މި ރާއްޖޭގައި ފަސާދަ އުފެދިގެން މިދަނީ ދީން ހަތިޔާރެއްގެ ގޮތުގައި ސިޔާސީ ބޭނުމަށް އިއްޒަތްތެރި މެމްބަރުން ބޭނުން ކުރައްވާތީ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގައި ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުންނާއި އަދި އެކިބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ރުއްގަސް ނަގާތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އިސްލާމްދީނާ ގުޅޭ ވާހަކަތައް ދައްކަވަން ފެއްޓެވުމާ ގުޅިގެންނެވެ.

އެގޮތުން އެ ގަރާރަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ، ދިވެހި ފަސްގަނޑުން ނެތިކޮށްލަން މަސައްކަތް ކުރަނީ ހަމަ އެކަނި ގަސްތައް ނޫން ކަމަށާއި އިސްލާމްދީންވެސް ނެތިކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ގަހެއް ނެތުމަށް ވުރެ ދީނަށް ކުރާ ފުރައްސާރަ އާއި އިސްލާމްދީން ފޮހެލުމަށް ކުރާ މަސައްކަތާ މެދު މާބޮޑަށް އޭނާ ކަންބޮޑުވާ ކަަމަށެވެ.

"މިއަދު މި ފަސްގަނޑުން ފެނިގެން މިދަނީ ގަހެއް ނޫން، އިސްލާމް ދީން ނެތިކޮށްލާތަން. މިއީ އަޅުގަނޑުމެން މާ ހިތާމަ ކުރާކަމެއް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މަޖިލީހުގައި ބަހުސް ކުރައްވަމުން ގެންދަވާ މައްސަލައަށް ވާހަކަ ދެއްކެވުމަށް ނަޝީދު ވަނީ ހަނދުމަފުޅު ކޮށްދެއްވާފައެވެ. އެހެން ނަމަވެސް ޝިޔާމް މައުޟޫއިން ބޭރުގައި ވާހަކަ ދެއްކެވުމުން ނަޝީދު ވިދާޅުވީ، ދީން ހަތިޔާރަކަށް ހަދައިގެން މަޖިލީހުގެ އިތުރުން އެހެން ތަންތަނުގައި ދައްކާ ވާހަކަ އެންމެ ފަހުން ނިމިގެންދަނީ ނިކަމެތި ރައްޔިތުންނަށް ލިބޭ އަނިޔާއަކަށް ކަމަށެވެ.

"ދީން ހަތިޔާރަކަށް ހައްދަވައިގެން ތާއަބަދު މި މަޖިލީހުގަޔާ އަދި އެހެން ތަންތަނުގައި ތިޔަ ދެއްވާ ތަޤުރީރުތައް އެންމެ ފަހުން އައިސް ނިމި މިދަނީ އެތައް އެތައް އަޅުގަނޑުމެންގެ ނިކަމެތި ރައްޔިތުންނަށް ލިބޭ ބޮޑެތި ބޮޑެތި އަނިޔާއިން" ނަޝީދު ވިދަޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ފަސާދަ އުފެދިގެން އަންނަނީ ސިޔާސީ ބޭނުމަށް ދީން ހަތިޔާރަކަށް ހަދާތީ ކަމަށް ވިދާޅުވެފައެވެ.

"މި ރާއްޖޭގައި ފަސާދަ އުފެދިގެން މިދަނީ ދީން ހަތިޔާރެއްގެ ގޮތުގައި ސިޔާސީ ބޭނުމަށް އިއްޒައްތެރި މެމްބަރުން ބޭނުން ކުރައްވާތީ" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. 19 ނަވާރަ

    ދެން ތިބާ ދީންމަތިން ހަނދުމަ ނައްތާލާފަ ގައިމުގެ ހަމަޖެހުމަސައްކަތް ކުރަންވީނު. ﷲ ތިބާގެ އުޅުން ރަގަޅަށް ދެނެވޮޑިގެންވޭ. ތިބާވެސް ހެއްދެވީ މާތްﷲ އެކަމާ ޖަދަލުނުކުރަނީ ކީއްވެބާ ފިތުނަ ވެރިކަލޭގެ

    74
    3
  2. ބަޑި އެދުރު

    މިތަން ފަސާދަ ކުރި ބޮޑަކީ ނަޝީދު! ނަޝީދު ދީން ހަރިޔާރަކަށް ނަގާ މިކިރާ ވަކާލަތަކީ މީކަމުނުދާ ދީނެއްކަން!

