ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް މަގާމުން ވަކި ކުރަން ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. ޒަރީރު ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ.
އެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ތެރެއިން އެ ހުށަހެޅުމަށް ގުރައިދޫ ދާއިރާ މެމްބަރު އިބްރާޙިމް ރިޒާ ފިޔަވާ އެންމެން ވޯޓު ދެއްވިިއެވެ. އެއާއެކު ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން އެ ހުށަޙެޅުން ވަނީ ފާސްވެފައެވެ.
ކޮމިޓީގެ ނައިބް މުހައްރިރު މޫސާ ސިރާޖް ވިދާޅުވީ ކުރީ ފަހަރުތަކުގައި ބިޝާމްގެ މައްސަލަ ކުރިއަށް ނުދިޔަކަމުގައި ވީނަމަވެސް މިފަހަރު ބިޝާމް ވަކިކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ. އަދި މަޖިލީހުގެ މިހާރުގެ ގަވާއިދު ހަމަޖެހިފައިވާގޮތުގެ މަތިން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް މިކަން ގެނެސް ކޮމިޓީން ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ބިޝާމް މަގާމުން ވަކި ކުރަން މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހި ނިންމިއެވެ. ނަމަވެސް ފަހުން ކޮމެޓީން ވަނީ އެ ބާތިލްކޮށްފައެވެ.
ބިޝާމް މަގަމާުން ވަކި ކުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
ސާބަހޭ ކުދިންނޭ. ރަނގަޅަށް ހިލާލާ.
އެހެން ބިޝާމަކީ އަނިޔާވެރިއެއް.. 29 ދުވަހުގެ ހުކުމެއް އަންނަ ކުޑަކަމެއް ފުލުހުން ތަގުޤީޤުކޮށްފަ ފޮނުވީމަ ޤާނޫނީ ލޫޕު ހޯލުތައް ހޯދައިގެން 7 އަހަރުގެ ހުކުމް އަންނަ މައްސަލައެއްގެ ދަޢުވާ ކުރަން ކޯޓަށް ފޮނުވީ.. މި އާއިލާގެ ބަދު ދުޢާ އަބަދުވެސް އޮންނާނެ މީނާއަށް
ތިޔަވާނީ އެދުނު ދައުވާޔެއް ކޮއް ނުދިނީކަމައް
މިހާރަކު ކެޔޮދަޅީގައި ކުދިންވަޅުލަނީކީނޫން ވީމާ ކެޔޮގަނޑުކަނޑާލީމަގަހުގެބޭނުމެއްނޯންނާނެދޯ؟
ވަކި ކުރޭ. ކަލެޔަކަށް މާގިނަދުވަހަކު ތިޔާހެން ނޫޅެވޭނެ. މި ރަށު ރަހްމާނިއްޔާގެ އަލީ ކޮބާ ސިހުރެއް ހަދާލަންވީނު. މިކަލޭ ގަނަތަޅުވަން.
މާކުރިންވެސް އިގޭ..ދެންްއޮޮތީީ ސޭޓް..
މިފަހަރުވެސް ވޯޓަށްއަހަންވާ ހިސާބުން ތިކަންއަނބުރާ ނަގާނެ.
މިއީ އެއްވެސްގޮތަކަށް ރަގަޅު ޕީޖީ އެއްކަމަށް ރައްޔިތުން ޤަބޫލްނުކުރޭ...ދިވެހިރާއްޖޭގައި ތިބި ހުރިހާ ސިޔާސީ މީހުންނަށް ބޮޑެތި ދައުވާ ކުރުމުގެ ފަހަތުގައި ހުރީ ޕީޖީ...
ކޮންމެ ސަރުކާރަކަށް ލޮނުހެޔޮވަރުވާނަމަ އެއީ އެތިކަލް މަށްސަލައެއް. މިފަދަ ބޭފުޅުން ރައްޔިތުންގެ މިފަދަ މަޤާމެއްގައި ހުރުން ކުފޫ ހަމަނުވޭ... ރ.ޔާމިން ގެ މަށްޗަށް މަނީ ލޯންޑްގެ ދައުވާ އުފުލާފައިވަނީ ދުނިޔޭގައި އަމަލްކުރާ ކޮން ޖުޑިޝިއަލް ޖަސްޓިސްގެ ޕްރިންސިޕަލް އަކަށް ފައްތާއިގެންތޯ... އަދި ރ.ނަޝީދު މަށްޗަށް 2012 ވަނައަހަރު އުފުލި ދައުވާ ރ.ވަހީދުގެ ލަފޔާއެކު އޭޖީ ވަނީ ޕީޖީ އޭޖީ ޖޭޖޭ ހަދާ ދައުވާ އުފުލާފަ...
އޯކޭވާނެ! ތިވެސް ވަކިކުރިކަހަލަ މީހެއް.
ހަމްދަރުދީވުމެއް ނެތް.
މަކަރުބެރި ކަނބަލެއް.
ގައުމު ހިނަގަން ކޮމިޓީއާ ޖުޑިޝަލް ސާވިސް ކޮމިޓީއާ ހަވާލުކުރަން ފެނޭ
ވަކިކުރޭ ބާކީ އޮތީ ހަތަރު އަހަރު ދެން އިން ޟާ ﷲ ވެރިކަމުގެ ވަސްވެސް އެމްޑީޕީ ބައިގަނޑަކަށް ނުދައްކަވާށި
ތީ ކުރިންވެސް އެނގޭ ކަމެއް، ބޮޑެތިމީހުން ކުރި ކުއްތަކަށް ކުރި ހުކުމްތައް މުރާޖައާ ކުރުމަށް އޭނާ ލައްވާ ސްޕްރީމްކޯޓަށް ހުށަހަޅައި އަދި ސްޕްރީމްގެ ފަނޑިޔާރުންލައްވާ ހުކުމްތައް ބާޠިލުކުރުވާ އަދި ބައެއް ދަޢުވާތައް އަނބުރާގެނުވާ މިހުރިހާކަމެއްކޮށް މިހާރުވަނީ ނިމިފައި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ތިންބާރުގެ ވެރިކަންވެސް މިވަނީ ލިބިފައި، ދެން ހަރުބަހުގަ އޮންނަހެން ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނެ. އެތިބީ ސްޕްރީމްވެސް އޮޅާލާފަ ދެން ބިޝާމް ދެންވެސް ހުރި މީހަކު ދުއްވަލާތި، އަދި އެހެން ޕާޓީތަކުގެ އިސްވެރިންގެ ދުވަސްވެސް ދުއްވާލާނެ. ބަލަންތިބޭތި
ސުވާލެއް. މިއީ ސެނަހިޔަ ހޮސްޕިޓަލްގައި އުޅުއްވާ ޑރ. ޝާހިދުގެ އަނބިކަބަލުންތޯ.
އިންސާނުން އަޅާ ވަށިގަޑު ދުނިޔޭގެ ބާޒާރުގައި ހުރިތޯ ބަލާފައި ރާއްޖެ އެތެރެ ކުރަންވެއްޖެ. އަންނި ހިތްހަމަ ނުޖެހޭ މީހަކު ހުރިއްޔާ އެގޮތަކުން މިގޮތަކުން ނަމަވެސް ބޭރުކޮއްލާނެ.
އެއުޅެނީ އެތަނަށް ސޫދުބެ(މަރޭ) ތޮރުފާލަން ވެގެން.
ލޯބި މަންޖެއެއް ތިހެން ނުހަދާ ..އެކަމަކު ތިމަންޖެ ފަހަކަށް އައިސް އުޅުނީ ވަރަށް އައްޗިކޮށް....