ކަރަންޓުގެ އަގު ހެޔޮ ކުރުމާ ބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ، ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ. އެ އެ ގަރާރު ބަލައިގަނެފައި ވަނީ 69 މެމްބަރުންގެ ވޯޓާ އެކުއެވެ. އެ ގަރާރާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެ ގަރާރު ބަލައިގަތުމާއެކު އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވާފައެވެ.

މި ގަރާރުގައި ރާއްޖޭގެ ތަރައްގީއަށާއި ދިވެހިންގެ ދިރިއުޅުމުގެ ފަސޭހަ ތަކަށް ބޭނުންވާ ކަރަންޓް އުފެއްދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށްފައި ވެއެވެ.

މި ގަރާރުގައި އިތުރަށް ބުނެފައި ވަނީ، ކަރަންޓްގެ އަގު ބޮޑު ވުމަކީ ރައްޔިތުން ކަންބޮޑުވާ ކަމަކަަށް ވެފައި އޮތުމާއި، ކަރަންޓްގެ އަގު ރައްޔިތުންނަށް އުފުލޭނެ މިންވަރެއްގައި ދެމެހެއްޓުމަކީ ބޮޑު ގޮންޖެހުމެއް ވުމެއް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކަރަންޓް އުފެއްދުމުގެ އަގު ބޮޑުކުރަންޖެހުމާއި، އެކަމުގެ ސަބަބުން ސަރުކާރަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާކަންވެސް އެ ގަރާރުގައި ފާހަގަކޮށްފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޯރަ ބޭ

    މާލެ އެކޭއެއްވަރަން ރައްޖޭގެ ހުރިހާރަށަކުންވެސް ފައިސާނަގަންވާނީ