    78
    3
  3. އިހަވަންދޫ ރައްޔިތެއް

    މި ރަށުގައި ތިޔަ ކަލޭޔަށް ތަބާވާ މީހުން އުޅޭ އެކަމަކު ތިޔަކަލޭގެ ﷲއަށް ބިރުވެރި ނުވާތީ ޖެހިލުންވޭ. ޔާ ﷲ މި ކަލޭގެއަށް ﷲ އަށް ބިރުވެތިވާނެގޮތެއް މެދުވެރި ކުރައްވާނދޭވެ.

    83
    2
  4. މަގޭ ޚިޔާލު

    ވަކްތުން ވަކްތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އިނާޔަތްތަކާއެކު ވިހިހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކަށް ތިރި ކުރަން ޖެހޭ!! އަށްޑިހަ ފަސްހާސް ރުފިޔާގެ މުސާރައެއް ހައްގުވާ ވަރުގެ މަސައްކަތެއްކުރާ އެވަރުގެ އިލްމަކާ ގާބިލުކަމެއްހުރި މެމްބަރަކު 19ވަނަ މަޖިލީހަކުނެތް.

    62
    1
  5. އައްޑޫސިޓީ

    ރާއްޖޭގައި ފަސާދަ އުފެއްދުމުގެ އެންމެބޮޑު މޭސްތެރީ އަކީ ކަލޭ. ކަލޭ ތިކަންހުއްޓާ ހިސާބުން ނިމޭނެ.

    77
    4
  6. ވިސްނާ

    އެންމެބޮޑަށް ފަސާދަ އުފެދިގެންދަނީ އިސްލާމްދީނުގެ އަސާސީ ތައުލީމުވެސް ނުދަންނަ ބަޔަކު އިސްލާމްދީނުގެ ޙުކުމްތަކާ ގުޅޭ ގޮތުން ނޭނގޭ ވާހަކަ ދައްކާތީ.. މިސާލަކަށް ވައްކަން ކުރީމާ އަތްކަނޑާކަށް ނޭދެމޭ، މަރަށް މަރު ހިފުމަކީ ހަރުކަށިވުމޭ، ބޯންވާނޭ ބޮވެންޖެހޭނޭ މިޔުޒިކު އަޑުއެހުން ހުއްޓާލާކަށް ނޭދެމޭ މިހެންގޮވާ، ސިޔާސީ މީހުން އިސްލާމްދީނުގެ ޞައްޙަ މައުލޫމާތުތަކާއި ޙުކުމްތަކާ ދޭތެރޭ ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދައިގެންނެވެ. ހަވާނަފްސު އެދޭގޮތަށް އިސްލާމްދީން ބައްޓަންކުރަން މަސައްކަތްކުރާ މީހުންނަކީ ހަގީގަތުގައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ މީހުންނެވެ. ވެރިކަމަށް ފެންބޮވައި ގަތުމުން އިސްލާމްދީން ހަނދާންވެފައި، ވެރިކަން ލިބުމުން އިސްލާމްދީނުގެ ހުކުމްތަކުގައި ކޮޅުފައިން ޖަހާ މީހުންނަކީ، މުސްލިމުންނޭ ބުނިކަމުގައިވިޔަސް މުސްލިމުންގެ އަދާވާތްތެރިންނެވެ.

    70
    1
  7. Anonymous

    ދީން ހަތިޔާރަކައް ހަދަނީ ތިލާދީނީ
    ބައިގަ

    69
    3
  8. އައިޝާ

    ދީން ހަތިޔާރަކައް ހަދަނީ ތިލާދީނީ
    ބައިގަނޑު
    ވެރިކަމަށް އަރަން ދީނީ އިލްމު ވެރިންގެނާޖާއިޒް ފައިދާ ނަގަނީ ވެސްް ތި ބައިގަނޑު
    ތިބައިގަނޑު ގެ އަވައިގަ ޖެހި
    އިލްމު ވެރިންގެ އަގު ވެއްޓުނީ

    69
    3
  9. އިކްރާމް އަބުދުއްސައްތާރު

    ރާއްޖެ އަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ތިޔަ ކަހަލަ ލާދީނީ މީހުން މިގައުމުގެ ވެރިކަމާއި ހަމަޔަށް ދާން ފުރުސަތުލިބުނީތީވެ..

