ލާއިންސާނީ ޢާމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖެއިން ބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ޔޫއެންގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް ޕްރޮފެސަރ ނިލްސް މެލްޒަރ އާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވަނީ، އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، އދ. ގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް ޕްރޮފެސަރ ނިލްސް މެލްޒަރ، ވަނީ އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ހިއްސާކުރައްވާފައެވެ.

އަދި، ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުގައި ދިމާވާ ގޮންޖެހުންތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ އުސޫލުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބްލް އީވާ ޢަބްދުﷲ އާއި އަމީން ޢާއްމު ފާޠިމަތު ނިޔުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދު

    ލާދީނީ ކަންކަން ފަތުރަން މިހާރު ރާއްޖޭގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ވާހަކަ ބުނިނަމަ އެމީހުން ކިހާ އުފާވާނެ.
    ލޮލަށް މިރުސް އެޅިފައި ތިބޭބައެއް އެއީ. އިޒްރާއިލް، އިންޑިޔާ، މިޔަންމާ އެމީހުންނަށް ނުފެންނަނީތަ. އެތަންތަނުގައި އެމީހުން އިސްވެތިބެ ލާއިންސާނީ ޢަމަލު ނުހިންގަނީތަ!

  2. އަބޯ

    ލާ އިންސާނީ ވާހަކަ އެއީ ނަސިދަށް މާރީތި ވާހަކައެއްތަ ؟

  3. Anonymous

    ރާއްޖޭގައި ލާ އިންސާނީ ޢަމަލުތައް ފަތުރަނީ ަަަަަަަ ހަމަ އަން ނިނޫން މީހެއް ނ&