އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދައުވާއެއްގެ މިއަދު ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުމެއް ސިއްރުކޮއްފިއެވެ.

މިއަދު 3 ޖަހާއިރަށް ތާވަލް ކުރި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ސިއްރުކޮއްފައިވާއިރު މިއަދު އޮތީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގެ އިބްތިދާއީ ފުރުތަމަ އަޑުއެހުމެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރެއިން އަދުލްއިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ހަމަ އެއްގަޒިއްޔާއެއްގެ ދަށުން މި ދައުވާ އުފުލާފައި ވެއެވެ. އެދައުވާއާ ގުޅިގެން ގާނޫނީ ވަކީލުން އައްޔަން ކުރެއްވުމަށް އެ ތިން ބޭފުޅުންނަށް 10 ދުވަހުގެ ފުރުސަތެއް ގާޒީ ވަނީ ދެއްވާފައެވެ.

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދެން އުފުލާފައި ވަނީ ނިރުބަވެރިކަމުގެ ދައުވާ އެވެ. މި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.

އެ ތިން ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިރުޓޭ

    މި ބުނީ ސުޕްރީގަ ތިބޭ ފަނޑިޔާރުންނަށް ހާދަ ވަރަކަށޭ ރައްޔިތުން ސައްކު ކުރަނީ އިނގޭ! މި އަބްދުﷲ ސައީދުވެސް ލަންކާ އައި ދުވަހަކު ޓުރޯލީ އެއް ފުރާ ސެންޓު ގަނެލައިގެން އައި ކަމަށް ވަނީ އަސްލު! ދެން އަނެެއްކާ އަލީ ހަމީދުމެން މަދީނާ އާ އެތަންމިތަނުން ކިޔަވައިގެނޭ ބުނޭ ގަންނަ ސަކަރާތް ހަމަ އެކްސެލް އަށް މިހާރު އުޅޭ ކުދިން މޮޅު ކަމުން ފާޑުފާޑަށް އޭނަޔާ ވައްތަރު މީހުންލައިގެން ވީޑިޔޯ ހަދަނީ އޭ ބުންޏަކަސް މިހާރަކު މީހުނެއް ޤަބޫލެެއް ނުކުރާނެ ދޯ!

  2. ޙަމީދު

    ތީހުސް ބޭކާރު ކޮމެންޓް ހެހެހެ

  3. މާމަ ފުޅު

    ސިއްރު

  4. ޖޮއްބެ

    ފަނޑިޔާރު (މިހާރު ބާޣީ ޙަމީދު) ޢަލީ ޙަމީދު މުޙައްމަދު ރިޝްވަތު ހިފައިގެން އިދިކޮޅޭމެންނަށް ނުވިކޭ އިރު އޭނާއަށް ފުރައްސާރަ ކޮށް މަލާމާތްކޮށް އޭނާލައްވާ ފާޙިޝް ކަން ކަން ކުރުވާފަ ފޮޓޯނަގައިގެން އެފޮޓޯ ނެޓަށްލައިގެން އުޅުނީވެސް ރީނދޫ ކަލްޓް އެމްޑީޕީ އިންނެވެ. އެއިރު އެމީހުން ހަމީދަށްކިޔަނީވެސް ހުދުޖަނގިޔާ ކަޅޭ އެވެ. ފަހުން މުއްސަނދިވާނެ މާމޮޅުގޮތެއް ފެނި އެމަގަށް ފިރާލުމުން އެއްކަލަ ހުދު ޖަނގިޔާ ކަންކެނޑި މާތްވެ ހުދު ސާފު ފޮތިކޮޅަކަށް ބަދަލުވީ އެވެ. ބުނެވޭގޮތުގައި އުއްތަމަ ބެއްޔާ ވެސް ހަލާކުކޮށްލީ މިކަލޭގެއެވެ.