    އޭގެ ނުރައްކާ މިހާރަށްވުރެ ކުރިމަގުގައި ބޮޑުކަމަށް ފެނޭ..!

    ގައުމިއްޔަތެއް.. ދީނެއް.. ގޮތެއް ފޮތެއް ނެތް ބައެއްގެ އަތްމައްޗަށް ގައުމުގެ ގާނޫނުހެދުމުގެ ބާރު ލިބުނީމަ މިވަނީ ވާނެ ގޮތް..

    އުސޫލެއް ގާނޫނެއް ހަމަޔެއް ނުހިގާނެ.. ތިމާގެ ޖީބު ބޮޑުކުރުމާއި ބާރު އިތުރުކުރުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ނުވިސްނޭނެ..

    މިއީ ގައުމީ އަދި ދީނީ ނުރައްކަލެއް..؟

    63
    3
  10. Anonymous

    މީހައުދަހާވާ ލަދުކުޑަ ނަޝީދަކެ. މިނަކީ މިތަން ފިތުނަކޮށް ބައިބައި ކުރި ފިތނައިގެ ގެ މޭސްތިރިޔާ. ވެރިކަމާ ހެދި. އެންމެ ކުރިން ބުނީ ތިމަންނަ ވެރިކަމެއް ބޭނުމެއްނޫނޭ ވެސް ނޫނޭ.

    55
    3
  11. ޓްރޭސް

    ހުރިހާ ފަސާދަ އަކާއި ފިތުނައެއްގެ އަސްލަކީ ކަލޭ.

    63
    3
  12. އެންދެރި

    އެމްޑީއެން.އުވާލާށެވެ.

    57
    2
  13. ނަޝީދު ދޮންބެ

    އޭ ބުނަން މި ރާއްޖޭގައި ފަސާދަ އުފެދިގެން ދަނީ ދީނާ ދެކޮޅަށް ކެނެރީގެއިން މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެމަގަށް ފާޅުގައި ވާހަކަ ދައްކަން ފެށީމަ

    58
    2
  14. ޝާހް، ރ.ވާދޫ

    މުސްލިމުން އެމީހުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އިސްލާމްދީން. ކަލެޔަށް އެމީހުން ދީނުގަ އޮންނަ ގޮތަށް ކަންކަން ކުރަން ފޯސްކުރީމަ ކަލެޔަށް އެއީ ގަބޫލުކުރެވޭކަމެއް ކަމަކަށް ނުވާނެ. އެއީ ކަލެޔަކީ އިސްލާމް ދީނާ ދިމާއިދިކޮޅު ހުޅަނގުގެ ލާދީނީ ފިކުރުގެ ޕަޕެޓަކަށް ވާތީ.

    54
    1
  15. ސަމިި

    މިތަން ފަސާދަ ކުރި އަދި ކުރާ މީހަކީ 6 ދުލުގެ ކެނެރީ ނަޝީދު

    55
    1
  16. ލާދީނީ

    ރަޢްޖޭގައި ފަސާދަ އުފެދިގެން ދަނީ ކަލެ އާއި ކަލެއަށް ތަބައަވާ ބައިގަނޑު މިތާ ޔަހޫދީ ދީން ފަތުރަން އުޅޭތީ. ވަރަށް ސާފު

    31
    1
  17. Anonymous

    ކެނެރީދާއބަ ތިޔައީ މުޅިމިރާއްޖޭގެ އެންމެބޮޑު ފިތުނަފަސާދާގެ އައްޕަ.

