އިންކަމް ޓެކުހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވަން ނިންމައިފިއެވެ.

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. އެ ބިލް ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު މަޖިލީހުގެ ވޯޓުގައި ބައިވެރިވަޑައިގަތް 69 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއަދު މަޖިލީހުން ބަލައިގަނެފައިވާ އިންކަމް ޓެކްސްގެ ބިލުގައި ވަނީ އަންނަ އަހަރުން ފެށިގެން އާމްދަނީ އިން ޓެކްސް ނެގުމަށް ބުނެފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅި އިރު ޓެކްސް ނެގުމަށް ހުށަހަޅާފައިވަނީ އާމްދަނީގެ ގޮތުގައި 40،000 އިން މަތިން ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން އެފަރާތްތަކުން އަތުން ޓެކްސްގެ ގޮތުގައި 8 ޕަސެންޓް ނަގަން ބިލުގައި ވަނީ ހުށަހަޅާފައެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުން އާމްދަނީ 100،000-60،000 ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ 10 ޕަސެންޓް ކަމުގައި އާއި އާމްދަނީގެ ގޮތުގައި 100،000 އަށްވުރެ މަތިން ލިބޭނަމަ އެފަރާތެއްގެ އަތުން ޓެކްސްގެ ގޮތުގައި 15 ޕަސެންޓް ނަގާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ލަފާކޮށްފައިވަނީ ދައުލަތައް އަހަރެއްގެ މައްޗަށް އިންކަމް ޓެކްސްގެ ގޮތުގައި 600 މިލިއަން ރުފިޔާ ލެބޭނެ ކަމަށެވެ.

އިންކަމް ޓެކްސް ނަގަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަގޭ ޚިޔާލު

    19ވަނަ މަޖިލީހުގައި ތިބި ގިނަ މެމްބަރުންނަކީ ރޯނު އެދުރުން.

  2. މާމީ

    މިހާރު މީ ރައްޔިތުންގެ މަޖިލިހެއްނޫން މީ ބައެއްގެ ހަރުގެ