މިޔަރުވެސް ބިރުގަންނާނެ ޖާރޭ ފެނިއްޖެނަމަ

    11
    1
  6. Anonymous

    ހީވާގޮތުން ޖާބިރު މިހިރީ ވަރަށް ބޮޑަށް ބޯސަކަރާތްވެފަ

    9
    1
  7. މަސް އައިން

    ޖާބިރު ބުންޏަސް ތީ 100% ވާހަކަ އެއް މިޔަރާހެދި ދިރު އުޅުމަށްކުރާ މަސައްކތް މަސްވެރިކަން މިޔަރުގެ ބަލާޔާހެދި ކަނޑުމަހެއް ފަރުމަހެއް ބޭނޭ ވަރެއް ނޫން ކޮންމެސް ހައްލެއް ބޭނުންވޭ މިޔަރުގެ ބަލާވެރިކަމުން މީ ދިވެހި މަސްވެރިންގެ އަދޭ

    22
    1
  8. ކާށިދޫ މީހާ

    ކާށިދޫއަކީ މަސްވެރި ރަށެއް ނޫން ކަމެއްވެސް މި ގަމާރަކަށް ނޭނގޭދޯ! ގެކީއްވެތަ ކާށިދޫއޭ ކިޔައިގެން ދޮގު ހަދަނީ ހަރާންކޯރު!

    10
    2
  9. ވެރިން

    މިގޮލާ ކަނޑަށް ވައްޓާލާ އެއިރުން ހުރިހާ މިޔަރުތައް ފިލާފާނެ.

    8
    1
  10. ސަޓޯ

    މޮޔައަކުވެސް ހަމަ ރަގަޅު ވަހަކައެއް ދައްކަފާނެދޯ

    12
    2
  11. ގާފަރު މީހާ

    ބަލަ ކާށިދޫ ދާއިރާގައި މަސްވެރިކަންކުރަނިީ ގާފަރުގައި އިނގޭތޯ! ކާށިދޫއަކީ ދަނޑުވެރި ރަށެއްް. މިނާއަށް އޮޅިގެންވެސް ގާފަރެކޭ ނުބުނެވެޔޭދޯ. ގައިމު ގާފަރުން ލިބުނު ވޯޓެއްވެސް މަދެއްނުވާނެ.

  12. އަލިބެ

    ސާބަސް ޖާބެ ސާބަސް ތިބުނީ ހައްގުތެދެއް އަހަރެމެންވެސް މިއުޅެނީ ތިހާލުގަ

  13. މަސްވެރިން

    ޖާބިރު ތިބުނީ ރަގަޅައް މިޔަރު ހުއްދަ ކުރަން ވެއްޖެ އެއީ މިޔަރު ގިނަކަމުން ކަޑުގައި މަސައް ކަތް ކުރެވޭ ވަރެއް ނޫން ތިމަޖިލީހުގައި ގޮޑީގައިި ތިބެގެން ފައިސާ ހޯދާ ބަޔަކައް ނޭގޭނެ ދޯ ކަޑުގައި ފީނާ ބަޔެއްގެ އިހުސާސްތައް ކަލޭމެންގެ ބޭނުމަކީ ކޮބާތަ ؟