މަޝްހޫރު ފިލްމީ ތަރި، މަލް އާއި ދެކޮޅަށް ދަޢުލަތުން އިއްޔެ ކްރިމިނަލް ކޯޓުގައި އިއްވި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ އާއި، ކެނެބިސް ބޭނުން ކުރުމުގެ ދަޢުވާ އިއްވުމާއި އެކު، އޭނާގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ.

ހާސްކަން ވެރިނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މަލްގެ މައްޗަށް ދަޢުލަތުން ކުރަނީ ބޮޑު ދަޢުވާ އެކެވެ. އެކަން އޭނާގެ މައްޗަށް ޘާބިތުވެއްޖެ ނަމަ، ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

މަލް ބެލުންތެރިންނަށް އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ އިސްތިހާރަކުންނެވެ. ނަމަވެސް އޭނާ ފިލްމަކުން ފެނިފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މަލްގެ ފުރަތަމަ ފިލްމަކީ ހުސައިން މުނައްވަރު ޑައިރެކްޓް ކޮށްފައިވާ ފިލްމު "ނޭނގިޔާރު ވަކިވީ"އެވެ. އެއީ މަލްގެ ފުރަތަމަ ފިލްމަށް ވުމުން އޭނާ ފެނިގެން ގޮސްފައި ވަނީ ވަރަށް މަދު މަންޒަރެއްގައެވެ.

ދެން މަލް ފެނިގެން ގޮސްފައިވަނީ އަލީ ސީޒަން ޑައިރެކްޓްކޮށް 2016 ވަނަ އަހަރު ރިލީޒް ކުރި "ވަފާތެރި ކެހިވެރިޔާ" އިންނެވެ. އެ ފިލްމުގައި އޭނާގެ ބޮޑު ރޯލެއް ފެނިފައިވާއިރު މަލް ކުޅެފައިވަނީ ކުޑަކޮށް މޮޔަ ކުއްޖެއްގެ ރޯލެވެ.

މަލްގެ ތިންވަނަ ފިލްމަކީ، 2016 ވަނަ އަހަރު އެންމެ ފަހުން އޮލިމްޕަހުގައި އެޅުވި ކޮމެޑީ ފިލްމު " ބައިވެރިޔާ"އެވެ. ގިނަ ތަރިންތަކަކާއި އެކު ހަދާފައިވާ އެ ފިލްމު ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އިރު މަލް ކުޅެފައިވާ ރޯލަށް ވެސް ބެލުންތެރިން ވަނީ ތައުރީފް އޮއްސާފައެވެ.

ދިވެހި ފިލްމި އިންޑަސްޓްރީގައި ކުރިއަރަމުން އައި މަލީހާ ވަޙީދު، މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައިވަނީ، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާމިގިލިންނެވެ. މި މައްސަލައިގައި މަލްގެ އިތުރުން، އިތުރު އަންހެނަކު ހައްޔަރުކޮށްފައިވާއިރު، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިއަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު، ފުލުހުން ހިންގި ޙާއްޞަ އޮފަރޭޝަނެއްގައެވެ.

މި ދެމީހުންގެ މައްޗަށް ދަޢުވާ އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ، ޤާނޫނު ނަމްބަރު، 17/2011 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން، 136 ވަނަ މާއްދާގެ (ބ) އާއި ހަވާލާދީ، 105 ވަނަ މާއްދާގެ (ނ)ގެ ދަށުންނެވެ. މި މައްސަލަ މި ދެ މީހުންގެ މައްޗަށް ޘާބިތުވެއްޖެ ނަމަ، އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ދަޢުލަތުން މިއަދު އިއްވި ދަޢުވާ ގައި ވަނީ ވިދާޅުވެފައެވެ.

މަލް އާއި ރިފްޤާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެ ދަޢުވާ އަށް މި ދެ މީހުން އިންކާރުކޮށްފައިވާތީ، މި މައްސަލަ ސާބިތުކުރުމަށް ދަޢުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އެގޮތުން، ޝަފަޙީ 3 ހެއްކަކާއި، ކިތާބީ 2 ހެއްކެއް ދަޢުލަތުން ވަނީ މިއަދުގެ އަޑުއެހުމުގައި ހުށަހަޅާފައެވެ. ދަޢުލަތުން ހެކި ހުށަހަޅާފައިވީ ނަމަވެސް، މިކަމާއި ގުޅޭގޮތުން ދިފާޢުގައި އެއްވެސް ހެއްކެއް ހުށަހަޅަން ނެތް ކަމަށް މަލް އާއި ރިފްޤާގެ ޤާނޫނީ ވަކީލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޜ great

    ދެން ކާކުހޭ އަބަދުމިކިޔަނީ މަލް މަލް

    75
    6
  2. ސާރާ

    ނޫނޭ އެމީހުން ނުކުރާނެ ތިފަދަ ކަމެއް.. ބޯހަލާކު.

