ޖަމިއްޔާތައް ރަޖިސްޓްރާ ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދޭގޮތަށް، ޖަމިއްޔާ ޖަމާތްތަކާއި ބެހޭ ބިލަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޖަމިއްޔާ ޖަމާތްތަކާއި ބެހޭ ބިލަށް މިއަދު މަޖިލީހުގައި ބަހުސްކުރައްވަމުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވިދާޅުވީ ޖަމިއްޔާ ތަކުގެ ރަޖިސްޓްރާ ރައީސުލްޖުމްހޫރިއްޔާ ކަންޑައެޅި ނަމަވެސް، އެކަން އިއުލާނު ކުރަން ޖެހޭނީ މިނިސްޓަރެއް ކަމުގައެެވެ. އަދި ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައެޅުމުގެ ޒިންމާ އޮތީ ޔޫތް މިނިސްޓްރީ އަށް މަތިކޮށްފައެވެ. އެހެން ނަަމަވެސް އެ ގާނޫނަށް ގެންނަ އިސްލާހާއި އެކު ޖަމިއްޔާ ރަޖިސްޓްރާ ކަނޑައެޅުމުގެ ބާރު މަތިކުރާނީ ރައީސް އާއެވެ.

މިހާރު އަލަށް ޖަމިއްޔާތަކާއި ބެހޭ ބިލަށް ހުށަހަޅައިފައިވާ އިސްލާހުގައިވެސް ޖަމިއްޔާ ޖަމާތްތައް އުވާލެވޭނެ ގޮތް ވަނީ ބަޔާން ކޮށްފައެެވެ. އެހެން ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނާއި އެއްގޮތް ކަންކަން ވެސް އެބިލުގައި ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ޖަމިއްޔާ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ނަމަ، އެ ޖަމިއްޔާއެއްގެ ގަވައިދުތައް ހިމަނަން ޖެހެއެވެ.

ޖަމިއްޔާތަކުން ކުރުމަށް މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއް ކުރުމާއި، އެއްވެސް ކަހަލަ އަސްކަރީ ތަމްރީނެއް ހިންގުމާއި، އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބޭފަދަ އަމަލެއް ކުރުން ހިމެނެއެވެ.

މިހާރު އަލަށް އެކުލަވާލުމަށް ހަމަޖެހިފައިވާ އިސްލާހުގެ ތެރެއިން ޖަމިއްޔާތައް ރަޖިސްޓްރީ ނުކޮށްވެސް ހިންގިދާނެއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ މާޗްމަހުގެ ތިން ވަނަ ދުވަހު ހުށަހަޅާފައިވާ ބިލުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ޖަމިއްޔާ ހިންގިދާނެ ކަމަށެވެ. އެހެން ނަމަވެސް އެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ނުކޮށް ހިންގާ ޖަމިއްޔާ ޖަމާތްތަކަށް ނުކުރެވޭނެ ކަންކަން ހުރެއެވެ. އޭގެ ތެރޭގައި މުދާ މިލްކު ކުރުމާއި، ޖަމިއްޔާގެ ނަމުގައި ދައުވާ ހުށަހެޅުން އަދި ދައުވާ ލިބިގަތުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މ

  މިކަމުގެ ސަބަބުން ވަރަށް ނުބައި ކަންކަން އާންމު ވާނެ ރަޖިސްޓަރީ ނުކޮށް ޖަމުއިއްޔާ ހިންގާނަމަ ލާދީނީ ފިކުރު ފަތުރަން ފަސޭހަވާނެ ރަޖިސްޓްރީ ނުކުރާ ބަޔަކު ކިހިނެއް އުވާލާނީ އެމީހުން ތިބެނީ ގާނޫނަށް ވުރެ މަތީގައި ވަރަށް ދެރަ ކަމެއް މީ... ވަރަށް ނުބައި ދިމާލަކަށް މިސްރާބު ޖަހާފައި މިވަނީ

  24
 2. ޖާބެ

  އެމްޑީއެން އަލުން ރަޖިސްޓްރީ ނުކޮށް ހިންގާނެ މަގެއް ފަހިކޮށް ދިނީތާދޯ. ސަރުކާރާއި އެމްޑީޕީ މިއޮތީ އެމްޑީއެންގެ ދަށުވެ ފިސްވެފަދޯ.

  24
 3. ޥައިޑީ

  މިހާރުވެސް ރަޖިސްޓަރ ކަނޑަ އަޅުއްވަނީ ހަމަ ރައީސް ދެން އެހެން ބަދަލެއް ވިދާލުވެދެއްވާ