    32
    1
  18. ޑައެލޯގް

    މިތަން ފަސާދަކުރަން ޔަހޫދީން މޮޔައެއް ބޭނުންވިހިދު އެވެރިންނަށް ކަލޭ ފެނިފައި އިގުނީ ރާއްޖެ ފަސާދަކޮށްލެވޭނީ، ޑިމޮކްރަސީގެ ނަމުގައި މިކަލޭގެ ލައްވައި ފިލްމުކުޅެގެންކަން ފުރަތަމަ މިނިވަނެއްނޫނޭ އެމީހަކު ބޭނުންހާއެއްޗެއް ކިޔަންވާނެއޭކިޔައި ރާއްޖޭގެ އެއްބައި ވަންތަކަން ފޮހެލީ ދެން ޢިލްމުވެރިންގެ އަގުވައްޓާލީ

    28
    1
  19. ޑެއިލް

    ރާއްޖޭގައި އެހެންދީންތައް ގެންނަށް އެންމެބޮޑަށް ވަކާލާތުކުރަނީ ނަޝީދު. ނަޝީދުގެ ސަބަބުން މިގައުމު ހަލަބޮލިވެގެންމިދަނީ. ތީ ފިތުނަވެރި މީހެއް

    29
    1
  20. އައްލެއިކަލޯ

    ހަތިޔާ-ކަށް ދީން އެންމެ ފުރ-ރަތަމަ ނެގީ ކޮންބައެއް؟ އިސްލާން ދީނަށް ހަމަލަ ދިނުމަށް ލާދީނީ އުސޫލުތައް ނެގީމަ އަހަރެމެން އަހަރެމެންގެ އިސްލާންދީން ދިފާޢު ކު-ނަން. ތިޔައީ ދެކޮޅު ނުޖެހޭ ވާހަކައެއް. ލާދީނީ އުސޫލުތައް ހަތިޔާރ-ކަށް ނުނަގާ.

    23
    1
  21. ާަބިޖޫ

    މިރާއްޖޭގަ ފިތުނަފަސާދަ އުފައްދާ މެސިނަކީ ކެނެރީގޭ މުހައްމަދު ނަސީދު ލާދީނީ ލާދީނީއަންނި އަންނިއަކީ ކަތުރުފަންޔައްވުރެ ނުބައި ފަންޏެއް

    10
    1
  22. ފަަސީހު

    ނަަޝީދު ކަލޭތީ މިގަަައުމު ހަލާކު ކުރާ ލާދީނީ ކަލޭގެ ކަލޭގެ ކިބަަަައިން މިގައުމު ސަލާމައިކުރައްވާށި

    28
    1
  23. ކެޔޮޅު

    ސަހަލަރާއްޖެ ފަސާދަވެގެންދަނީ ތިކަހަލަ ޔަހޫދީން އުުޅޭތީ!

    5
    1
  24. އަބޯ

    ރާއްޖޭގަ ފަސާދަ އުފެއްދަނީ ނަސީދު ، ދީނާ ދެކޮޅު ވާހަކަދައްކަނީ ނަސީދު މުސްލިމުން ނޫން ދިވެހިން މި ގައުމުގާ އުޅޭކަން ދައްކަން މަސައްކަތް ކުރަނީ ނަސީދު .އިސްލާމް ކިޔާތަންތަނުގެ ނަމުން އިސްލާމް ކަނޑާލެވޭތޯ އުޅެނީ ނަސީދު ބަގަރާ ސޫރަތުގެ 11،12 ގައޮތް ވަހީއަށް ނިސްބަތްވާ މީހަކަށް ދިވެހިގައުމުގާ އުޅެނީ ހަމަ ނަސީދު

    7
    1
  25. ގަންޖާ

    ދީންހަތިޔާރަކަށް ހެދުން ކަލޭ ހުއްޓާލަންވީނު ދެން. ހަރުކަށި ފިކުރޭ، ސަލަފިއްޔާ ސިހުރޭ، ގާހިރާ ހިރަފުހޭ ކިޔައިގެން އިސްލާމްދީނަށާއި ދީނުގެ އިލްމަށް މަލާމާތާއި ފުރައްސާރަ ރައްދުވާހެން ކުރާ ކަންކަން ހުއްޓާލާ. ކަލޭގެ ލާދީނީ އެޖެންޑާ ކުރިއަށް ގެންދަން ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން އިސްލާދީނުގެ އަގު ވައްޓާލާ ދީނީ އިލްމުވެރިންގެ ޝަރަފަށް އަރައިގަތުން ހުއްޓާލާ ގަންޖާބޯ.

    6
    1
  26. މަސްވެރިން

    ﷲ ބިރުވެތި ވެބަލަ މިނުބައި މީހާ ފަސާދަ ކުރައް ވާނީ ވެސް ހަމަ ﷲ ކަން މީނައައް ނޭގެ ނީބާ ؟

    5
    1
  27. އަޙްމަދު

    މިކާލެގެ ސަބަބުން ރާއްޖެ ފަސާދަ ވަނީ. ވެނިމިއްޖެ!