    67
    3
  3. ޔައިކު

    އެތިކޮޅެއް ޖައްސާލޯމަ.ހާސް ފިލާފާނެ.

    10
    2
  4. ހުސޭނުބޭ

    އެއީ ހަމަ ފިލްމުތަކުން ފެންނަ ހާސްކަންތަ؟ އެހެންވިއްޔާ އަވަހަށް އެވޯޑެއްދީ!

    19
    1
  5. ލާމު

    އަދިވެސް ފިލްމީ ތަރި އޭ ކިޔައިހެން އެމީހުން އިޝްތިހާރު ކުރަނީދޯ.

    49
  6. ސާމިޔާ

    ހާސްކަން ފިލުވާލާފިއެއްނު މިރޭ

    37
    1
    • ހެހެހެހެހެ

      ގޭންގްބޭންގް ދޯ

      20
  7. މިތާ

    މިހާރަކަށް އައިސް ފުލުހުން ތަހުގީގު ކުރާ މަސްތުވާތަކެތީގެ ބޮޑެތި ގިނަ މައްސަލަތކުގައި ހައްޔަރު ކުރެވޭ ގިނަމީހުން ވަނީ ތަޙުގީގު ނިމުމުން ކޯޓުން ނުވަތަ ފުލުހުން އަމިއްލަޔަށް ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން ކޯޓަށް ނުގެންގޮސް ދޫކޮށްލާފަ. މައްޝޫރު މީހުންގެ ވާހަކަ އެކަނި ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރަނީ. މައްސަލައެއްގައި މީހަކު ހައްޔަރުކޮށް 5 ދުވަސްތެރޭ މައްސަލަ ތަޙުގީގު ނިންމާ ޕްރޮސިކިއުޓާގެނެރަލް ގެ އޮފީހަށް މައްސަލަ ސާބިތުވާ ވަރުގެ ހެއްކާއިއެކު ވެއްދެންޔާ އެމީހަކު އިތުރަށް ބަންދުކޮށްފައި ބަހައްޓަންޖެހޭ ޙާލަތުތައް ވަރަށް މަދު. މިފަދަ ޙާލަތެއް މެދުވެރިނުވާ މީހަކު ދޫކޮށްުލުމަކުން ހަމައެއްވެސް މައްސަލައެއް އޮތް ކަމަށް ނުފެނޭ. ސަބަބަކީ 21 ދުވަސްތެރޭ އެ މައްސަލަ ޕީޖީއަށް ފޮނުވާ ޕީޖީއިން އެމީހެއްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް ކޯޓަށް ފޮނުވާ އެ މައްސަލައެއް އެމީހެއްގެ މައްޗަށް ޘާބިތު ވަނީނަމަ ޙުކުން ކުރުން އެއީ ދައުލަތުގެ ޒިންމާއެއްކަމަށް ވާތީ މި މުއްދަތުގައި ތުޙުމަތުކުރެވޭ މީހާ ހެއްކަށް ބާރު ނުފޯރުވާ ހިނދަކު ބަންދުކޮށްފައި ނުބެހެއްޓޭނެތީ. އަދި ދައުލަތަށް އުފުލަންޖެހޭ އިތުރު ބުރައަކަށް މިކަންތައް ވާތީ..

    17
    2
  8. އައްޔަ

    ނުދެނެހުރިން ތި މަޝްހޫރު މީހެއް ކަމެއް މަވެސް މި ދިވެއްސެއް
    ތިހާވަރަށް މަޝްހޫރު ކުރާއިރުވެސް ހަމަނޭގެ

    22
  9. ގގގަަ

    ފިލްމީ ތަރިއެކޯ. ފިލްމަކުން ފެނިލި މީހާ

    11
    1
  10. ނޫނު

    އެހެންނު ވާނީ ހާސްވާނެއެއްނު ސުންނަތް ކުރަންހުއްޓަ ވިއްޔަ އެ ދައުވާކުރާ

    19