ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި މެންބަރުން ބެރު ޖައްސަވާފައި ގަލޮޅު ވަޑައިގެންފިއެވެ.

ގުވާމް އާއި ރާއްޖެ ބައްދަލު ކުރާ މެޗު ބެއްލަވައި ކުޅުންތެރިންނަށް ތަރުހީބު ދެއްވުމަށް، ފިލިޕީންސް އާއި ރާއްޖެ ކުޅުނު ދުވަހެކޭ އެއްފަދައިން ރައީސް ނަޝީދާއި މެމްބަރުން މިއަދުވެސް ވަޑައިގެއްނެވީ ފޯރީގައެވެ. ރައީސް ނަޝީދު މިއަދުވެސް ދަނޑަށް ވަޑައިގެންފައި ވަނީ ބެރު ދުންމާރީގައި، ވަރަށް ފޯރީގައެވެ.

މިއަދު ދަނޑަށް ވަޑައިގެންނެވި މެންބަރުން ނޭޕާލް އާއި ރާއްޖެ ކުޅުނު ދުވަހު ވަޑައިގަތް މެންބަރުންހާ ގިނަ ނޫން ނަަމަވެސް އެބޭފުޅުން މިއަދު ވަދައިގަތް އިރާއި އެދުވަހާއި އަޅައި ބަލާއިރު މިއަދު ވަކި ފޯރި ދެރައެއް ނޫނެވެ. މިއަދުގެ ރައްޔިތުންގެ މަޖިލިސް ފައްޓަވަމުން ރައީސް ނަޝީދު ވަނީ ހުރިހާ މެންބަރުންވެސް މިއަދު ދަނޑަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

އިސްވެ ކުރީސަފުގައި މިއަދުވެސް ބެރުޖެއްސެވުމަށް ރައީސް ނަޝީދު ހުންނެވި އިރު ގައުމީ ދިދައާއި އެކު ގައުމީ ރޫހުގައި ކަށިގަނޑު ފުމެމުން މެންބަރުން ވަޑައިގެންނެވީ ވަރަށް ފޯރީގައެވެ. ގަލޮޅު ދަނޑަށް މެޗު ބައްލަވާލެއްވުމަށް ވަޑައިގަތް ހުރިހާ މެންބަރުން އަދި ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދުވެސް ހުންނެވީ ގައުމީ ޖޯޒީ ގައެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހަށް ގަލޮޅު ދަނޑު ކައިރިން ފުރަތަމަ މަރުހަބާ ދެންނެވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ.

މި މެޗު ބެލުމަށް ދާ ސަޕޯޓަރުން ގިނަ ކުރުމަށް ވަނީ "މަވެސް ދާނަން" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަޓޯ

    ދޫނި ރާއްޖެ.. މިސަކަރާތެއް ޖަހަން ހަދައިހެން މީހުން ބައިގަޑިއިރުވަންދެން ޓްރެފިކްގައި ތާށިވެފަ.. ޕިސްޕިސްޕިސް

    41
    4
  2. ޑައެލޯގް

    މި ނަޝީދަކީ އެމެރިކާގެ ރައީސް ކޮޕީކުރާމީހެއް، ޓްރަމްޕްވެސް ކެންޕެއިން ދުވަސްވަރު ޕޯން އަންހެއްކުއްޖެއްގެ ލަދުވެތި ގުނަވަނުގައި އާންމުންގެ ތެރޭގައި އަތްކާއްތަތަން ލައިވްކުރި، މީނާވެސް މިއުޅެންވީ ދޮންކުދިން އުޅޭހެން ބަލަ މިއީ އިސްލާމީ ގައުމެކޭ، ހިތްތިރިވުމަކީ ޕޯސްޓަރުތަތްކުރަން ކޮޑަންއަރާ، ފިޔަންމަތިން ކާލާ ހެދުމެއްނޫނޭ

    34
    6
  3. ރަށުމީހާ

    މިހާރު ކުޅިވަރުގެ ދަނޑުތައް ހުވަފެނުން ފުރިއްޖެ.ދެފާކޮއްޅަށް ނަގައިގެން ދިޔަޔަސް ކުރީދުވަހަށްވުރެ އެކުގައިދާ މީހުން މަދުވެއްޖެ.

    36
    2
  4. ގޖ

    މިދެމީހުންނަކީ ތަފާތު ދެމީހުންކަމަށްބުނެ ކެންޕޭންކޮއްދިންމީހުން ކީކޭބާ މިއަށްކިޔާނީ.. މިއީ ދެމީހެއްތަ.... ނޫން މިއީ ދޯޖިސްމު އޭކް ޖާން.. މޑޕއިން ހިކަންޖެ ވެރިކަމަށް ކުރިމަތިލިޔަސް މޑޕގެ ފިކުރާ ލާދީނީއްޔަތާ ލާގައުމިއްޔަތާ ނެތި މޑޕއިން ނުނިކުންނާނެ.. ލާދީނީ

    10
    1
  5. ގައްމު

    ބޯހަލާކު މީވެރިން އުޅޭވައްތަރުތަ

  6. ޝާހް، ރ.ވާދޫ

    ލައްކަ ވީޑިއޯ އާއި ފޮޓޯއާއި ސެލްފީ ނެގިފަ ހުންނާނީ މިޔަދު! ސެލްފީ ސަރުކާރު!

    12
  7. Anonymous

    ހިތުން ވަރަށް މޮޅު ކަމެއް ކުރީ. ޙަޤީޤަތުގައި ޓުރެފިކުގައިޖެހި ވަގުތު ގެއްލުނީ ނިކަމެތި ރައްޔިތުން

    12
  8. އަޙްމަދު

    ކިތަންމެ ވަރަކަށް ކަލޭމެން ފުމުނަސް ތިދަނޑަށް ދެންވަނީނީ ވޯކް ވިސާ ހަދަން ބޭނުންވާމީހުން. ކަލޭމެން އަޑީގައި ތިބެގެން ފުޓްބޯލް ހަލާކުކޮށް ނިންމާލައިފި. އެކަން ފުރިހަމަޔަށް ސިޔާސީ ކޮށްފި!

    11
  9. މޯދީ

    ކޮންމެ ކަމެއް ގައި ވެސް ދެއްކުންތެރިކަން . ޙެޑްލައިން ހަދަން

  10. ރޮކްބީ

    ކެމްޕޭނުގެ ވައުދުގައިވާ ގޮތަށް ދަނޑުތައް ފުރާލަނީ.