    7
    1
  28. ކޮތަރުބިސް

    ދިވެހީންގެތެރޭ ފަސާދަ އުފެދިގެންދަނީ ތިކަހަލަ ޖާހިލު ޖައްބާރުން ދިވެހިންގެތެރެއިން އުފަންވެ އެމީހުންގެ ޖާހިލުކަމާ ޖައްބާރުކަން ރައްޔިތުންގެ ތެރޭފަތުރަން އުޅުމުން އެހެންނުވާންވީ ސަބަބެއްވެސްނެތް އެއީ ތިޔަކަހަލަ މީހުން ފަހުޒަމާނުގަ މިދުނިޔޭގަ ތިބޭނެކަން މީގެ 1400 އެތައްއަހަރެއްކުރިން ވަނީ އަންގަވާފަ

    1
    1
  29. ޚަލީފް

    ރާއްޖެ ފަސާދަކުރަނީ އަންނި ކަހަލަ ލާދީނީ މީހުންނައް ޒިންމާދާރު މަގާމުތައްދިނުމުގެ އާދައިގެ ސަބަބުން.

    1
    1
  30. ހުސެން

    އަހަރުމެނަށް ހަތިޔާރަކީވެސް ދީން
    އަހަރުމެނަށް އައްޑަނައަކީވެސް ދީން
    އަހަރުމެނަށް އުފަލަކީވެސް ދީން
    އަހަރުމެނަށް ދިރިއުޅުމަކީވެސް ދީން
    އަހަރުމެނަށް އިންސާފަކީވެސް ދީން

  31. އަޙްމަދް

    ރާއްޖޭގައި ފަސާދަ އުފެދިގެން މިދަނީ ދީން ހަތިޔާރެއްގެ ގޮތުގައި ސިޔާސީ ބޭނުމަށް އިއްޒައްތެރި މެމްބަރުން ބޭނުން ކުރައްވާތީ" ނަޝީދު ވިދާޅުވިއެވެ.
    —————————————-
    ނަޝީދު ވަކިރަނގަޅެކޭ ނުދައްނަވަން
    ނަޝީދު ބުއްޏެއްކަމަކު އެއީ ހަމަ ތެދެއް.
    ދީން ހަތިޔާރަކަށް ހަދައިގެން ދީނީ ޢިލަމުވެރިންނޭ ކިޔާބަޔަކު ނުކުމެ މިގައުމު ފަސާދަކޮށް ނިއްމައިފި.

    1
    4
  32. ކާފަ

    މިބިން އިސްލާމްދީނުގެ ނޫރުން އަލިވިލުނުފަހުން ސުލްހަވެރިކަމާ އުޚުއްވަތްތެރިކަމުގައި އެތައް އަހަރުތަކެއް މާޒީވެއްޖެއެވެ، ނަމަވެސް ހުޅަނގުން އިސލާމްދީނާ ދެކޮޅަށް ފެށި ކަޅުހަނގުރާމައިގެ ވިލާތަށް (ޑިމޮކްރަސީ) އިން މިބިމަށް ހިޔަނި އެޅެންފެށީ 2002 ގެ ފަހުންނެވެ އޭގެފަހުން މިގަޢުމުގެ ހަމަޖެހުމާއި އެކުވެރިކަން ގާދޫކޮޅުން ބޭރަށް ގޮސް އޮބާލައިފިއެވެ.

  33. އަދުނާނު

    ފާޅުގައި ފަސާދަ އެންމެ ފުރަތަމަ އިސްކުރީ ކަލޭ. މަޖިލީހުގެ އެހެން ޕާޓީތަކުގެ މެންބަރުން ގަނޑުކޮށް ގަތުމުގެ ސޭލް ފެށީ ކަލޭގެ ޕާޓީން ކަލޭގެ ވެރިކަމުގައި. އެހިސާބުން ހުރިހާ އެންމެން އެކަން ކުރަންފަށައިފި ފާޅުގައި. އެހން އިދާރާތަކުންވެސް. އެންމެފަހުންގޮސް ވެރިކަން ވެއްޓުނީމާ މިކިޔަނީ ބަގާވާތެކޭ. ބަލައެކަން ފެށީ ކަލެޔޭ އިނގޭތޯ؟

  34. އަހުލުވެރީން

    ދީން ހަތިޔާރަކަށް ހެދި މަކަރުވެރި ކަލޭގަޔާ! އޮޅުވާލަން ނޫޅޭ! ގަދީމީސަމާނުއްސުރެ ދިވެހީން ތިބީ އިސްލާމް ދީން އެހެން ދީނެއް މިގައުމަށް ގެނެސްގެން ނުވާނެ ކަމަށް ގަބޫލުކޮށްގެން! ދިވެހީންނަށް ނަސޭހަތް ލިބެމުން ދިޔައީ ފަރުޟު ފަސް ނަމާދު ކުރުމަށް، ރޯދަ ހިފުމަށް، ގުރުއާން ކިޔެވުމަށް، ﷲ އަށް ބިރުވެތިވެ ތަގުވާވެރިވުމަށް، ސުވަރުގެ ވަނުމަށް ގަދައަޅާމަސައްކަތް ކުރުމަށް. ދިވެހީން އެއްމެން ތިބީ މިގޮތުގާ. މިހެން ތިއްބާ ޝައިތާނާ އަށް ވެސް ނުދެވުނެ ވަސްވާސް، ފާޅުގާ މިމުސްލިމް ދިވެހި އުއްމަތަށް އެއްފަހަރާ ދިނީގަލޭގެ. ދިވެހި ރޭޑިއޯ ބޭނުން ކޮށް ހުކުރު ދުވަހު މުޅި ދިވެހި އުއްމަތަށް ކަލޭ ގޮވާލި ގޮވެއްޔަކީ ނުބައި ގޮވެއްޔެއް. އަދުއްވުއްﷲ ލަޢީނު ޝައިތާނާއަށްވެސް އެވަރުގެ އަސަރެއްކުރި ގޮވެއްޔެއް ގޮވިފަކާނެތް. މި މުސްލިމު ގައުމުގެ ވަލިއްޔުލް އަމުރަކަށް ހުރެ މީހުންނަށް އިސްލާމް ދީނުގެ ފުރިހަމަ އަޚުލާގާ އެއްގޮތަށް އުޅެ އިސްލާމް ދީނުގެ ސީދާ މަގުގައި ފައިތިލަސާބިތުކޮށް ތިބުމަށް ގޮވާލުމުގެ ބަދަލުގާ، ކަލޭ ވަސްވާސް ދިނީ އިސްލާމް ދީންނޫން އެހެން ދީނަކަށް މިގައުމުގާ އުޅެ އަދި އެހެން ދީނަކަށް އަޅުކަން ކުރެވޭނެ ގޮތެއް ހޯދުމަށް. ކަލޭ ބުނީ ތިމަންނަ ބޭނުމޭ މިގައުމުގާ އިސްލާމް ދީން ނޫން އެހެން ދީނަކަށް އަޅުކަން ކުރުމަކީ ދީނީގޮތުން ބަލާއިރު ކޮންކަހަލަ ކަމެއްތޯ ޝޭޚުން ކާރިން އަހަން. މީއީ މާތްވެގެންވާ ދީނާ ދެކޮޅަށް ހަމަހޭގަ ހުރެގެން ދިން ޝައިތާނީ ވަސްވާސް އެއް. މިކަހަލަ ނުބައި އެތައް ވަސްވާސް އެއް ކަލޭ އަމިއްލަ އަށް ދީފަ އެބަހުރި. އޭގެ އިތުރުން މިކަހަލަ އެތައް ވަސްވާހެއް އެހެން މީހުން ލައްވާ ދީފަ އަދި އެވަސްވާސް ތައް ދިފާއުކުރަން ކަލޭގެ އެތައް ވަކާލާތެއް ކޮށްފަ އެބަހުރި. އިސްލާމް ދީން ހަތިޔާރަކަށް ނަގާ އެއީ ފޭކު އެއްޗެއްކަމަށް މީހުންނަށް ދައްކައިގެން އެގޮތަށް ދިވެޙިން ރުއްސާ ދިވެހީން މަގުފުރެއްދުމުގެ މޭސްތިރިއަކީ ކަލޭގެ! އަހަރަމެން އޮޅުވަން ނޫޅޭ.